ސަބްސްޓޭންށަލް ހިއްސާދާރުން
"ސަބްސްޓޭންށަލް ހިއްސާދާރުން" ކަމަށް ބުނެފައި އެވަނީ؛
- ވޯޓުލުމުގެ ހައްގު ލިބިދީފައި އޮތް، އެއް ހިއްސާއަށް ވުރެ ގިނަ ހިއްސާ މިލްކުގައި އޮތް ފަރާތެއް ކަމުގައި ވެފައި، އެ ގޮތުން މިލްކުގައި ހުރި ހިއްސާއަކީ، ކުންފުނީގެ ޖުމުލަ ހިއްސާގެ %5 (ފަހެއް) އިންސައްތައަށް ވުރެ ބޮޑު ހިއްސާއެއް ލިބިފައިވާ ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ށެއަރ ކެޕިޓަލް، 2 (ދޭއް) ނުވަތަ އެޔަށްވުރެ ގިނަ ގިންތިއަށް ބެހިފައިވާ ހާލަތުގައި -
- އެއިން ގިންތިއެއްގައި ހިމެނޭ، ހިއްސާގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިދީފައި އޮތް 1 (އެކެއް) ހިއްސާއަށް ވުރެ ގިނަ ހިއްސާ މިލްކުގައި އޮތް ފަރާތަކަށް؛ އަދި
- އެ ފަރާތުގެ މިލްކުގައި އޮތް ހިއްސާއަކީ، ކުންފުނީގެ ޖުމުލަ ހިއްސާގެ %5 (ފަހެއް އިންސައްތަ) އަށް ވުރެ ބޮޑު ހިއްސާއެއް، އެއިން ގިންތިއެއްގައި ލިބިފައިވާ ފަރާތަކަށް.