ގާނޫނީ ރަދީފު
"ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރ" ކަމަށް ބުނެފައި އެ ވަނީ، މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަން ހެދުމުގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025-103) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވެލުއޭށަންގެ ހިދުމަތް ދޭ ފަރުދަކަށެވެ
"ރެޖިސްޓަރޑް ވެލުއަރ" އެއް ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއިންނަށާއި ރެޖިސްޓަރޑް ފަރމް ވެލުއަރއަށެވެ.
"އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އިންސްޓިޓިއުޓުގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ށަރުތުތައް ކަނޑައެޅުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމަށް ޓަކައި އޮޑިޓް ލައިސަންސް ދޫކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގުމާއި އެޑްމިށަންސްއާއި ލައިސަންސިންގއާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުމަށް އެކުލަވައިލައިފައިވާ އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށެވެ.
"އެޕީލް ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން އިންސްޓިޓިއުޓުގެ ކައުންސިލުން ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ މެންބަރުން އެ ނިންމުމެއް އިސްތިއުނާފުކުރާ ހާލަތުގައި މައްސަލަ ބެލުމަށް އެކުލަވައިލައިފައިވާ އެޕީލް ކޮމިޓީއަށެވެ.
(ޅ) "ސުލޫކީ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ މެންބަރަކު ހިލާފުވެފައިވާކަމަށް ބަޔާންކޮށް މެންބަރެއްގެ ފަރާތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ނުވަތަ އިންސްޓިޓިއުޓަށް އަމިއްލައަށް ފެނިގެން ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު މެންބަރުންނާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކައުންސިލަށް ހުށަހެޅުމަށް އެކުލަވައިލައިފައިވާ ސުލޫކީ ކޮމިޓީއަށެވެ.
"ސީޕީޑީ" ކަމަށް ބުނެފައި އެ ވަނީ، "ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް" އަށެވެ.
"ވެލުއޭށަން" ކަމަށް ބުނެފައި އެ ވަނީ، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ބޭނުމަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަނަށެވެ.
"ހާއްސަ ހާލަތެއް މެދުވެރިވުން" ކަމުގައި ބުނެފައި އެވަނީ، ކަރަންޓު ކެނޑުމާއި، ކަސްޓަމްސްގެ ހިދުމަތް ދިނުމުގެ ނެޓްވާރކްގައި މައްސަލަޖެހުމާއި، ހިދުމަތް ދިނުމުގައި ބޭނުންކުރާ ސިސްޓަމަކަށް މައްސަލައެއް ދިމާވެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދިނުން ހުއްޓުމަކަށް އަންނަ އެނޫންވެސް އެފަދަ ހާލަތެއް މެދުވެރިވުމަށެވެ.
"ކޯޕަރޭޓް ގްރޫޕް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކުންފުންޏެއް ހިމެނޭ ތިރީގައިވާ ފަރާތްތަކަށެވެ.
- އެ ކުންފުނިން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސަބްސިޑިއަރީ ކުންފުނިތައް)؛
- އެ ކުންފުނީގެ %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ ފަރާތެއް (އޯނަރުން)؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތައް)؛ އަދި
- މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުންފުނިތަކުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތަކާއި ސަބްސިޑިއަރީ ކުންފުނިތައް).
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، އަދި ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ލިޔުންތަކަށެވެ.
(ހ) "އެސެންށަލް ފަންކްށަންސް " ނުވަތަ "ކޮންމެހެން ކުރަންޖެހޭ (އަސާސީ) މަސައްކަތްތައް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ މުހިންމު ވާޖިބެއް ނުވަތަ ޒިންމާއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށެވެ. މިފަދަ މަސައްކަތްތަކަކީ އޭގެ ޒާތުން (މިސާލު: ހުރިހާ މުވައްޒަފުންގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ހާއްސަ ކޮލިފިކޭށަންތަކެއް ބޭނުންވާ ފަދަ) އެހެން ފަރާތަކަށް އެ މަސައްކަތް ކުރަން ހަވާލުކޮށްގެން ނުވާނެ ނުވަތަ ނުކުރެވޭނެ މަސައްކަތްތަކެވެ. މީގެ އިތުރުން، އެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ އަދި އެ މަސައްކަތެއް އުނިކުރުމުގެ ސަބަބުން ވަޒީފާއަށް ބޮޑު ބަދަލެއް އަންނަ ނުވަތަ ވަޒީފާގެ ބޭނުން ކެނޑޭ މަސައްކަތްތަކެވެ.
"އެސެންށަލް ފަންކްށަނާ ހިލާފަށް، އެހެނިހެން މަސައްކަތް ނުވަތަ މާޖިނަލް ފަންކްށަންސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތަކަށެވެ. މިއީ މި މަސައްކަތްތައް އުނިކުރި ނަމަވެސް ނުވަތަ އެހެން ފަރާތަކާ ހަވާލުކުރި ނަމަވެސް އެ މީހެއްގެ ވަޒީފާގެ ދައުރަށް މާބޮޑު އަސަރެއްނުކުރާނެ މަސައްކަތްތަކެވެ. ގިނަގިނައިން ކުރަންނުޖެހޭ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، ހާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި އަދި ހަމަހަމަކަން ގެންގުޅުމުގައި ކޮންމެހެން ކުރަން މުހިންމުނޫން މިފަދަ ކަންތައްތައް އުނިކުރެވިދާނެއެވެ ނުވަތަ ބަދަލު ގެނެވިދާނެއެވެ.
"ސަބަބުވެރި އަދި ބަދަލު" ކަމަށް ބުނެފައި އެވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި، އަދި އެ މީހުންގެ އަސާސީ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި، ނިސްބަތުން ބޮޑު ނުވަތަ ނާޖާއިޒު ބުރައަކަށް ނުވާނޭހެން، އެކި ހާލަތްތަކުގައި ކޮންމެހެން ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކަށެވެ. ސަބަބުވެރި ބަދަލުތަކަކީ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނެވޭނެ ބަދަލުތަކެވެ.
"ފަހި ފުރުސަތު" ކަމަށް ބުނެފައި އެވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކީ ވަޒީފާތަކުގެ އަސާސީ ށަރުތު ހަމަވާ މިންވަރަށް ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާ ނަމަ، ނުވަތަ އެ ފަރާތުގެ އެފަދަ ތައުލީމާއި ތަޖުރިބާ ހުރިކަމުގައި ވިޔަސް، (ނޮން ކޮމްޕެޓިޓިވް) މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ފަހިވުމަށް ހިޔާރުކުރާ ފަރާތަކަށް ވާ ނަމަ، ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓިޓިވް) މެދުވެރިކޮށް ވަޒީފާއަށް އެދޭ ފަރާތްތަކުގެ ދަފުތަރުގައި ނޯޓުކުރެވިދާނެއެވެ.
"ފަންނުވެރިކަމުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ތަފާތު ވައްތަރުގެ ފަންނުތައް އުފެއްދުމާއި، އެ ފަންނުތައް މީހުންނާ ހަމަޔަށް ގެނެސްދިނުމަށް މަސައްކަތްކުރުމާއި އަދި ވަކި ހުނަރެއް ހުރެގެން ހަރަކާތްތެރިވާ މީހުންގެ ދާއިރާއަށެވެ.