ގާނޫނީ ރަދީފު
"މަސްވެރި އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެ ނޫން ވެސް އުޅަނދަކަށެވެ.
"ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިންނާއި، އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭގޮތަށް މިނިސްޓްރީން އެކުލަވައިލައިފައިވާ މަސްވެރިކަމުގެ ދަފުތަރަށެވެ.
"މާލީ ރަށްވެހި ބާޒާރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެތެރޭގެ ބާޒާރު ނުވަތަ ޑޮމެސްޓިކް މާކެޓްގައި ފައިނޭންށަލް އިންސްޓްރުމަންޓްތައް ގަނެވިއްކުމުގައި އުފެދޭ ބާޒާރަށެވެ.
"މޮޑިފައިޑް އޮޑިޓް އޮޕީނިއަން" ކަމަށް ބުނެފައި އެވަނ،ީ އިންޓަރނޭޝަނަލް އޮޑިޓް ސްޓޭންޑަރޑް ތަކުގައި މޮޑިފައިޑް އޮޕީނިއަންގެ ގޮތުގައި ބަޔާންކޮށްފައިވާ "ޑިސްކްލޭމަރ އޮފް އޮޕީނިއަން" ނުވަތަ "ކޮލިފައިޑް އޮޕީނިއަން" ނުވަތަ "އެޑްވާންސް އޮޕީނިއަން" އަށެވެ.
"މަރުކަޒީ ބޭންކް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
"ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް" ކަމަށް ބުނެފައި އެވަނީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފަންޑަށެވެ.
"ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގެ ނަމުގައި ހުޅުވައި، ބަލަހައްޓަމުންދާ ޕަބްލިކް ފަންޑުތަކުގެ ހިސާބަށެވެ.
"ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-29) ގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ގާއިމުކުރާ ޑިޕާޓްމަންޓަށެވެ.
"ލޯނު" ކަމަށް ބުނެފައި އެވަނީ، ނޮން ނެގޯށިއެބަލް ޑޮކިއުމެންޓް/ އެގްރީމަންޓެއް މެދުވެރިކޮށް ކްރެޑިޓަރެއް ޑެޓަރއަށް ފަހުން އަނބުރާ ދައްކާ ގޮތަށް ފައިސާ ދިނުމަށެވެ.
"ދައުލަތުގެ ޕަބްލިކް ފައިނޭންށަލް ކޯޕަރޭށަންތައް" ކަމަށް ބުނެފައި އެވަނީ، މަރުކަޒީ ބޭންކް ފިޔަވައި، މާލީ އިދާރާތަކާއި ބޭންކްތައް ހިމެނޭގޮތުން، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކޯޕަރޭށަންތަކަށެވެ.
"ދައުލަތުގެ ކުންފުނިތައް" ކަމަށް ބުނެފައި އެވަނީ، މާލީ އިދާރާތަކާއި މަރުކަޒީ ބޭންކް ފިޔަވައި، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކުންފުނިތަކަށެވެ.
"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށާއި، މުއައްސަސާތަކަށާއި، ލޯކަލް ކައުންސިލްތަކަށެވެ.
"ދައުލަތުގެ ބަޖެޓު" ނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.
"ދައުލަތުގެ އަހަރީ ބަޖެޓު" ނުވަތަ "ދައުލަތުގެ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.
"ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.