-

ސަރވިސް އެޑްރެސް

"ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ 78 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން ނުވަތަ ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސެކްރެޓަރ،ީ އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް، އަދި މި ގާނޫނުގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން އެ ފަރާތަކާ މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން، އެ ފަރާތަކަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.