ގާނޫނީ ރަދީފު
"އެފް.އޭ.އޯ" ކަމަށް ބުނެފައި އެވަނީ، ޔުނައިޓެޑް ނޭށަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭށަނަށެވެ.
"ލޮގް ފޮތް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ލިބިފައިވާ އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ ދުވަހު މަސްވެރިކަމުގެ ރެކޯޑް ފުރިހަމަކުރާ ފޮތަށެވެ.
"ކޯޓާ" ކަމުގައި ބުނެފައި އެވަނީ، ފާނައިގެ ސުޓޮކުގެ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން ފާނަބޭނޭނެ ކަމަށް ކަނޑައަޅާ އެންމެ މަތީ މިނަށެވެ.
"ދިރޭމަސް ނުވަތަ ދިރޭ ފާނަ ގެންގުޅުން" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ގާނޫނު ހިންގާ ސަރަހައްދުން ބާނައިގެން ނުވަތަ ހިފައިގެން ނުވަތަ ނަގައިގެން އެކުސްޕޯރޓުކުރުމުގެ ބޭނުމުގައި ނުވަތަ އެކުސްޕޯރޓުކުރާ ފަރާތަކަށް ވިއްކުމުގެ ބޭނުމުގައި ނުވަތަ ރިސޯޓުތަކަށް ވިއްކުމުގެ ބޭނުމުގައި ކޮށީގައި ނުވަތަ ޓޭންކުގައި ނުވަތަ އުޅަނދުފަހަރުގައި ދިރުވައިގެން މަސްގެންގުޅުމަށެވެ.
"ސައިޒް ލިމިޓް" ކަމުގައި ބުނެފައި އެވަނީ ދެމެހެއްޓެނިވިގޮތެއްގައި ފާނައިގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި ފާނަ ބޭނުން ހުއްދަކޮށްފައިވާ ކުޑަ، ބޮޑުމިނަށެވެ.
"ފާނައިގެ މަސްވެރިކަމުގެ ބޭނުމުގައި ހިމާޔަތްކޮށްފައިވާ ސަރަހަައްދުތައް އެއްވެސް ބޭނުމަކަށް ބޭނުން ކުރުން" ކަމުގައި ބުނެފައިއެވަނީ، ދަތުރުފަތުރުކުރުމުގެ ބޭނުމަށް ނޫން އެހެން އެއްވެސް ބޭނުމަކަށް އެސަރަހައްދު ބޭނުންކުރުން
"ލޮގް ބުކްސް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ދީފައިވާ އުޅނދުފަހަރުން ފުރިހަމަ ކުރަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފުރިހަމަކުރާ ފޮތަށެވެ.
"ގާނޫނު ހިނގާ ސަރަހައްދު" ކަމުގައި ބުނެފައިއެވަނީ ، ދިވެހިރައްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގެ 6ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކޮންމެ ތަނެކެވެ.

"މާސްޓަރ" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގައި ހަރާކާތްތެރިވާ އުޅަނދު ނުވަތަ ބޯޓުގައި ގާއިމްވެ ހުންނަ އެންމެ އިސްފަރާތަށެވެ.
"ޕްރޯސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، މަހަށް ބަދަލެއް ގެނެސްގެން މަހުން އުފެއްދުމެއް އުފެއްދުމަށެވެ.
"ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު އެ އުޅަނދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއިން ޓޫރިސްޓް އުޅަނދެއް ނުވަތަ ލަގްޒަރީ ނުވަތަ ޕްލެށަރ ޔޮޓްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރެވެ. ނަމަވެސް މީގެ ތެރޭގައި ދިވެހި ރާއްޖޭގެ ބަނދަރުތަކާއި އޯފް ޕޯޓް ލިމިޓް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ހަމައެކަނި ބަންކަރިންގ ނުވަތަ އޯފް ޕޯޓް ލިމިޓާއި އޯފްށޯ ހިދުމަތް ހޯދުމަށް އަންނަ އުޅަނދު ފަހަރު ނުހިމެނޭނެއެވެ.
"ސްޓްރާޓާ އުސޫލުން ކަޑައެޅޭ ވަކި ކޮޓަރި ނުވަތަ ވިލާ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގެ ސައިޓް ޕްލޭނުގައި ނުވަތަ ވިލާ ލިސް އެގްރީމަންޓުގައި ބަޔާންކޮށް އަދި ކަނޑައެޅިފައިވާ ބައުންޑަރީއެއްގެ ތެރޭގައި އިމާރާތްކޮށްފައިވާ ކޮޓަރި ނުވަތަ ވިލާއާއި އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނެއްގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗެވެ.
"އިތުރު ކުށެއް ކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި، ތަހުގީގުކުރާ އިދާރާއަކުން، މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ހުށަހެޅުމަށެވެ.