ގާނޫނީ ރަދީފު
"ކުޑަކުދިން އެއްވެއުޅޭ ތަންތަން "ކަމަށް ބުނެފައި އެވަނީ، ކުޑަކުދިން ކުޅިވަރުކުޅުމަށާއި އެހެނިހެން ކަންކަމުގައި ބޭނުންކުރުމަށް ކަނޑައަޅަ އިފައިވާ ތަންތަނަށެވެ.
"ތުއްތުކުދިން" ކަމަށް ބުނެފައި އެވަނީ، އުމުރުން 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ ކުދިންނަށެވެ.

"ޅަފަތުގެ ކުދިން" ކަމަށް ބުނެފައި އެވަނީ، 1 (އެކެއް) އަހަރުނުވާ ކުދިންނަށެވެ.
"ކާނާ" ކަމަށް ބުނެފައި އެވަނީ، ބޯފެނާއި ކާބޯތަކެއްޗަށެވެ.
"ސާބިތުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ސާބިތުވާންހުރި ސިއްހީ، އިލްމީ ހޯދުންތަކަށް ބިނާކޮށް އޮތޯރިޓީން ގަބޫލުކުރާ ފަރާތެއްގެ ލިޔުމާއި، އެކްރެޑިޓުކޮށްފައިވާ ލެބޯޓަރީ އެއްގެ ތަހުލީލު ރިޕޯޓު ނުވަތަ އެކްސްޕޯޓުކުރި ގައުމުގެ ރަސްމީ އިދާރާއިން އެކަން ސާބިތުކުރުމަށް ދީފައިވާ ލިޔުން ހުށަހެޅުމަށެވެ.
"އަދަބާ ހިލާފު" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާއި މުޖުތަމައުގައި އެއ ބޭއަދަބީ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކޮންމެ ކަމަކަށެވެ.
"ކާބޯތަކެތި އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ގަނެ ވިއްކުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށް ޓަކައި، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުކޮށް ރައްޔިތުންނަށް މުއާސަލާތުކުރުމަށެވެ. އަދި މި މާއްދާގެ ބޭނުމަށް މުއާސަލާތުކުރުން ކަމުގައި ބެލެވޭނީ، އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ވިށުއަލް ނުވަތަ ވީޑިއޯ ނުވަތަ އެ ނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެ ނޫން ވެސް މީޑިއަމެއް މެދުވެރިކޮށް ވަކި ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތަށެވެ. އޭގެތެރޭގައި ކާބޯތަކެތީގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ލޭބަލުގައި ހިމަނާ މައުލޫމާތާއި އެފަދަ އެހެން ލިޔެކިޔުންތަކާއި އެހެނިހެން ވަސީލަތްތަކާއި ވިޔަފާރީގެ މަގުސަދުގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހިންގާ މައުލޫމާތު ދިނުން ފަދަ މުއާސަލާތުކުރުމުގެ
ހަރަކާތްތައް ހިމެނޭނެއެވެ.
"ސިމެދަ" ކަމަށް ބުނެފައި އެވަނީ، އިލެކްށަންސް ކޮމިށަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފުތަރަށް މީހުން ވެއްދުމާއި މީހުން އުނިކުރުމަށް ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ޕްލެޓްފޯމަށެވެ.
"ފައިބަރު ގުލާސް" ކަމުގައި ބުނެފައި އެވަނީ، ލޯންޗުފަހަރާއި ބޮޑެތި ތާނގީ ފަދަ ތަކެތި ހެދުމަށާއި އިމާރާތްކުރުމަށް ބޭނުންކުރާ ބިއްލޫރި ނުވަތަ ޕްލާސްޓިކް ފަދަ ތަކެއްޗަށެވެ.
"ކެޗް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓިގެން ކުރާ މަސްވެރިކަމަކުން ބާނައި، ޕްރޮސެސްކޮށްފައިވާ މަސްކަން ޔަގީންކޮށްދިނުމުގެ ގޮތުން އެކްސްޕޯޓުކުރާ މަހާއި މަހުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް މިނިސްޓްރީން ދޫކުރާ ލިޔުމަކަށެވެ.
"ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑްކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައިނުވާ ނުވަތަ ލޭންޑްކޮށްފައިނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހައި އުޅަނދުފަހަރަށެވެ.
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް ނުވަތަ ޑިރެކްޓަރަށް ނުވަތަ ސެކްރެޓަރީއަށެވެ.
"ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
"އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނީ، އެއް ސަރަހައްދަކަށް މަސް ގެނައުމަށް ޓަކައި ފެންމަތީގައި އޮޔާދެމޭގޮތަށް ކަނޑުގައި ނަގިލި ލައިގެން ހަރުކުރާ ބޮޔަކަށް ނުވަތަ އެފަދަ އެހެން އެއްޗަކަށެވެ.