gaanoon_logo
-
ޕްރެކްޓިކަލް ޓެސްޓް

"ޕްރެކްޓިކަލް ޓެސްޓް" ކަމަށް ބުނެފައި އެވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން ފަރިތަވެފައިވާ މިންވަރު ބެލުމަށް ދޭ އަމަލީ އިމްތިހާނަށެވެ.

ތިއަރީ ޓެސްޓު

"ތިއަރީ ޓެސްޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ކަންކަމާއި، މަގުމަތީގެ އަދަބުތައް އެނގިފައިވާ މިންވަރު ބެލުމަށް ދޭ އިމްތިހާނަށެވެ.

ޓްރެއިންގ ލޮގު

"ޓްރެއިންގ ލޮގު" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް ޓަކައި ހޭދަކޮށްފައިވާ ވަގުތާއި ތާރީހު އަންގައިދޭ ށީޓަށެވެ.

ދުއްވަން ދަސްކުރުމާބެހޭ ތިއަރީ

"ދުއްވަން ދަސްކުރުމާބެހޭ ތިއަރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދާއި މަގުމަތީގެ ހަމަތަކާ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ މައުލޫމާތަށެވެ. 

މީހުން ދިރިއުޅޭ ތަންތަނާ ވަކިކޮށްފައިވާ ތަނެއް

"މީހުން ދިރިއުޅޭ ތަންތަނާ ވަކިކޮށްފައިވާ ތަނެއް" ކަމަށް ބުނެފައި އެވަނީ، ތަނުގެ މައި ދޮރާށި ވަކިކޮށްފައިވާ އަދި މީހުން ދިރިއުޅޭ ތަނެއްގެ ބަޔަކަށް ނުވާ ތަންތަނަށެވެ.

ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުން

"ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ކޮންސްޓަބަލް ރޭންކުގެ ފުލުހުންނަށެވެ.

ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުން

"ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން ސާޖަންޓު ރޭންކާ ދެމެދުގައި ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށެވެ.

ކޮމިށަންޑް އޮފިސަރުން

"ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، އިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ. 

ޑިބެންޗަރ

"ޑިބެންޗަރ" އަކީ، ކުންފުންޏަކަށް އެއްވެސް ފަރާތަކުން ދޫކޮށްފައިވާ ފައިސާއެއް، އެ ފައިސާ ދޫކޮށްފައިވާ ކުންފުނީގެ މުދާ ރަހުނުކޮށް، ނުވަތަ ރަހުނު ނުކޮށް ކަމުގައިވިޔަސް، އެ ފައިސާއެއް ދޫކުރިކަމަށް ކުންފުނިން ދޫކުރާ ލިޔުމެވެ. ޑިބެންބަރުގެ ތެރޭގައި ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް، ލެޓަރ އޮފް ކްރެޑިޓް، ކުންފުނިން އާންމުކޮށް ކުރާ ވިޔަފާރީގައި ކުންފުންޏާއި ކުންފުނީގެ ކަސްޓަމަރުންނާ ހިނގާ ވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ނުކުންނަ ދަރަންޏާއި ލިޔެކިޔުން، އިންށުއަރެންސް ޕޮލިސީ، ބޭންކެއްގައި ހުޅުވާ، ކަރަންޓް ނުވަތަ ސޭވިންގސް އެކައުންޓާ ގުޅިގެން ދޫކުރާ ލިޔުން، ޑިޕޮޒިޓް ސެޓްފިކެޓް، ޕާސްބުކް، ނުވަތަ މިފަދަ ލިޔުންތައް ނުހިމެނެއެވެ. 

ވިޔަފާރި ބޭނުމަށް މަސްވެރިކަންކުރުން

"ވިޔަފާރި ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެ ގޮތުން މަސްވެރިކަން ކުރުމަށެވެ.

އާއިލާގެ މެންބަރުން

"އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ.

  1. އަނބިމީހާ / ފިރިމީހާ؛
  2. މަންމަ / ބައްޕަ؛
  3. އެއްބަނޑުއެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
  4. މަންމަޔާ ނުވަތަ ބައްޕަޔާ އެއްބަނޑު އެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
  5. މާމަ / ކާފަ؛ 
  6. މަންމަގެ ފިރިމީހާ / ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
  7. މައިދައިތަ / ބަފައިބެ؛
  8. ދަރިން / ދޮންދަރިން؛
  9. ދަނބިދަރިން / ޅީދަރިން؛
  10. މާމަ ދަރިން / ކާފަ ދަރިން؛
  11. ޅިޔަނުން / ފަހަރިން؛
  12. ށަރުއީ ބަލަދުވެރިޔާ / ބެލެނިވެރިޔާ.
އިދާރީ ބަންދު

"އިދާރީ ބަންދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު) ގެ 9 ވަނަ ބާބުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެ ފަރާތް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓަކައި، އެ ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް، އެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ ބަންދުކުރުމަށެވެ.

ކަލެކްޓަރ އުޅަނދު

"ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑް ކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައި ނުވާ ނުވަތަ ލޭންޑްކޮށްފައި ނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހާ އުޅަނދުފަހަރަށެވެ.

ފާނަ

"ފާނަ" ކަމަށް ބުނެފައި އެވަނީ،  ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-02) ގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.

ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު

"ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.