gaanoon_logo
-
އެމް.އެން.އީ ގުރޫޕު (ޓެކްސްއާއި ގުޅޭ)

"އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ؛

  1. އެ ގުރޫޕުގައި ހިމެނޭ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ އެންޓިޓީތައް ތަފާތު ޖުރިސްޑިކްށަންތަކުގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ގުރޫޕުތަކަށް، ނުވަތަ އެ ގުރޫޕުގައި، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަން ފިޔަވައި އެހެން ޖުރިސްޑިކްށަނެއްގައި ދާއިމީ މަރުކަޒެއް މެދުވެރިކޮށްކުރާ ވިޔަފާރިން، އެ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާ ޖުރިސްޑިކްށަންގައި ޓެކްސް ދައްކަންޖެހޭ އެންޓިޓީއެއް ހިމެނޭ ގުރޫޕުތައް؛ އަދި
  2. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕަކަށް ނުވާ ގުރޫޕުތަކަށެވެ.
ގުރޫޕު (ޓެކްސްއާއި ގުޅޭ)

"ގުރޫޕު" ކަމަށް ބުނެފައި އެވަނީ، މިލްކުވެރިކަމުގެ ސަބަބުން ނުވަތަ ކޮންޓްރޯލްގެ ސަބަބުން ގުޅުންހުރި އެންޓިޓީތަކެއްކަމުގައިވީތީ، ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށް، ނުވަތަ އެ އެންޓިޓީއެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ، އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށެވެ.

ގުރޫޕު (ޓެކްސްއާއި ގުޅޭ)

"ގުރޫޕު" ކަމަށް ބުނެފައި އެވަނީ، މިލްކުވެރިކަމުގެ ސަބަބުން ނުވަތަ ކޮންޓްރޯލްގެ ސަބަބުން ގުޅުންހުރި އެންޓިޓީތަކެއްކަމުގައިވީތީ، ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށް، ނުވަތަ އެ އެންޓިޓީއެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ، އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށެވެ.

އެހީ ލިބެންވާ ފަރާތް

"އެހީ ލިބެންވާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި އެހީ ލިބުމަށް ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވެގެން، އެހީ ފޯރުކޮށްދެވޭ ފަރާތެއްކަމަށް ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

ޓާރމްސް އޮފް ރިފަރެންސް

"ޓާރމްސް އޮފް ރިފަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ކޮންމެހެން ހުންނަންޖެހޭ ބައިތަކަށެވެ.

މުރާޖިރު ނުވަތަ މުރާޖިއު

"މުރާޖިރު" ނުވަތަ މުރާޖިއު ކަމަށް ބުނެފައި ވަނީ ތިމާވެށްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައި އޮންނަ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރަން ހަވާލުކުރެވޭ މީހުންނަނެވެ.

ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތައް

"ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތައް" ކަމަށް ބުނެފައި އެވަނީ އަންނަނިވ ކަންތައްތަކަށެވެ: 

  1. ތިމާވެށްޓަށް ކޮށްފާނެ އަސަރަކީ ގެއްލުން ހުރި އަސަރެއްތޯ ނުވަތަ ފައިދާހުރި އަސަރެއްތޯ ނޫނީ އެކަމުގެ ސަބަބުން ވެށްޓަށް ފާހަގަކުރެވޭވަރުގެ އިތުރު ބަދަލެއް ނައުން. 
  2. އާންމު ސިއްހަތަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް އަސަރު ފޯރައިފާނެ މިންވަރު.
  3. މަށްރޫއުގެ ސަބަބުން އަސަރުކޮށްފާނެ މާހައުލުގައި ހިމެނޭ ހާއްސަ ސިފަތައް. 
  4. މަށްރޫއުގެ ސަބަބުން އިންސާނުންގެ ވެށީގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ މިންވަރު.
  5. އިންސާނުންގެ ވެށްޓަށް އެކަމެއްގެ ސަބަބުން ގެއްލުން ލިބޭނެ މިންވަރު އަންދާޒާކުރަން ދަތިވުން ނުވަތަ އެކަމުގައި ވަކި ސިފަތަކެއް ހުރުން ނުވަތަ ގޮތް ނޭނގޭ ގެއްލުންތަކެއް އެކުލެވުން.
  6. މަށްރޫއުގައި އަމަލުކުރެވުނު ގޮތުގެ ސަބަބުން ކުރިމަގުގައި ހަމަ އެގޮތަށް ނުރަނގަޅު ގޮތެއްގައި އެހެން ކަންކަން ކުރުމަށް މަގުފަހިވި މިންވަރާއި އަދި އެ މަގުފަހިވި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމުގެ މިންވަރު.
  7. ކުރެވޭ ކަމަކީ، ވަކިވަކިން މާބޮޑު އަސަރެއް ނުކުރާ އެހެންނަމަވެސް އިޖުމާލީ ގޮތެއްގައި ބޮޑު އަސަރެއް ކޮށްފާނެ ކަންކަމާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން.
  8. އަމަލުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާއި ނުވަތަ ގަވާއިދަކާއި، ނުވަތަ އުސޫލަކާއި ނުވަތަ މިންގަ ނޑަކާއި ނުވަތަ ސިޔާސަތަކާއި ހިލާފުވާ ކަމެއްކަން ނުވަތަ ނޫންކަން.
  9. އަމަލަކީ އަލުން އިއާދަ ކުރެވިދާނެ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ.
ހާލަތު

