ގާނޫނީ ރަދީފު
"މުއާސަލާތު" ކަމަށް ބުނެފައި އެވަނީ، ހުށަހެޅުމެއް ހުށަހެޅުމާއި، އެ ހުށަހެޅުން ގަބޫލުކުރުން ހިމެނޭ ގޮތުން، ދެފަރާތުން އެ ގޮތް އިހްތިޔާރުކުރުމުގެ ސަބަބުން ނުވަތަ އެ ގޮތް އިހްތިޔާރުކުރުމަށް ލާޒިމުވެގެން ދ ބަޔާނެއް ނުވަތަ ޑިކްލަރ ށަނެއް ނުވަތަ ޑިމާންޑެއް ނުވަތަ ނޯޓިހެއް ނުވަތަ ރިކުއެސްޓަކަށެވެ.
"ޓްރަސްޓްގެ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔާގުޅޭ ސެޓިފިކެޓު ދޫކުރުން އަދި ބެލެހެއްޓުން ހިމެނޭ ގޮތަށް، ޓްރަސްޓްގެ ހިދުމަތެއް ނުވަތަ ޓްރަސްޓްގެ އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތްދޭ ފަރާތަކަށެވެ.
"ސެޓިފިކެޓު" ކަމަށް ބުނެފައި އެވަނީ، ސޮއިކުރާ ފަރާތާއި ސޮއިގެ ކްރިއޭށަން ޑޭޓާއާ ދެމެދު އޮންނަ ގުޅުން ކަށަވަރުކޮށްދ ޑޭޓާ މެސެޖެއް ނުވަތަ އެނޫން ރިކޯޑަކަށެވެ.
"އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ޕްރޮގްރާމަކުން، ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން ނުވަތަ ތަބީއީ ށަހްސެއްގެ އެއްވެސް އެހީއަކާ ނުލައި، މުއާމަލާތުކުރެވޭނެ ގޮތްތަކަކަށެވެ. އަދި އެ ގޮތްތަކަކީ، އެއްވެސް ކަމެއް ފަށާއިރު ނުވަތަ ޖަވާބުދޭ ކޮންމެ ފަހަރަކު،ތަބީއީ ށަހްސެއްގެ އެއްވެސް އެހީތެރިކަމެއް ނުވަތަ ބެލުމެއްނެތި، ޑޭޓާ މެސެޖަކަށް، އެއްކޮށް ނުވަތަ އޭގެ ބަޔަކަށް، އަމަލުކުރެވޭނެ ނުވަތަ ޖަވާބުދެވޭނެ ގޮތްތަކެކެވެ.
"މީޑިއޭށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެ ދެފަރާތާ ވާހަކަދައްކައި، އެދެވޭ ހަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުމަށެވެ.
"ރެފަރަލް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް މަގުދައްކައިދީ އެހީތެރިވެދިނުމުގެގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަން ބެލުމަށް ނުވަތަ މުރާޖަޢާކުރުމަށް ނުވަތަ އިތުރު ފިޔަވަޅު އެޅުމަށް ފޮނުވާ ފޮނުވުމަށެވެ.
"ކޯޓު މަރުޙަލާއަށް ތައްޔާރުކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޝިކާރަޔަކަށްވާ މީހާ ކޯޓު މަރުޙަލާއަށް ތައްޔާރުކޮށްދިނުމުގައި އަދި ހެކިބަސް ނަގަންޖެހޭ ހާލަތްތަކުގައި ގެވެށި އަނިޔާގެ ޝިކާރަޔަކަށްވާ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޯޓުން ހުއްދަދޭ މިންވަރަކަށް ގެވެށި އަނިޔާގެ ޝިކާރަޔަކަށްވާ މީހާއާއެކު ވިކްޓިމް ސަޕޯޓް އޮފިސަރު ހަރަކާތްތެރިވުމަށެވެ.
"ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ދެނެގަތުމަށްޓަކައި ބަލާ ބެލުންތަކެއްގެ ތެރެއިން، އެ މީހަކީ ކިހާ ނުރައްކައުތެރި މީހެއްކަން ނުވަތަ ގެއްލުމެއް ދީފާނެ މީހެއްކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތަށެވެ.
"ވިކްޓިމް ސަޕޯޓް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް މަޢުލޫމާތުދިނުމާއި، މަގު ދައްކައިދިނުމާއި، ކައުންސެލިންގގެ ޚިދުމަތާއި އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތަކަށެވެ.
"ހެލްޕްލައިން" ކަމަށް ބުނެފައިއެވަނީ، އެ ނަންބަރަކާ ގުޅުމުން، ގެވެށި އަނިޔާގެ ޢަމަލުތަކާ ގުޅިގެން ރިޕޯޓު ހުށަހެޅުމަށާއި، ކަމާގުޅޭ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްދޭ ފޯނުގެ ހިދުމަތަށެވެ.
"ވަގުތީ މަރުކަޒުތައް ނުވަތަ އެފަދަ އެހެން މަރުކަޒުތައް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމުގެގޮތުން، އެ މީހުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން އެފަދަ މީހުން ތިބުމަށް ނުވަތަ ބޭތިއްބުމަށް ޤާއިމުކޮށްފައިވާ ވަގުތީ މަރުކަޒުތަކަށާއި، އެ މީހުން ތިބި ތަން ސިއްރުކުރާ ރައްކައުތެރި ގޯތިތަކަށާއި، އެނޫންވެސް އެފަދަ ޚިދުމަތްދޭ އެހެނިހެން މަރުކަޒުތަކަށެވެ.
ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލަކާ ުގޅިގެން، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ހިތްވަރުދީ، ބާރުވެރިކުރުވައި، އެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ސަމާލުވެ ތިބެ، އެކަންކަމަށް ޙައްލު ހޯދުމު ެގ މަގުފަހިކޮށް، އެ މީހުންނަށް އާންމު ދިރިއުޅުމެއް އުޅުމަށްޓަކައި ކުރާ މަސައްކަތަށެވެ.
"މަށްރޫއު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން، ވަކި މަށްރޫއުއެއްގެ ގޮތުގއި ކަނޑައަޅައި، ޑިއުޓީ މައާފުކުރުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ހުއްދަ ދީފައިވާ ކަންކަމަށެވެ.
"ހުއްދަ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި، ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއިން މުދާ ރީއެކްސްޕޯޓް ކުރުމަށް ނުވަތަ ޑިއުޓީ މައާފުކުރުމަށް ހުއްދަކޮށް، އެ ފަރާތަކަށް ދޫކުރާ ލިޔުމަށާއި، މިއިން ކަމެއް ބަލަހައްޓާ ސަރުކާރުގެ މުއައްސަސާއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް، އެ ފަރާތެއްގެ ނަން ހިމެނިފައިވާ ހިމެނުމަށެވެ.
"އެމްޕްލޯއިމަންޓް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-163) ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ހިދުމަތާއި، އަދި މޭންޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތަށެވެ.