ގާނޫނީ ރަދީފު
"ނޯޓަރައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔުމެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކުރުމަށެވެ.
"ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) 112 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނިން ނިންމާ ކޮންމެ ނިންމުމަކަށެވެ.
"ހޯލްޑިންގ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެހެން ކުންފުންޏެއްގެ (އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ) ކޮންޓްރޯލިންގ އިންޓްރެސްޓެއް އޮންނަ މިންވަރަށް، އެ ކުންފުންޏެއްގެ އެންމެހައި ނުވަތަ އަގުލަބިއްޔަތުގެ ހިއްސާ އޮތް ކުންފުންޏަކަށެވެ.
"ޑީމެޓީރިއަލައިޒް" ކަމަށް ބުނެފައި އެވަނީ، ފިޒިކަލް ސެޓުފިކެޓަކާ ނުލައި އިލެކްޓްރޯނިކަލީ ސެކިއުރިޓީޒް ގަނެވިއްކުމަށާއި، ސެކިއުރިޓީޒް ޑިޕޮޒިޓަރީއަށް ޖަމާކުރުމަށެވެ.
"އޮފަރ ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ވިއްކާ ސެކިއުރިޓީޒް ގަތުމަށް އިންވެސްޓަރުންނަށް ދެވޭ ސެކިއުރިޓީޒްގެ މައުލޫމާތު ހިމެނޭ ކޮންމެ ދައުވަތަކާއި އެ ދައުވަތަކަށް ގެންނަ ކޮންމެ އިސްލާހަކަށެވެ.
"ސެކިއުރިޓީޒް ދޫކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރު ސެކިއުރިޓީޒް ދޫކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މުއައްސަސާ އަށް ނުވަތަ މުއައްސަސާތަކަށެވެ.
"ޓޫރިސްޓް ރިޒޯޓް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް، ރިޒޯޓު ހޮޓެލް، ހޮޓެލް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.
"ޑިފޯލްޓް ރެކްޓިފިކޭށަނަށް ދާ ހަރަދު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮވެ، އެ ފައިސާ ނުދައްކާ ޔުޓިލިޓީ އެކައުންޓު ބަންދުކުރަންޖެހޭ ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކައުންޓަށް އަރައިފައިވާ ފައިސާ ދައްކައި ހަލާސްކުރުމަށް ދާ ހަރަދަށެވެ.
"ސިނާއީ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ނަފާއެއް ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
"އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށެވެ.
"ހިދުމަތް ކަނޑައިލުމަށް ދެވޭ އިންޒާރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ހިދުމަތް މެދުކަނޑައިލެވިދާނެކަމަށް ބަޔާން ކޮށްފައިވާ ސަބަބަކާ ގުޅިގެން އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އާންމު ބޭނުންތަކުގެ ހިދުމަތް ބޭނުންކުރާ ފަރާތަށް ހިދުމަތް މެދުކަނޑައިލުމަށް ދޭ އިންޒާރަށެވެ.
(ޅ) "ބިލު" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރާ ފަރާތްތަކަށް އެ ހިދުމަތެއް ބޭނުންކުރި މިންވަރަށް ފައިސާ ދެއްކުމަށް ފޮނުވާ ލިޔެކިޔުމަށެވެ.
"ބިލިންގ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މީޓަރުކޮށްގެން އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރިވަރު ގުނަން ފަށާ ތާރީހުން ފެށިގެން ނިމޭ ތާރީހަށެވެ.
"މީޓަރު ކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރާ މިންވަރު އަންގައިދޭ އާލާތެއް ބޭނުންކޮށްގެން، ބޭނުންކުރާވަރު "ލޮގު" ކުރުމަށެވެ.
"މީޓަރު" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރެވޭ މިންވަރު އަންގައިދޭ އާލާތްތަކަށެވެ.