ދުންފަތުގެ އިސްތިއުމާލުކުރުން
"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދޭ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގަޔަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މި ނޫން ވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ.