ގާނޫނީ ރަދީފު
"ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުން މުސްތަގުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދި/ނުވަތަ އިންޓްރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ދަރަނީގެ އިންސްޓްރުމަންޓްތަކަށެވެ. ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރޭގައި މަނިޓަރީ ގޯލްޑާއި ސްޕެށަލް ޑްރޯވިންގ ރައިޓްސްއާއި، ކަރަންސީއާއި ޑިޕޮސިޓާއި، ޑެޓް ސެކިއުރިޓީއާއި، ލޯނާއި، އިންށުއަރަންސާއި ޕެންށަނާއި ސްޓޭންޑަޑައިޒްޑް ގެރެންޓީ ސްކީމާއި، އެކައުންޓްސް ޕޭޔަބަލްސްއާއި ރިސީވަބަލްސް ހިމެނެއެވެ.
"މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، އެ ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.
"ސްޕެށަލް ޑްރޯވިންގ ރައިޓްސް" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގައި ރަސްމީ ރިޒަރވްގެ ގޮތުގައި ދައުލަތުން ބަހައްޓާ ސްޕެށަލް ޑްރޯވިންގ ރައިޓްސްއަށެވެ.
"އޮޕަރޭށަނަލް އަމާޒުތައް" ކަމަށް ބުނެފައި އެވަނީ، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވުމަށް، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މެދުރާސްތާއަށް ކަނޑައަޅާ އަމާޒުތަކަށެވެ.
"އެކައުންޓްސް ޕޭޔަބަލްއާއި ރިސީވަބަލް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ދައުލަތަށް ނުވަތަ ދައުލަތުން ދައްކަންޖެހޭ ފައިސާއަށެވެ.
"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އެކަމެއްގައި ނެތްނަމަވެސް، މުސްތަގުބަލުގައި ހިނގައިފާނެ ހާދިސާއެއްގެ ސަބަބުން ދައުލަތުން އުފުލަންޖެހިދާނެ މާލީ ޒިންމާތަކަށެވެ. އޭގެ ތެރޭގައި ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި ހިމެނެއެވެ.
"ކުރު މުއްދަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދަރަނި ނަގާތާ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ދަރަނީގެ ގޮތުގައި އަނބުރާ ދައްކައި ހަލާސްކުރަންޖެހޭ ދަރަންޏަށެވެ.
"ރީސްޓްރަކްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނީ އިޖުރާއަތެއްގެ ދަށުން ނުވަތަ ކްރެޑިޓަރުންނާ މަށްވަރާކޮށްގެން، ދަރަންޏެއްގެ ހަރަދުތަކަށް ނުވަތަ އެ ދަރަނި އަނބުރާ ދައްކަންޖެހޭ މުއްދަތަށް ނުވަތަ އެނޫންވެސް އެ ދަރަނީގެ އެހެން މާލީ އިލްތިޒާމުތަކާއި ށަރުތުތަކަށް ބަދަލު ގެނައުމަށެވެ.
"ރީފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނި ނެގުމަށެވެ.
"ރަހުނު ބެހެއްޓުން" ނުވަތަ "ރަހުނުކުރުން" ކަމަށް ބުނެފައި އެވަނީ، ދަރަންޏެއް ނަގާއިރ،ު އެ ދަރަނި އަދާނުކުރެވިއްޖެނަމަ، ދަރަނި ދޭ ފަރާތުގެ ހައްގު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުމަށެވެ. ރަހުނަކީ މިގޮތުން ބެހެއްޓޭ ކޮންމެ އެއްޗެކެވެ.
"ރަހުނުކުރުން" ނުވަތަ "ރަހުނު ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ދަރަންޏެއް ނަގާއިރ،ު އެ ދަރަނި އަދާނުކުރެވިއްޖެނަމަ، ދަރަނި ދޭ ފަރާތުގެ ހައްގު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުމަށެވެ. ރަހުނަކީ މިގޮތުން ބެހެއްޓޭ ކޮންމެ އެއްޗެކެވެ.
"ފިސްކަލް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، ހިނގަމުންދާ އަދި ފާއިތުވި އަހަރުތަކުގެ ދައުލަތުގެ އާމްދަނީއާއި އާމްދަނީ ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ހަރަދާއި ހަރަދު ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޖުމްލަ ދަރަންޏާއި ދަރަނި ބެހިގެންވާ ބައިތަކުގެ ހިސާބު އަދަދުތަކަށެވެ.
"ފިސްކަލް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓަޖީގައި ބަޔާންކުރާ ދައުލަތުގެ އާމްދަނީއާއި، ހަރަދާއި، ދަރަނީގެ ސިޔާސަތުތަކަށެވެ.
"ދައުލަތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށްޓަކައި، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ދައުލަތުގެ ކުންފުނިތައް ފިޔަވައި، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.
"ދައުލަތުގެ ބަޖެޓު" ނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.