-

ކައުންޓަރފީޓް މާރކް

"ކައުންޓަރފީޓް މާރކް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބާވަތުގެ ނިށާނަށެވެ.

(ހ) ރަޖިސްޓަރީކުރެވިފައިވާ ޓްރޭޑްމާރކަކާ ސީދާ އެއްގޮތް ނިށާނެއް؛ ނުވަތަ

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާރކްގެ މާނައިގައި ހިމެނޭ އަސާސީ ސިފަތަކަށް ބެލުމުން، ރަޖިސްޓަރީކޮށްފައިވާ މާރކް ވަކިކުރަން ނޭނގ،ޭ އަދި އެކަމުގެ ސަބަބުން މި ގާނޫނުގެ ދަށުން ސައްހަ ގޮތުގައި މާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގަށް އަރައިގަންނަ ކޮންމެ ނިށާނެއް.