"ހާލަތު" ކަމަށް ބުނެފައި އެވަނީ ތިމާވެށްޓަށް ކުރި އަސަރަކީ ފާހަގަކުރެވޭވަރުގެ އަސަރެއްކަމަށް ދެނެގަތުމުގައި އަދި ރިއާޔަތްކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން އެ އަސަރެއްގެ ސަބަބުން މުޖުތަމައަށާއި މަށްރޫއުގެ ވަށައިގެންވާ ސަރަހައްދަށާއި އަދި ގެއްލުން ލިބުނު ފަރާތްތަކަށާއި ގުދުރަތީ މާހައުލުގައިވާ ކަންތައްތަކަށް.

ސްކްރީނިންގކުރުން

"ސްކްރީނިންގކުރުން" ކަމަށް ބުނެފައި އެވަނީ، ހުށަހެޅިފައިވާ ހުށަހެޅުމަކީ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭ ނުވަތަ ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާ ހުށަހެޅުމެއްކަން ކަނޑައެޅުމަށެވެ.

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން

"ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މަށްރޫއުގެ ހަރަކާތެއްގެ ސަބަބުން ވަށައިގެންވާ ވެށްޓަށް ކުރިމަތިވެދާނެ އަސަރުތައް ކުޑަކުރުމުގެ ނުވަތަ އެފަދަ އަސަރެއް ކުރިމަތިވެ ނުދިނުމުގެ ގޮތުން އަޅަން ހުށަހަޅާ ފިޔަވަޅުތައް ދެނެގަތުމުގެ ގޮތުން ހަދާ ރިޕޯޓަށެވެ.

ޗާޓު

"ޗާޓު" ކަމަށް ބުނެފައި އެވަނީ، ޖިއޯރިފަރެންސްޑް ސްކޭލް ޗާޓަށެވެ.

މީޒާންކުރުން

"މީޒާންކުރުން" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މުހިންމު މައްސަލަތަކާއި ފާހަގަކުރެވޭވަރުގެ އަސަރުތަކާއި ބަދަލުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށް ކަންތައްކުރާނޭ ގޮތަށެވެ.

އެދިޔާރު

"އެދިޔާރު" ކަމަށް ބުނެފައި އެވަނީ މަށްރޫއުގެ ވެރިފަރާތް ނުވަތަ ހިންގުމުގެ ބާރުވެރި ފަރާތް.

މަށްރޫއުގެ ހުލާސާ

"މަށްރޫއުގެ ހުލާސާ" ކަމަށް ބުނެފައި އެވަނީ، އެދިޔާރަކު ނުވަތަ އެފަރާތުގެ ކޮންސަލްޓަންޓަކު، މަށްރޫއުގައި ހިމެނޭ މުހިންމު ސިފަތައް ހިމަނައިގެން އެ މަށްރޫއު މީޒާންކުރުމަށް ބާއްވާ ބައްދަލުވުމަށް، ތައްޔާރުކުރާ ލިޔުމަށެވެ. މި ލިޔުމުގައި ތަރައްގީގެ ހުށަހެޅުން އޮންނާނެ ގޮތުގެ ތައާރަފަކާއި ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މަށްރޫއާބެހޭ މުހިންމު ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެކަމަށް ލަފާކުރެވޭ އަސަރުތަކާއި އެ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ކަމަށް ފެންނަ ފިޔަވަޅުތައް ހިމެނޭނެއެވެ.

ތައައްޔަރުވުން

"ތައައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އިންސާނުންގެ ފަރާތުން ތިމާވެށްޓަށް ތައާރަފު ކުރެވޭ އެއްޗަކުން ނުވަތަ ހަކަތައަކުން އިންސާނުންގެ ސިއްހަތަށް ނުވަތަ ދިރޭ ވަސީލަތްތަކަށް ނުވަތަ ވެށީގެ ނިޒާމުތަކަށް ނުވަތަ ހަރުމުދަލަކަށް ގެއްލުން ލިބުން ނުވަތަ ލިބެން ހުންނަ ވަސީލަތްތައް ބޭނުންކުރުމަށް ހުރަސް އެޅުމާއި ނުވަތަ ތިމާވެށީގެ ބޭނުންހިފުމަށް ހުރަސް އެޅުމަށެވެ.