-

އެސެންށަލް ފަންކްށަނާ ހިލާފަށް، އެހެނިހެން މަސައްކަތް ނުވަތަ މާޖިނަލް ފަންކްށަންސް

"އެސެންށަލް ފަންކްށަނާ ހިލާފަށް، އެހެނިހެން މަސައްކަތް ނުވަތަ މާޖިނަލް ފަންކްށަންސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތަކަށެވެ. މިއީ މި މަސައްކަތްތައް އުނިކުރި ނަމަވެސް ނުވަތަ އެހެން ފަރާތަކާ ހަވާލުކުރި ނަމަވެސް އެ މީހެއްގެ ވަޒީފާގެ ދައުރަށް މާބޮޑު އަސަރެއްނުކުރާނެ މަސައްކަތްތަކެވެ. ގިނަގިނައިން ކުރަންނުޖެހޭ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، ހާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި އަދި ހަމަހަމަކަން ގެންގުޅުމުގައި ކޮންމެހެން ކުރަން މުހިންމުނޫން މިފަދަ ކަންތައްތައް އުނިކުރެވިދާނެއެވެ ނުވަތަ ބަދަލު ގެނެވިދާނެއެވެ.