ގާނޫނީ ރަދީފު
"މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް" ކަމަށް ބުނެފައި އެވަނީ، ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އިންފޮމޭށަން ސިސްޓަމްތަކާއި، މާލީ އިދާރާތަކުގެ އިންފޮމޭށަން ސިސްޓަމްތަކާއި، ދައުލަތުގެ ދިފާއާއި އިންޓެލިޖެންސްއާގުޅޭ މައުލޫމާތު ސިސްޓަމްތަކާއި، އެއަށް ގެއްލުމެއް ދީފިނަމަ ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ ގައުމީ ސަލާމަތަށް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ ސިސްޓަމެއް ނުވަތަ ނެޓްވަރކްއަކަށެވެ.
"މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅިފައިވާ ނުވަތަ އެ ސިސްޓަމެއްގައި ހިމެނޭ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށެވެ.
- މުހިންމު އުމްރާނީ ވަސީލަތެއް ހިންގުމަށް ނުވަތަ އޭގެ ރައްކާތެރިކަމަށް ބޭނުންވާ ޑޭޓާ؛
- މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް ހިންގުމަށް ނުވަތަ މޮނިޓަރކުރުމަށް، ނުވަތަ އޭގެ ކޮންޓްރޯލް ނުވަތަ ރައްކާތެރިކަމަށް، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، އެހީތެރިވެދޭ ސޮފްޓްވެއަރ ނުވަތަ އެޕްލިކޭށަން ނުވަތަ ޕްރޮގްރާމް.
"ރެމިޓެންސް ހިދުމަތްދޭ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-08 (ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު) ގެ ދަށުން ރެމިޓެންސް ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
"ބައިނަލްއަގްވާމީ މުއާމަލާތް" ކަމުގައި ބުނެފައި އެވަނީ، ރާއްޖެއިން ބޭރަށް ކުރެވޭ ނުވަތަ ބޭރުން ރާއްޖެއަށް ކުރެވޭ ބޭރު ފައިސާ ޓްރާންސްފަރކުރުމުގެ މުއާމަލާތަށެވެ.
"ބޭންކު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން، އެ ގާނޫނުގައި ަޔާންކުރާ ބޭންކިންގ ވިޔަފާރިކުރުމަށް ނުވަތަ ބޭންކިންގ ހިދުމަތެއް ދިނުމަށް ނުވަތަ ބޭންކިންގ ހަރަކާތެއް ހިންގުމަށް، ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.
"ބޭރު ފައިސާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެ ނޫން އެހެން ކޮންމެ ގައުމެއްގެ ފައިސާއަށެވެ.
"އިންށުއަރެންސް ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އިންށުއަރެންސް ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.
"ފައިނޭންސިންގ ކުންފުނި" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ފައިނޭންސިންގ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.
"ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭގޮތަށެވެ.
"މާލީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
"ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް" ކަމުގައި ބުނެފައި އެވަނީ، އެ ވިޔަފާރިއަކަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކަށެވެ. މިގޮތުން، އާމްދަނީގެ ވަކި މިންވަރެއް ބޭރު ފައިސާއިން ލިބުން ލާޒިމެއް ނޫނެވެ. އާމްދަނީގެ ގޮތުގައި އެއްވެސް މިންވަރެއް ބޭރު ފައިސާއިން ލިބުނު ކަމުގައިވީ ނަމަވެސް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ކަމަށް ބެލެވޭނެއެވެ.
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަގިއްލު ކޮމިށަންތަކާއި މުސްތަގިއްލު މަގާމުތަކުގެ އޮފީސްތަކާއި އެ ތަންތަނުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި ތަންތަނަށެވެ.
"ޕްރޮގްރާމް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވަކި އިރުށާދުތަކެއް ނުވަތަ ބަޔާންތަކެއް ރަމްޒުކޮށްދޭ ޑޭޓާއެއް ކޮމްޕިއުޓަރ ސިސްޓަމަކުން އެގްޒެކިއުޓްކޮށްފިނަމަ، އެ ސިސްޓަމަކުން ވަކި ފަންކްށަނެއް ކުރުވައިދޭ ޑޭޓާއަށެވެ.
"ފަންކްށަން" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއްގެ ތެރޭގައި ހުންނަ ލޮޖިކް، ކޮންޓްރޯލ،ް އެރިދްމެޓިކް، ޑިލީށަން، ސްޓޯރޭޖް އަދި ރިޓްރީވަލްގެ އިތުރުން، ކޮމްޕިއުޓަރ ސިސްޓަމެއްގެ ެރޭގައި ނުވަތަ އެފަދަ ސިސްޓަމަކުން ނުވަތަ އެފަދަ ސިސްޓަމަކަށް ކުރެވޭ ކޮމިއުނިކޭށަނާއި، ޓެލެކޮމިއުނިކޭށަނަށެވެ.
"ޑިވައިސް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭ ގޮތުންނެވެ.
- މާއްދީ ނުވަތަ ޑިޖިޓަލް އާލާތްތަކާއި، އިލެކްޓްރޯނިކް ސްޓޯރޭޖް މީޑިއާތަކާއި، އާޓިކަލްއެއް؛
- އިލެކްޓްރޯނިކްކޮށް ހުންނަ އެއްވެސް ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ސިސްޓަމްގެ ބަޔަކަށް ވަނުމަށް ބޭނުންކުރެވިދާނެ ޕާސްވޯޑާއި، އެކްސެސް ކޯޑު ނުވަތަ އިލެކްޓްރޯނިކްކޮށް ނުވަތަ އެނޫންވެސް ސިފައެއްގައި ހުންނަ އެފަދަ އެހެން ޑޭޓާ؛ ނުވަތަ
- އޮޓޮމޭޓެޑް ނުވަތަ އަމިއްލަ ޒާތުގައި މަސައްކަތްކުރާ އެޑެޕްޓިވް ނުވަތަ އޮޓޮނޮމަސް އާލާތްތަކާއި، ޕްރޮގްރާމްތައް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމްތައް.