އެސެންށަލް ފަންކްށަންސް ނުވަތަ "ކޮންމެހެން ކުރަންޖެހޭ (އަސާސީ) މަސައްކަތްތައް"
(ހ) "އެސެންށަލް ފަންކްށަންސް " ނުވަތަ "ކޮންމެހެން ކުރަންޖެހޭ (އަސާސީ) މަސައްކަތްތައް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ މުހިންމު ވާޖިބެއް ނުވަތަ ޒިންމާއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށެވެ. މިފަދަ މަސައްކަތްތަކަކީ އޭގެ ޒާތުން (މިސާލު: ހުރިހާ މުވައްޒަފުންގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ހާއްސަ ކޮލިފިކޭށަންތަކެއް ބޭނުންވާ ފަދަ) އެހެން ފަރާތަކަށް އެ މަސައްކަތް ކުރަން ހަވާލުކޮށްގެން ނުވާނެ ނުވަތަ ނުކުރެވޭނެ މަސައްކަތްތަކެވެ. މީގެ އިތުރުން، އެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ އަދި އެ މަސައްކަތެއް އުނިކުރުމުގެ ސަބަބުން ވަޒީފާއަށް ބޮޑު ބަދަލެއް އަންނަ ނުވަތަ ވަޒީފާގެ ބޭނުން ކެނޑޭ މަސައްކަތްތަކެވެ.