-

ކައުންޓަރފީޓް މުދާ

"ކައުންޓަރފީޓް މުދާ" ކަމަށް ބުނެފައި އެވަނީ، މުދަލަކާ ގުޅޭގޮތުން ސައްހަ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކާ ސީދާ އެއްގޮތް ނިށާނެއް ނުވަތަ އެ ޓްރޭޑްމާރކްގެ އަސާސީ ސިފަތަކަށް ބެލުމުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކަކާ ތަފާތުކުރަން ނޭނގޭ ނިށާނެއް، އެ މުދަލެއްގައި ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކް ގެ ވެރިފަރާތުގެ ހުއްދަނެތި ބޭނުންކޮށްފައިވާ، އަދި އެފަދައިން މުދަލުގައި ނިށާނެއް ބޭނުންކުރުމުގެ ސަބަބުން މި ގާނޫނުގެ ދަށުން ޓްރޭޑްމާރކް ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހައްގަށް އަރައިގަނެވޭ ކޮންމެ މުދަލަކަށެވެ.