ގާނޫނީ ރަދީފު
"ޕެސްޓިސައިޑު ކޮންސެންޓްރޭޓް" ކަމަށް ބުނެފައި އެވަނީ، ފެން ފަދަ މާއްދާއަކާ އެއްކޮށްގެން ގިރުވުމުގެ ނުވަތަ ދިޔާކުރުމުގެ ކުރިން ޕެސްޓިސައިޑް ފޮމިއުލޭށަން ހުންނަ ގޮތަށެވެ.
"ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ޕެސްޓް ހުއްޓުވުމަށް ނުވަތަ ނައްތައިލުމަށް ނުވަތަ ފައްސައިލުމަށް ނުވަތަ އެއިން ލިބޭ ގެއްލުން ކުޑަކުރުމަށް ނުވަތަ ގަސްގަހާގެއްސާއި ސޫފާސޫފި ހެދިބޮޑުވުން އިންތިޒާމުކޮށްދިނުމަށް ބޭނުންކުރާ މާއްދާއަކަށް ނުވަތަ މަސްހުނި މާއްދާތަކަކަށެވެ.
"ޕެސްޓް ކޮންޓްރޯލު ކުރުމުގެ އެކުވި ގޮތްތައް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީގޮތުން ގެއްލުން ލިބޭ ހަމައަށްވުރެ ދަށުގައި ޕެސްޓުގެ އާބާދީ ހިފެހެއްޓުމަށް ޓަކައި ޕެސްޓު ކޮންޓްރޯލު ކުރުމަށް ގެންގުޅޭ އެކަށީގެންވާ ގޮތްތަށް ބޭނުންކުރުމަށް ނުވަތަ "އިންޓަރގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް" އަށެވެ.
"ޕެސްޓް" ކަމަށް ބުނެފައި އެވަނީ، ފަނިފަކުސައާއި ސޫފާސޫފީގެ ތެރެއިން އިންސާނުންނަށާއި، ޖަނަވާރަށާއި، ގަސްގަހާގެއްސަށާއި، ޖަނަވާރުގެ އުފެއްދުންތަކަށް ގެންލުންދޭ ދިރުންހުރި ކޮންމެ އެއްޗަކަށެވެ.
"ހަށި ރައްކައުތެރިކޮށްދޭ ސާމާނު" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ބޭނުންކުރާ ފަރާތްތަކާއި، ޕެސްޓިސައިޑުގެ މަސައްކަތްކުރާ ފަރާތްތަކާއި، ޕެސްޓިސައިޑް ހިފައިގެންގުޅޭ ފަރާތްތައް ޕެސްޓިސައިޑަށް ހާސާވުމުން ރައްކައުތެރިކޮށްދިނުމަށް ގެންގުޅޭ ހެދުމަށާއި ސާމާނަށް ނުވަތަ "ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް" އަށެވެ.
"ކެރިއަރ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ފޮމިއުލޭށަން ތައްޔާރުކުރުމަށް ޕެސްޓިސައިޑުގެ ތާސީރު ހުންނަ މާއްދާއާ އެއްކުރާ ތާސީރު ނުހުންނަ ދިޔާ ނުވަތަ ހިކި ނުވަތަ ގޭސް މާއްދާއަށެވެ.
"އީ.ޕީ.އޭ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.
"ށެލްފްލައިފް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ ކޮންސެންޓްރޭޓުން ނެރެވޭ ނަތީޖާ ދަށްވުމުގެ ކުރިން ރައްކައުކޮށްފައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަށެވެ.
"ބޮޓެނިކަލް ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ގަސްގަހާގެހީގެ އަސްލުން ތައްޔާރުކުރާ ގުދުރަތީ ޕެސްޓިސައިޑަށެވެ.
"ބާކޯޑު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް އާލާތް ބޭނުންކޮށްގެން ޕެސްޓިސައިޑުގެ އުފެއްދުމުގެ ފަސްފަހަތް ހޯދުމާއި، އަސްލުކަން ދެނެގަތުމުގެ ފަސޭއަކަށް ބޭނުންކުރާ ކޯޑަށެވެ.
"ކިޔޫ.އާރު ކޯޑު" ކަމަށް ބުނެފައި އެވަނީ، އުފެއްދި ފަރާތުގެ ނަމާއި، އެޑްރެހާއި، އެއާބެހޭ އިތުރު މައުލޫމާތުތައް ހިމެނޭގޮތުން އިލެކްޓްރޯނިކް އާލާތް ބޭނުންކޮށްގެން ޕެސްޓިސައިޑުގެ އުފެއްދުމުގެ ފަސްފަހަތް ހޯދުމާއި، އަސްލުކަން ދެނެގަތުގެ ފަސޭހައަކަށް ބޭނުންކުރާ ކުއިކް ރެސްޕޯންސް ކޯޑަށެވެ.
"ލޭބަލުގެ އަސާސީ ބަހާތައް" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރިކަމާއެކު ނަތީޖާ ނެރެވޭނެހެން ޕެސްޓިސައިޑް ބޭނުންކުރުމަށް އިރުށާދު ދިނުމަށް ލޭބަލުގައި ހިމަނަންޖެހޭ މުހިންމު މައުލޫމާތުތަކަށެވެ.
"ވިހައިގެ ދަރަޖަ" ކަމަށް ބުނެފައި އެވަނީ، ދިރޭ ތަކެއްޗަށް ގެއްލުންދެނިވި އަސަރު ފޯރުވުމަށް ޕެސްޓިސައިޑަށް ލިބިފައިވާ ބާރަށެވެ. ނުވަތަ ޕެސްޓިސައިޑުގައި ވިހަކަން ހުރި ދަރަޖައަށް ނުވަތަ "ޓޮކްސިސިޓީ" އަށެވެ.
"ޕެސްޓިސައިޑުގެ އަސަރު ދެމިހުރުމުގެ އެންމެ މަތީ ހައްދު" ކަމަށް ބުނެފައި އެވަނީ، ޒިރާއީ އުފެއްދުންތަކުގައި ރައްކައުތެރި މިންގަނޑަށް ޕެސްޓިސައިޑުގެ އަސަރު ދެމިހުންނަ އެންމެ މަތީ މިންވަރަށް ނުވަތަ "މެކްސިމަމް ރެސިޑިއު ލިމިޓް" އަށެވެ.
"ޕެސްޓިސައިޑުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، ނައްތައިލަން ނުވަތަ މައިތިރިކުރަން އަމާޒުކުރާ ޕެސްޓުގެ ވައްތަރަށް ބިނާކޮށް ޕެސްޓިސައިޑް ގިންތިކޮށްފައިވާ ގޮތަށެވެ.