-

މާރކްގެ ވެރިފަރާތް

"މާރކްގެ ވެރިފަރާތް" ނުވަތަ "ޓްރޭޑްމާރކްގެ ވެރިފަރާތް" ނުވަތަ "ޓްރޭޑްމާރކާގުޅޭ ހައްގުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ވެރިފަރާތް ކަމުގައިވާ މީހާ ނުވަތަ ގާނޫނީ ށަހްސަކަށެވެ. ނުވަތައެ ޓްރޭޑްމާރކްގެ ހުއްދަ ނުވަތަ ލައިސަންސް އޮތް ފަރާތް ކަމުގައި ރަޖިސްޓަރީގައި ހިމަނާފައިވާ ފަރާތަށް، ނުވަތަ ލައިސަންސް ދޫކުރާ ފަރާތުން ޓްރޭޑްމާރކްގެ ހައްގު އޮތް ފަރާތަށް ވަކި ފަރުވާއެއް ހޯދުމުގެގޮތުން ކޯޓަށް ދިޔުމަށް އަންގައި ވަކި މުއްދަތެއް ދީފައިވަނިކޮށް، އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނާޅައިފިނަމަ، ލައިސަންސް ދޫކުރާ ފަރާތަށެވެ.