-

ކޯޕަރޭޓް ގްރޫޕް

"ކޯޕަރޭޓް ގްރޫޕް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކުންފުންޏެއް ހިމެނޭ ތިރީގައިވާ ފަރާތްތަކަށެވެ.

  1. އެ ކުންފުނިން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސަބްސިޑިއަރީ ކުންފުނިތައް)؛
  2. އެ ކުންފުނީގެ %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ ފަރާތެއް (އޯނަރުން)؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތައް)؛ އަދި
  4. މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުންފުނިތަކުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތަކާއި ސަބްސިޑިއަރީ ކުންފުނިތައް).