gaanoon_logo
-
މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ ފަރާތް (މަސްވެރިކަމާއި ގުޅޭ)

"މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ ފަރާތް" ކަމަށް ބުނެފައި އެވަނީމަސްބޭނުމުގައި ހަރަކާތްތެރިނުވާ، އެހެންނަމަވެސް އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ރިޒޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފާނައިގެ ބާވަތްތައް ވިއްކާ ފަރާތްތަކަށެވެ.

ޕްރޮސެސްކުރާ ތަންތަން

"ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް،ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ނުވަތަ 
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް،ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެން ގޮތަކަށްދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށް ޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.
ޕްރޮސެސްކުރުން (މަސްވެރިކަމާއި ގުޅޭ)

"ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.

ކެޔޮޅު

"ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

ލޮގްފޮތް (މަސްވެރިކަމާއި ގުޅޭ)

"ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކުރުމަށް މިނިސްޓްރީން ކަނޑައަޅައި ފޯރުކޮށްދޭ ވަސީލަތަށެވެ.

އުޅަނދު

"އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

މަސްވެރިކަންކުރުން

"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
  3. އެކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، އިސްވެ ބަޔާންކުރެވުނު އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުން.
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް

"ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަށެވެ.

ޓެކްނޮލޮޖީ

"ޓެކްނޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގައި ބޭނުންކު ރެވޭ އެންމެހައި ޓެކްނޮލޮޖީއަށެވެ.

އެކްސްކުލޫސިވިޓީ

"އެކްސްކުލޫސިވިޓީ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރަށެވެ.

ސަރަހައްދު

"ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޓީ/ ރަށް ނުވަތަ އެ ސިޓީ/ އެ ރަށެއްގެ އަވަށަކަށެވެ.

ޕްލޭން

"ޕްލޭން" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް އެކަށައަޅައިފައިވާ ނެޓްވާރކް ކުރެހުމަށެވެ.

ޓޫރިސްޓް ރިސޯޓް

"ޓޫރިސްޓް ރިސޯޓް" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިސޯޓާއި އަދި ޓޫރިސްޓް ހޮޓަލުގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

މަލްޓިޕްލެކްސިންގ އޮޕަރޭށަން

"މަލްޓިޕްލެކްސިންގ އޮޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުން ފޮނުވާ ކޮންޓެންޓް، އެއްކޮށް އެއް ސްޓްރީމެއްގެ ގޮތުގައި، އެއް ޗެނަލެއް މެދުވެރިކޮށް ފޮނުވުމަށެވެ.

ސްޓޭންޑަޑް ޑެފިނީށަން (އެސް.ޑީ)

"ސްޓޭންޑަޑް ޑެފިނީށަން (އެސް.ޑީ)" ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާ މަންޒަރު އެނެލޮގް ބްރޯޑްކާސްޓިންގ ހިދުމަތާ އެއްގޮތަށް، ކޮންޓެންޓުގެ ކޮލިޓީއާއި ފޮޓޯ ކޮލިޓީ ހުންނަ މިންގަނޑަށެވެ.