-

ސަބްސިޑިއަރީ ކުންފުނި

"ސަބްސިޑިއަރީ ކުންފުނި" ނުވަތަ "އެހެން ކުންފުންޏެއްގެ (ހޯލްޑިންގ ކުންފުންޏެއްގެ) ސަބްސިޑިއަރީ ކުންފުންޏެއް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުނިން:

    1. އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން ކޮންޓްރޯލްކުރެވޭ ފަރާތަކަށް؛ ނުވަތަ
    2. އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން، މަދުވެގެން %50 (ފަންސާސް އިންސައްތަ) ވޯޓުދިނުމުގެ ކޮންޓްރޯލް އޮތް ފަރާތަކަށް؛ ނުވަތަ 
    3. ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅާފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
    4. ކުންފުނީގެ ޑިވިޑެންޑްގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ. 

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ ބޭނުމަށްޓަކައި (ކުންފުނި A)، އެހެން ކުންފުންޏެއްގެ (ކުންފުނި B) ގެ ސަބްސިޑިއަރީ ކުންފުންޏަކަށްވެފައ،ި ދެވަނައަށް ބުނެވުނު ކުންފުންޏަކީ (ކުންފުނި B) އެހެން ކުންފުންޏެއްގެ (ކުންފުނި C) ގެ ސަބްސިޑިއަރީ ކުންފުންޏެއްނަމަ، ފުރަތަމަ ބުނެވުނު ކުންފުންޏަކީ (ކުންފުނި A) އެންމެފަހުން ބުނެވުނު ކުންފުނީގެވެސް (ކުންފުނި C) ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މާނަކުރެވޭނެއެވެ.