-

އެގްޒެކެޓިވް އޮފިސަރުން (އިންށޯރެންސާއި ގުޅޭ)

"އެގްޒެކެޓިވް އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ ކުންފުނީގެ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކަށެވެ. އަދި އެފަދަ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކީ އެ ކުންފުނީގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އިންށުއަރެންސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2025-13) ގެ ބޭނުމަށްޓަކައި އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ބެލެވޭނެއެވެ. އެގްޒެކެޓިވް އޮފިސަރުންގެ ތެރޭގައި، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރާއި، ޗީފް ފައިނޭންށަލް އޮފިސަރާއި، ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޖެނެރަލް މެނޭޖަރު ހިމެނޭނެއެވެ.