ގާނޫނީ ރަދީފު
"ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތްތައް" ނުވަތަ "ޖަމާކުރަންޖެހޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-32 (ބޭރު ފައިސާއާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އަދި އެ އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ.
"ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-32 (ބޭރު ފައިސާއާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކެޓެގަރީ-އޭ އެސްޓެބްލިށްމަންޓްތައް ހިންގާ ފަރާތްތަކާއި، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ކެޓެގަރީ-ބީ އެސްޓެބްލިށްމަންޓްތައް ހިންގާ ފަރާތްތަކާއި، އެ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ގަވާއިދު ނަންބަރު 2025-28 (ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ތަފުސީލުކޮށްފައިވާ، ކެޓެގަރީ-އޭ އެސްޓެބްލިށްމަންޓާއި ކެޓެގަރީ-ބީ އެސްޓެބްލިށްމަންޓްތަކުގެ ތެރޭގައި ހިމެނޭ ތަންތަން ހިންގާ ފަރާތްތައް ހިމެނޭނެއެވެ.
"ބޭރު ފައިސާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެ ނޫން އެހެން ކޮންމެ ގައުމެއްގެ ފައިސާއަށެވެ.
"ތައްޔާރީ ބުއިންތައް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކަށެވެ.
"ނިއުޓްރިއެންޓް ޕްރޮފައިލް މޮޑެލް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނޭ ނިއުޓްރިއެންޓްސްގެ މިންވަރު ގިންތިކޮށްދޭ މިންގަނޑަށެވެ.
"ފުޑް ސަޕްލިމެންޓްސް" ކަމަށް ބުނެފައި އެވަނީ، އާންމު ކާބޯތަކެތީގެ އިތުރުން، ހަށިގަނޑަށް ނިއުޓްރިއެންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަކި ނިއުޓްރިއެންޓެއް ނުވަތަ ނިއުޓްރިއެންޓްތަކެއް އެއްކޮށްގެން ހަށިގަނޑުގެ ހެދިބޮޑުވުމަށް ބަދަލުގެނައުމަށް އުފައްދައިފައިވާ ބޭހެއްކަމުގައިނުވާ ބާވަތްތަކެވެ.
"ކާބޮނޭޓެޑް ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައުޔާރުކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑް އެއްކޮށްފައި ހުންނަ ބުއިންތަކަށެވެ. މީގެ ތެރޭގައި ކޯލާ، ސޮޑާ ފަދަ ބުއިންތައް ހިމެނެއެވެ.
"އެނަރޖީ ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، ކެފެއިން އެކުލެވޭ ނުވަތަ އެކުނުލެވޭ ސޮފްޓް ޑްރިންކުތަކު ގެ ތެރެއިން ޓޯރައިން، ގުއަރާނާ ފަދަ ސްޓިމިއުލެންޓްސް އެކުލެވ،ޭ އޭގެ ސަބަބުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިއްބައިދޭ ބުއިންތަކަށެވެ. މީގެ އިތުރުން، މިފަދަ ބުއިންތައް ގިންތިކުރުމުގައި ލޭބަލުކޮށްފައިވާ ގޮތަށާއި އެ މުދާ ބްރޭންޑުކޮށް މާކެޓުކުރާ ގޮތަށް ބެލެވޭނެއެވެ.
"ސޮފްޓް ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން (ކާބޮނޭޓެޑާއި ނޮނ-ްކާބޮނޭޓެޑް) އެހެން އެއްޗަކާ އެއްކޮށްގެން ނުވަތަ އެއްނުކޮށް ބޭނުންކުރާ ބުއިންތަކުގެ ތެރެއިން މޭވާއިން ތައްޔާރުކޮށްފައި ހުންނަ ޖޫސް ކޮންސެންޓްރޭޓް، ސޮޑާ ވޯޓަރ ނުވަތަ ޓޮނިކް ވޯޓަރ، ޖިންޖަރ ބިއަރއާއި، ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ބުއިންތައް ފަދަ އުފެއްދުންތަކަށެވެ. އަލްކަހޯލް ހިމެނޭ ބުއިންތައް ސޮފްޓް ޑްރިންކްސް ތެރެޔަކު ނުހިމެނޭނެއެވެ.
"ނިއުޓްރިއެންޓް" ކަމަށް ބުނެފައި އެވަނީ، އާންމުގޮތެއްގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގައި ހިމެނޭ މާއްދާއެއްގެ ތެރެއިން، ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ ނުވަތަ ކާނާގެ ތެރެއިން އެ މާއްދާއެއް އުނިވެއްޖެ ނަމަ، އެކަމުގެ ނޭދެވޭ އަސަރު ސިއްހަތަށް ފޯރާނެ ފަދަ މާއްދާތަކަށެވެ. (މިސާލު: ވިޓަމިންސް، މިނަރަލްސް ފަދަ މާއްދާތައް)
"ސަރވިންގ" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ލޭބަލުގައި އެ އުފެއްދުމަކުން 1 (އެކެއް) ފަހަރު ބޭނުންކުރުމަށް ކަނޑައަޅައިފައިވާ މިންވަރަށެވެ.
"ބުއިމަށް ބޭނުންކުރާ ކިރު" ކަމަށް ބުނެފައި އެވަނީ، އިންސާނުން ކެއިންބުއިމަށް ބޭނުންކުރާ، ކިރުގެ ބާވަތްތަކުގެ ތެރެއިން ނައަމްސޫފިން ނަގާ ކިރަށެވެ.
"ރިފަރަލް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތު ލެބޯޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯޓަރީ ތަކަށެވެ.
"ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ސިއްހީ ރައްކައުތެރިކަން ބެލުމަށް ޓަކައި ނުވަތަ ކާބޯތަކެތީގެ އެ ނޫން ވެސް ތަހުލީލުކުރުމަށް ޓަކައި ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ލެބޯޓަރީ ތަކަށެވެ.
"ސިއްހަތާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް ނުވަތަ ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތްތަކާއި، ސިއްހ ހިދުމަތްދޭ ތަންތަން ޕްރޮމޯޓުކުރުމަށާއި، ސިއްހަތާ ގުޅުވައިގެން ފާހަގަކުރާ ދުވަސްތަކުގައި ހިންގާ ހަރަކާތްތަކަށެވެ.