ގާނޫނީ ރަދީފު
"މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރިއަށާއި، ބޭންކު-ނޫން މާލީ ވިޔަފާރިއަށެވެ.
"ކަސްޓޯޑިއަން ބޭންކު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އިށޫކުރާ އިލެކްޓްރޯނިކް މަނީގެ ބަދަލުގައި ލިބިފައިވާ ފައިސާ، ހުރިހާ ވަގުތަކުވެސް، ރައްކާތެރިކުރުމަށް ޓަކައި ބެހެއްޓުމުގެ ގޮތުން ކަސްޓޯޑިއަން އެކައުންޓް އޮތް ބޭންކަށެވެ.
"ކަސްޓޯޑިއަން އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އިށޫކުރާ އިލެކްޓްރޯނިކް މަނީގެ ބަދަލުގައި ލިބިފައިވާ ފައިސާ، ހުރިހާ ވަގުތަކުވެސް، ރައްކާތެރިކުރުމަށް ޓަކައި ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-42) ގެ 20 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓަށެވެ.
"ކަސްޓަމަރ ސެކިއުރިޓީ ކްރެޑެންށަލްސް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުކަން ޔަގީން ކުރުމުގެ ބޭނުމަށް ޓަކައި، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތަކުން ކަސްޓަމަރަށް ދީފައިވާ އެ ފަރާތަށް ހާއްސަކޮށްފައިވާ މައުލޫމާތަށެވެ.
"އަންއިމްޕެއަރޑް ކެޕިޓަލް" ކަމަށް ބުނެފައި އެވަނީ، ޕެއިޑްއަޕް ކެޕިޓަލްއާއި ކުންފުނީގެ ރިޒަރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ ރައުސްމާލުގެ އަދަދަށެވެ. މީގެ ތެރޭގައި، އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒަރވްސްއެއް ނުހިމެނޭނެއެވެ.
"ކަސްޓަމަރުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތްތައް އެކުޔަރކުރުމުގެ ހިދުމަތް ދިނުމުގައި ނުވަތަ ރެމިޓެންސް ހިދުމަތް ދިނުމުގައި ކަސްޓަމަރަކަށް ނުވަތަ ކަސްޓަމަރެއްގެ އަތުން، ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތަކަށް ލިބިފައިވާ، އަދި މަސައްކަތު ދުވަހެއް ނިމޭއިރު އެ ފަރާތުގެ އަތުގައި ހުރި ފައިސާއަށެވެ.
"ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-42) ގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
"ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، އާހިރުގައި ގާނޫނީ ށަހުސެއްގެ މޭޖަރ ހިއްސާދާރަކަށްވާ ފަރުދަކަށެވެ.
"އިދާރީ ބަންދުގެ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ހަނގުރާމައަށް ގޮސްފަ އެނބުރި އަންނަ މީހުންނާއި މެދު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-06 - އަނބުރާ އަންނަ ހަނގުރާ މަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތު ތަކާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން ވަކިން ބަންދުކުރުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
"ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި، ހަރަދު ހިއްސާކުރާ އެންމެންނަށެވެ. (ގޭބީސީގެ މެންބަރުންނާ ވަކިން ކުލި ދައްކައި، ޔޫޓިލިޓީޒްއާއި ކެއިންބުއިން ފަދަ އެންމެހައި ހަރަދުތައް އަމިއްލަޔަށް ބަލަހައްޓާނަމަ، އެއީ ހަރަދު ހިއްސާކުރާ ފަރާތެއް ކަމުގައެއް ނުބެލެވޭނެއެވެ.)
"ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ އިދާރާއިން ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދުގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.
"އިސްތިހާރުކުރުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުން މަނާކޮށްފައިވާ ކަމެއް ކުރުމަށް ކުރާ އިސްތިހާރަށެވެ. ނަމަވެސް، ދިރޭތަކެއްޗާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލުތައް ޕްރޮމޯޓު ކުރުމަށް ކުރާ އިސްތިހާރު މީގެ ތެރެއިން އިސްތިސްނާވާނެއެވެ.
"ބައިކެޗް" ކަމަށް ބުނެފައި އެވަނީ، ވަކި އެއްޗެއް ހިފަން އުޅެނިކޮށް، ނުވަތަ ބާނަން އުޅެނިކޮށް، ގަސްތަކާ ނުލައި އެހެން އެއްޗެއް ހިފުން ނުވަތަ ބޭނުންކުރުމަށެވެ.
"ދިރުވައި އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދިރުމެއްގެ އާބާދީ މަދުވުމުގެ ސަބަބުން، އެ ތަކެތީގެ އާބާދީ އިތުރުކުރުމަށް ޓަކައި ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން އެ ތަކެތި ގެންގުޅުމަށެވެ.
"ގަވާއިދާ ހިިލާފަށް ހިފައިގެން ގެންގުޅޭ ދިރޭ ތަކެތި ނެގުން" ނުވަތަ "ތަންފީޒީ އިދާރާއަށް ނެގުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުމެއް ނުވަތަ އޭގެ ބައެއް، ގަވާއިދާ ހިިލާފަށް ގެންގުޅޭ ފަރާތެއްގެ އަތުން ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. (confiscation)