ގާނޫނީ ރަދީފު
(ހހ) "މަދަނީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާއަށެވެ.
"ސައިޓް ކްލިއަރެންސްގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ސައިޓެއްގައި މަސައްކަތްކުރަން ދީފައިވާ މުއްދަތު ހަމަވުމުން، އެ ސައިޓެއްގެ ދަށުން ރާއްޖެ ގެނެސްފައި ތިބި ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލަން ނުވަތަ ހުއްދަ އޮތް އެހެން ސައިޓަކަށް ބަދަލުކުރަން ނުވަތަ ވަޒީފާދޭ އެހެން ފަރާތެއްގެ ދަށަށް ބަދަލުކުރަން ދޭ މުއްދަތަށެވެ.
"މިސިންގ އެބްސްކޮންޑް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ފިލައިގެން ދިއުމުން، ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ މިސިންގ ރިކުއެސްޓް، ލޭބަރ ރިލޭށަންސް އޮތޯރިޓީ މެދުވެރިކޮށް ތަހުގީގުކޮށް ނިމުމުން، އެ ބިދޭސީއަކު ފިލައިފައިވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލެއްނެތިކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ، ހުށަހަޅައިފައިވާ މިސިންގ ރިކުއެސްޓް، އެ ބިދޭސީއަކު ގަސްތުގައި ފި ލައިފައިވާކަމަށް ނިންމައި، ވަރކް ޕަރމިޓް ސްޓޭޓަސް "މިސިންގ އެބްސްކޮންޑް" އަށް ބަދަލުކުރާ ހާލަތަށެވެ.
"ބިދޭސީ" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރަން ގެނެސްފައިވާ ކޮންމެ ބިދޭސީއަކަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރަން ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެ ފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީގޮތުން ނަގުލުވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.
"ވަރކް ވީޒާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއަކަށް، އޭނާ ރާއްޖޭގައި މަސައްކަތްކުރަން ދޫކޮށްފައިވާ ހުއްދަކަމުގައިވާ ވާރކް ޕަރމިޓަށް ބިނާކޮށް، ވާރކް ޕަރމިޓުގެ މުއްދަތަށް ރާއްޖޭގައި ހުންނަން، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރާ ހުއްދައަށެވެ.
"އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅޭން، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.
"އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގެންނަ ބިދޭސީން އަދާކުރާ މަގާމަށެވެ.
"ވަރކްސައިޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގެންނަ ބިދޭސީން މަސައްކަތްކުރާ ތަނަށެވެ.
"ގާނޫނީ އެހެނިހެން ށަހްސު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ދައުވާކުރުމާއި ދައުވާ އުފުލުމުގެ ހައްގު ލިބިދީފައިވާ ފަރާތްތަކަށެވެ.
"ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތުތައް ކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.
"އެމްޕްލޯއިމަންޓް އެޖެންސީ" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަޒީފާދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން ނުވަތަ އެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތްދޭ ސަރުކާރުގެ ދާއިރާތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.
"ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާ އަދާކުރަން އެންމެ ގިނަވެގެން ރާއްޖެ ގެނައުން ހުއްދަކުރާ ބީދޭސީންގެ އަދަދަށެވެ.
"ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.
"ވަރކް ޕަރމިޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި، ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުންނަން ވަޒީފާއާބެހޭ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ހުއްދައަށެވެ.