ގާނޫނީ ރަދީފު
"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ކަމުގައި މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ކުރާ މީހާއަށެވެ.
"ޑްރަގް ޓްރީޓްމަންޓް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން އަންނަނިވި ހާލަތްތަކުގައި ހަދާ އެސެސްމަންޓަށެވެ.
(ހ) އަމިއްލައަށް އެދިގެން ފަރުވާ ހޯދުމަށް ފަރުވާދޭ މަރުކަޒަކަށް ދާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ފަރުވާދޭ މަރުކަޒުން އެދިގެން ހަދާ އެސެސްމަންޓް؛
(ށ) ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ ރިމާންޑް ޖަލެއްގައި ބަންދުކުރެވިފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ބަންދުގެ މަރުކަޒުން އެދިގެން ހަދާ އެސެސްމަންޓް.
"ފަރުވާދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި ގާނޫނުން އުފެއްދުމަށް ލާޒިމުކުރާ ނުވަތަ ހުއްދަކުރާ ޑީޓޮކްސިފިކޭށަން ސެންޓަރުތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކާއި، ކޮމިއުނިޓީ ޓްރީޓްމަންޓް ސެންޓަރުތަކާއި، ހާފްވޭ ހައުސްތަކާއި، މިނޫންވެސް މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކަށެވެ.
"ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް ފޯރުކޮށްދިނުމަށްޓަކައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމަށް މި ގާނޫނުގައި ބަޔާންކުރާ އަމަލެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުމަށެވެ.
"މަސްތުވާތަކެތި ސްމަގްލްކުރުން" ކަމަށް ބުނެފައި އެވަނީ، މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، އެއިން އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ. ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާ ގުޅޭގޮތުންނަމަ، ގާނޫނުގައިވާ ގޮތުގެމަތިން ކަމާބެހޭ ހުއްދައެއް ނެތި ނުވަތަ ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެފަދަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަށް ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުމަށް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަގުފަހިކުރުމަށްޓަކައި ނުވަތަ އެއިން ކަމަކަށް ބޭނުންކުރާނެކަން އެނގިހުރ،ެ ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ގަސްދުގައި، ފައިސާ ނުވަތަ މުދާ، އެކުގައި ނުވަތަ އޭގެ އެއްވެސް މިންވަރެއް، ފޯރުކޮށްދިނުން ނުވަތަ ހޯދުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރުން" ކަމަށް ބުނެފައި އެވަނީ، ޓްރެފިކްކުރުން ކަމުގައި ނުވާ ގޮތުން މަސްތުވާތަކެތި ވިއްކުމާއި، ފޯރުކޮށްދިނުމާއި، ވިއްކުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، ރައްކާކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުންވެސް ހިމެނޭގޮތުންނެވެ.
"މަސްތުވާއެއްޗެއް އަތުގައި ހުރުން" ކަމަށް ބުނެފައި އެވަނީ،މަސްތުވާ ތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17) ގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތުން، މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގެ ބައެއްގައި މަސްތުވާއެއްޗެއް މާއްދީގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭގޮތުންނެވެ. މި މާނައިގެ ތެރޭގައި، މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ގޮތުން އެ މަސްތުވާއެއްޗެއް އެމީހެއްގެ ހަށިގަނޑުގެ އެތެރެއަށް ވާސި ލުކޮށްފައި ހުންނަ ހުރުމެއް ނުހިމެނެއެވެ.
"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓަށެވެ.
"ކުށް ކޮށްގެން ހޯދާ މުދާ" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ކުރުމުގެ ސަބަބުން، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން ލިބޭ ނުވަތަ ހޯދާ ފައިސާ ނުވަތަ މުދަލަށެވެ. އޭގެ ތެރޭގައި، އެފަދަ ފައިސާ ނުވަތަ މުދާ ވިއްކާލައިގެން ނުވަތަ އެހެން ގޮތްގޮތުން ބޭނުންކޮށްގެން ލިބޭ ނުވަތަ ހޯދާ ފައިސާއާއި މުދާ އަދި އެފަދަ ފައިސާ ނުވަތަ މުދަލުގެ ސަބަބުން އިތުރުވާ އެންމެހައި އިގްތިސާދީ އިތުރުވުންތައް ހިމެނެއެވެ.
"ރީހެބިލިޓޭށަން އަމުރު" ކަމަށް ބުނެފައި އެވަނީ، ޑްރަގް ކޯޓުގެ އި ހްތިސާސް ހިނގާ މީހަކު ބައިވެރިވެ، ފުރިހަމަކުރުމަށް ކަނޑައެޅޭ ފަރުވާގެ ޕްރޮގްރާމް އޭނާގެ މައްޗަށް ހިންގުމަށް ކަނޑައަޅައި، އެ ކޯޓުން ކުރާ އަމުރަށެވެ.
"ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް" ނުވަތަ "ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެއްޗެހީގެ ތެރެއިން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
"މަނާކުރެވިފައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެ އްޗެހީގެ ތެރެއިން މަނާކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
"އުމުރަށް ޖަލަށްލުން" ކަމަށް ބުނެފައި އެވަނީ، ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މައާފުނުދެވޭގޮތަށް، އެމީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.
"ޕްރިސްކްރިޕްށަން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހި ބޭނުންކުރުމަށްޓަކައި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު ލިޔެދޭ ބޭސް ސިޓީއަށެވެ.