ދުންފަތުގެ ބާވަތް
"ދުންފަތުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނ،ޭ ހަފައިގެން ނުވަތަ ބޮއިގެން ނުވަތަ ވަސްދަމައިގެން ނުވަތަ ަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭށަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށް ޓަކައި ދުންފަތުގެ ބާވަތްތައް ކަމަކަށް ނުބެލެވޭނެއެވެ.