ގާނޫނީ ރަދީފު
"އިބްތިދާއީ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ، މައްސަލައިގެ ށަރީއަތުގެ އަޑުއެހުމުގެ ކުރިން މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށެވެ.
"ޢާއިލާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ގުޅުން އޮންނަ ކޮންމެ ފަރާތަކަށެވެ.
- މަންމައާއި ބައްޕަ؛
- ސްޕައުސް؛
- ދަރީންގެ ގޮތުގައި އެ މީހަކު ނިސްބަތްވާ ޤައުމެއްގެ ކަމާބެހޭ އިދަރާއަކުން ކަށަވަރުކޮށްދޭ ކޮންމެ ފަރާތެއް
- މާމައާއި، ކާފަ؛
- މާމަ ދަރީން، ކާފަ ދަރީންގެ ގޮތުގައި އެ މީހަކު ނިސްބަތްވާ ޤައުމެއްގެ ކަމާބެހޭ އިދަރާއަކުން ކަށަވަރުކޮށްދޭ ކޮންމެ ފަރާތެއް.
"ދައްކަންޖެހިފައިވާ ފައިސާ" ކަމަށް ބުނެފައި އެވަނީ، ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓް ވެސް ހިމަނައިގެންނެވެ.
"ވަޒަންވެރިވުން" ކަމަށް ބުނެފައި އެވަނީ އަމިއްލަ ފަރުދެއްނަމަ އެއްވެސް ފަރާތެއް ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްދުކޮށް، ނުވަތަ އާންމުކޮށް ދިރިއުޅެމުން ގެންދިޔަ، ނުވަތަ ވަގުތީ ގޮތުން ރާއްޖެއިން ބޭރަށް ދިއުން ފިޔަވައި އާދައިގެ މަތިން ދިރިއުޅުމަށެވެ. ނުވަތަ އެއްވެސް ގާނޫނަކުން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ދެވިފައިވާ އެންމެހާ އަމިއްލަ ފަރުދުންނަށެވެ.
"ވަޒަންވެރިވުން" ކަމަށް ބުނެފައި އެވަނީ އަމިއްލަ ފަރުދަކު ފިޔަވައި އެހެންފަރާތެއްނަމަ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެންމެހައި ކުންފުނިތައް ނުވަތަ އެއްވެސް ގާނޫނަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދެވިފައިވާ އެންމެހާ ފަރާތްތަކަށެވެ.
"ލިޔެކިއުންތައް" ކަމަށް ބުނެފައި އެވަނީ އެއްވެސް ކަހަލަ މައުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.
"ހުއްދަ ދެވިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ބޭނުމަށް މީހެއްގެ ބަދަލުގައި އޭނާ ތަމްސީލުކުރުމުގެ ހުއްދަ ލިޔުމަކުން ލިބިފައިވާ މީހާއަށެވެ.
"މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ ، ޔުނިވަރސިޓީ ތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.
"ޕޭމަންޓް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ފައިސާ ލުމަށް، ނުވަތަ ފައިސާ ޓްރާންސްފަރކުރުމަށް ނުވަތަ ފައިސާ ނެގުމަށެވެ. ފައިސާގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ ހިމެނޭނެއެވެ.
"ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރަކަށް ޕޭމަންޓް އެކައުންޓެއް ހުޅުވައިދީ ބަހައްޓައިދޭ ބޭންކަކަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށެވެ.
"ޕޭމަންޓް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތެއްގެ ނަމުގައިވާ ނުވަތަ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައިވާ، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކުރުމަށް ބޭނުންކުރާ އެކައުންޓަކަށެވެ. މިފަދަ އެކައުންޓެއް ފިޒިކަލްކޮށް ނުވަތަ އިލެކްޓްރޯނިކްކޮށް ހުރި ނަމަވެސް ބެލެވޭނީ، ޕޭމަންޓް އެކައުންޓެއްގެ ގޮތުގައެވެ. ޕޭމަންޓް އެކައުންޓްގެ ގޮތުގައި، އިލެކްޓްރޯނިކް މަނީ އެކައުންޓާއި، ބޭންކު އެކައުންޓާއި، ޑެބިޓް ކާޑާއި، ކްރެޑިޓް ކާޑު ވެސް ހިމެނޭނެއެވެ.
"ޕޭޔަރ" ކަމަށް ބުނެފައި އެވަނީ، ފައިސާ ޓްރާންސްފަރ ކުރުމަށް ޓަކައި އަންގާ އެންގުމެއް، އިނީށީއޭޓްކުރާ ފަރާތަށް ނުވަތަ އިނީށިއޭޓް ކުރުމަށް ހުއްދަ ދޭ ފަރާތަށެވެ.
"ޕޭއީ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތެއްގައި ހިމެނޭ ފައިސާ ލިބެންޖެހޭ ފަރާތަށެވެ.
"ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އެ އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނަށާއި،އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނަށާއި، އިންޓަރނަލް އޮޑިޓްގެ އެންމެ އިސް މުވައްޒަފަށާއި، ރިސްކް މެނޭޖްކުރުމުގެ މަސައްކަތުގެ އެންމެ އިސް މުވައްޒަފަށާއި، އެ އިދާރާއިން ގާނޫނުތަކަށާއި ގަވާއިދުތަކަށާއި ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފަށެވެ. މިފަދަ މުވައްޒަފުން ކޮންމެ މަގާމެއްގައި ތިބި ނަމަވެސް ބެލެވޭނީ، "ސީނިއަރ މެނޭޖްމަންޓް" މެންބަރުން ކަމުގައެވެ. މިގޮތުން، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ ޖެނެރަލް މެނޭޖަރ؛ ޗީފް ފައިނޭންށަލް އޮފިސަރ؛ ހިމެނޭނީ "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.
"ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބިފައިވާ ލައިސަސްގެ ދަށުން، އެ ފަރާތަކަށް ދެވޭނެ ޕޭމަންޓް ހިދުމަތަށް ނުވަތަ ޕޭމަންޓް ހިދުމަތްތަކަށެވެ.