ގާނޫނީ ރަދީފު
"ދައުލަތުގެ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި އެ ކުންފުނީގެ ހިންގުމަށް ނުވަތަ އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި ނުވަތަ އެ ކުންފުނީގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި އެ ކުންފުންޏަކަށް ދައުލަތުގެ އަހަރީ ބަޖެޓުން ފައިސާ ދޫކުރާ ކުންފުނިތަކަށެވެ.
"ދައުލަތުގެ އާންމު ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށެވެ.
"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުން މުސްތަގުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދ/ިނުވަތަ އިންޓަރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ލޯނާއި، ސެކިއުރިޓީއާއި، ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަންޏާ ގުޅިފައިވާ ފައިސާ ދެއްކުމުގެ އިލްތިޒާމުތަކުގެ ދަށުން އުފަންވާ އެންމެހައި މާލީ އިލްތިޒާމުތަކަށެވެ.
"ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީގޮތުން ދޭ ޔަގީންކަމަށެވެ. މި މާނައިގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.
"ދަރަނީގެ ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ހަރަދުކުޑަކޮށްހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ ދަރަންޏާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާ ސްޓްރެޓަޖީއަށެވެ.
"ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ހިންގުމާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، މެނޭޖުކުރުމާއި، ރެގިއުލޭޓްކުރުމާއި، ދަރަނި ނެގުމާއި ދެއްކުމާބެހޭ އެންމެހައި ކަންކަން ހިންގުމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނަށެވެ.
"ދައުލަތުގެ ޖުމްލަ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ދައްކަންޖެހޭ ދައުލަތުގެ ދަރަނި ކޮންސޮލިޑޭޓްކުރުމަށްފަހު، ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.
"ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ބޭނުންވާ އުމްރާނީ އަދި ބިނާރީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރުމަށް ދައުލަތުން މެދުރާސްތާގައި އިސްކަމެއް ދީގެން ހިންގުމަށް ރާވާފައިވާ މަށްރޫއުތަކުގެ ޕްލޭނަށެވެ.
"ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް މަށްރޫއުތައް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ވިޔަފާރިތަކާއެކު ވެވޭ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ހިންގާ މަށްރޫއުތަކަށެވެ.
"ފިސްކަލް ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މެދުރާސްތާގައި ހާސިލުކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތުގެ ތަފްސީލާއި، ފިސްކަލް ޕޮލިސީ ތަންފީޒުކުރުމަށް ރާވާފައިވާ ގޮތަށެވެ.
"ފިސްކަލް އިމްޕެކްޓް އެނެލިސިސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކަށް އަމަލުކުރަން ފެށުމުގެ ސަބަބުން ނުވަތަ އެ މަޖިލީހުން ނިންމާ ނިންމުމެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ގޮތުން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން މި ގާނޫނުގެ 36 ވަނަ މައްދާގެ ދަށުން ތައްޔާރުކުރާ ރިޕޯޓަށެވެ.
"ފިސްކަލް އަމާޒުތައް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމާއި، މާލީ ހަމަޖެހުން ގެނައުމާއެކު، ދެމެހެއްޓެނިވި ގޮތަކަށް ދައުލަތުގެ މާލިއްޔަތު ކުރިއެރުވުމަށް ފިސްކަލް ޒިންމާގެ ޗާޓަރުގައި 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ކަނޑައަޅާ އަމާޒުތަކަށެވެ.
"ފިސްކަލް އަންދާޒާތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާމްދަނީއާއި އާމްދަނީ ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ހަރަދާއި ހަރަދު ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޖުމްލަ ދަރަންޏާއި ދަރަނި ބެހިގެންވާ ބައިތަކަށް، މެދުރާސްތާއަށް ކޮށްފައިވާ އަންދާޒާތަކަށެވެ.
"ފިސްކަލް ނިޒާމު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާމްދަނީއާއި ހަރަދާއި ދަރަންޏާ ގުޅުންހުރި ކަންކަމަށެވެ.