ގާނޫނީ ރަދީފު
"ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ސަރުކާރުން ހިންގާ ހައުސިންގ މޮޑެލްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކޮންމެ ބާވަތެއްގެ ބޯހިޔާވަހިކަމަށެވެ.
"އާއިލާ" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމިހާއާއި އެޕްލިކަންޓުގެ ދަރިންނާއި މައިންބަފައިންނަށެވެ.
"ގްރޭޓަރ މާލެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މާލެއާއި ހުޅުމާލެއާއި ވިލިނގިއްޔާއި ތިލަފުށްޓާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިމެނޭ ސަރަހައްދަށެވެ.
"އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް" ގެ މާނައަކީ ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އަލަށް ކައިވެނިކޮށްފައިވާ، އުމުރުން 35 (ތިރީސް ފަހެއް) އަހަރު ނުފުރޭ ފަރާތްތަކަށެވެ.
"ގެދޮރު" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ ބޭނުމަށް ގޯއްޗެއްގައި ނުވަތަ އެއްމެދު އިމާރާތެއްގައި އިމާރާތްކޮށްފައިވާ ވަކި ހައުސިންގ ޔުނިޓްތަކަށާއި އެޕާޓްމެންޓްތަކަށެވެ.
"ގޯތީގެ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން ދިރިއުޅުމަށް ދޫކުރާ ބިމުގެ ރަޖިސްޓަރީއަށެވެ.
"ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި ހިމެނޭގޮތަށް ގަނެވިއްކުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެފަދަ އެނޫންވެސް މުއާމަލާތަކުން ދިރިއުޅުމަށް ލިބިފައިވާ ގޯއްޗާއި އެފަދަ ގޯއްޗެއްގެ ބައެއް ވެސް ހިމެނޭގޮތަށެވެ.
"ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ބަޖެޓުން ނުވަތަ އަމިއްލަ ފަރާތަކާ ގުޅިގެނ/ްހަވާލުކޮށްގެން އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލްއާއި ރެންޓ-ްޓ-ުއޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކަށެވެ.
"މުދަލުގެ މިލްކުވެރިކަން ކަށަވަރުކުރުން" ކަމަށް ބުނެފައި އެވަނީ، ރަސްމީ ރިކޯޑުތަކާއި އިގުރާރުތައް މެދުވެރިކޮށް އެޕްލިކަންޓުގެ މިހާރާއި ކުރީގެ މުދަލުގެ މިލްކުވެރިކަން ކަށަވަރުކުރުމަށެވެ.
"ހާއްސައިސްކަންދޭ ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30) އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯހިޔާވަހިކަން ދޫކުރުމަށް ށަރުތު ހަމަވާ އެޕްލިކަންޓުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ފަރާތްތަކަށެވެ.
"އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް" ކަމަށް ބުނެފައި އެވަނީ، މާރކެޓުގެ އަގަށް ވުރެ ކުޑަ އަގެއްގައި ހައުސިންގ ޔުނިޓު ވިއްކުމާއެކު، ހައުސިންގ ޔުނިޓަށް ފައިސާ ދެއްކުމަށް މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއެއް މެދުވެރިކޮށް ޔުނިޓުގެ އަގު އަދާކޮން، މިލްކުކުރެވޭ މޮޑެލްތަކަށެވެ.
"މާލޭ ރަށްވެހިންގެ ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މާލޭގެ ވަކި ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނޭ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ދަފުތަރަށެވެ.
"ރެންޓް-ޓު-އޯން މޮޑެލް" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ކުލީގެ ގޮތުގައި ފައިސާ ދައްކަމުންގޮސް، ހައުސިންގ ޔުނިޓް މިލްކުކުރުމަށް އެ ފައިސާ ބޭނުންކުރެވޭ، އަދި ކުލީގެ މުއްދަތު ހަމަވުމުން މިލްކުވެރިކަން އެ ފަރާތަށް ބަދަލުވާ ބޯހިޔާވަހިކަމުގެ މޮޑެލްތަކަށެވެ.
"މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި އާންމުކޮށް ދިރިއުޅުނު ނަމަވެސް މާލޭގައި ރަޖިސްޓަރީވެފައި ނެތް ކޮންމެ މީހަކަށެވެ.
"މާލޭ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30) އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުގެ ކުރިން ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށެވެ.