ގާނޫނީ ރަދީފު
ޑިޕޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއާ ހަމައަށް, މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީފޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން، ނުވަތަ އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ދިއުމަށެވެ.
"ފުލްޓައިމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ޕްރޮގްރާމްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ޕްރޮގްރާމްތަކަށެވެ. އެއީ, މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓުގެ ރޭޓުން ފުރިހަމަކުރާ ޕްރޮގްރާމްތަކެވެ.
"އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކަށެވެ.
"މަތީ ތަގުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑު (ވޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރތް (އެމް.އެން.ކިޔު.ހެއްފި) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކަށާއި, ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.
"ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، ނިދުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ކޮޓަރިތައް ހިމެނޭގޮތަށް މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގައި ތަރައްގީކުރެވޭ ތަންތަނަށެވެ.
"ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، ނުވަތަ އެފަދައިން ހިންގާ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކުން ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ ހަރަދުކުރާކަމަށްޓަކައި، އެ މަށްރޫއުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.
"ޓޫރިސްޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ރަށެއްގެ ބައެއްގައި ތައްޔާރުކޮށްފައިވާ، އަދި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ވަސީލަތްތަކެއް އެތަނެއްގައި ގާއިމުކޮށްފައިވާ، ޓޫރިސްޓް ރިޒޯޓާއި ރިޒޯޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ނޫން ތަންތަނަށެވެ.
"ދިވެހިރާއްޖެއިން ސިއްރުން މުދާ އެތެރެކުރުން" ކަމަަށް ބެލޭނީ، މުދަލެއް ދިވެހިރާއްޖެއަށް ގެނައުމާއެކު، މުދަލެއް ބޭލުމަށް ކަސްޓަމްސުން ކަނޑައަޅާ ސަރަހައްދުނޫން ތަނަކަށް އެމުދަލެއް ބޭލުމަށް، ނުވަތަ ދިވެހިރާއްޖެއަށް ގެންނަ މުދާ ބަހައްޓަން ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެ ސަރަހައްުން މުދާ ބޭރަށް ގެންދިުމަށް، ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި ރާޢްޖެއަށް މުދާ އެތެރެކުރުމަށެވެ.
"ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރުން" ކަމަށް ބެލޭނީ، ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުގެ ހުއްދަ ނުހޯދއި، ދިވެހިރާއްޖެއިން މުދާ ބޭރުކުރުމަށް، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދާ ބަހައްޓަން ކަސްޓަމްސުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުދާހުއްޓާ ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެސަރަހައްދުން ބޭރަށް ގެންދިއުމަށް ނުވަތަ ފޮނުވުމަށް، ނުވަތަ ދައްކަންޖެހެ ޑިއުޓީއެއް ނުދައްކައި، ރާޢްޖެއިން ބޭރަށް މުދާ ގެންދިއުމަށް ނުވަތަ ފޮނުވުމަށެވެ.
"ރީއެސްޕޯޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ތަކެތި، އެތަކެތީގެ ޒާތަށް ބަދަލު ނުގެނެސް ދިވެހި ރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމެވެ.
"އެފް.އޯ.ބީ. އަގު" ކަމަށް ބުނެފައި އެވަނީ، ތަކެތީގެ އަގާއި، ބަނދަރުގައި، ނުވަތަ ވައިގެ ބަނދަރުގައި އޮތް އުޅަނދަކަށް އެތަކެތި އެރުވުމާހަމައަށް ހިނގި ހަރަދެވެ. މިހަރަދުގެ ތެރޭގައި ނާލާއި އިންށުއަރެންސެއް ނުހިމެނެއެވެ.
"ސީ.އެންޑް.އެފް. އަގު" ކަމަށް ބުނެފައި އެވަނީ، ތަކެތީގެ އަގާއި، ނާލާއެކު އެއެއްޗަކަށްޖެހޭ އަގެވެ.
"ސީ.އައި.އެފް. އަގު" ކަމަށް ބުނެފައި އެވަނީ، ތަކެތީގެ އަގާއި، އިންށުއަރެންސާއި، ނާލާއެކު އެއެއްޗަކަށްޖެހޭ އަގެވެ.
"އެޓެސްޓްކޮށްފައިވާ ކޮޕީއެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށާއި، އެ ލިޔުމެއްގެ އަސްލު ތައްޔާރުކޮށްފައިވަނީ ބޭރު ގައުމެއްގެ އިދާރާއަކުން ނަމަ، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށެވެ.
"ކޯޕަރޭޓް ގްރޫޕް" ކަމުގައި ބުނެފައި އެވަނީ، ތިރީގައިވާ ފަރާތްތަކަށެވެ.
- އެ ކުންފުނިން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސަބްސިޑިއަރީ ކުންފުނިތައް)؛
- އެ ކުންފުނީގެ %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ފަރާތެއް (އޯނަރުން)؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުން%25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތައް)؛ އަދި
- މި އަކުރުގެ (3) ވަނަ ނަބަރުގައި ބަޔާންކޮށްފައިވާ ކުންފުނިތަކުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް).