ގާނޫނީ ރަދީފު
"ފެކްޓަރީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ކުރުމަށް ވަޒީފާގައި މީހުން ގެންގުޅޭ ތަންތަނަށެވެ.
- އެއްވެސް މުދަލެއް ނުވަތަ އެއްޗެއް، ގެންގުޅުން، ތަރުތީބުކުރުން،ބަންދުކުރުން، ރައްކާކުރުން، ބަދަލުގެނައުން، މަރާމާތުކުރުން، އުފައްދާުން ނުވަތަ ޕްރޮސެސްކުރުން؛
- އެއްވެސް ނުރައްކާތެރި މާއްދާއެއް ގެންގުޅުން، ތަރުތީބުކުރުން، ބަންދުކުރުން، ރައްކާކުރުން، ޕްރޮސެސްކުރުން، އުފައްދާުން ނުވަތަ ގެންގުޅުން؛
- އުޅަނދުފަހަރު އުފައްދައި، ބަނދެ ނުވަތަ މަރާމާތުކުރުން؛
- އިމާރާތެއް ހިންގުން (އޮޕަރޭޓް ކުރުން) ނުވަތަކޮންސްޓްރަކްށަން އިންޖިނިއަރިންގްގެ މަސައްކަތްކުރުން؛ އަދި
- އެއްވެސް އާންމު ހިދުމަތެއްދޭ ތަނެއް ނުވަތަ ނިޒާމެއް (ސިސްޓަމެއް) ހިންގައި ބެލެހެއްޓުން.
"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފެކްޓަރީވެސް ހިމެނޭގޮތުން، އެ ވަގުތަކަށް ނުވަތަ އާންމު ގޮތެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކުކުރަންޖެހޭ ތަނަށެވެ.
"އަމިއްލަ މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީީ،އެފަރާތެއްގެ ވަޒީފާގައެ މުވައްޒަފުން ގެންގުޅުނުކަމުގައި ވިޔަސް ނުވަތަ ނުގެންގުޅުނުކަމުގައި ވިޔަސް، އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް މަންފާއެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
"މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެއްވެސް ފަރާތެއްގެ ވަޒީފާއެއްގައ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީީ، ފަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކު، ނުވަތަ ކުންފުންޏެއް، ނުވަތަ ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކަށެވެ. އަދި އެ މާނަކުރުމުގައި، މިނިވަން ނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަދަފަރާތްތަކުގެ ހައްގުތައް ގާނޫނީގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.
"ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.
"ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ޔޫނިއަނަކުން އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ މި ގާނޫނުގެ ދަށުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށާއި، އެފަދަ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ޔޫނިއަންތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.
"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ވަރކްޕްލޭސް ބަރގެއިނިންގގައި ބައިވެރިވާ ނުވަތަ ތަމްސީލުކުރާ ނުވަތަ އެނޫންވެސް މަސައްކަތްތެރިން އާންމުކޮށް ވަޒީފާ އަދާކުރާ ތަނަށެވެ.
"ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
"ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް" ނުވަތަ "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީގައި، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްފަރާތުގެ ގޮތުގައި މިނިސްޓަރު އައްޔަންކުރާ ފަރާތަށެވެ.
"ޔޫނިއަންގެ އުސޫލުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔޫނިއަންގެ ހިންގުމާ ގުޅިގެން އެކުލަވާލާ އުސޫލުތަކަށެވެ.
"ޔޫނިއަންގެ ދުސްތޫރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހިދުމަތްތަކަށެވެ.

"ރަޖިސްޓްރާރ އޮފް ޔޫނިއަންސް" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަށެވެ.