-

ސިގްނިފިކަންޓް ބެނެފިށަލް އޯނަރ

"ސިގްނިފިކަންޓް ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ހައްގުތައް ނުވަތަ އިނާޔަތްތައް 
ލިބިގެންވާ ކޮންމެ ފަރުދަކަށެވެ. އެއީ، އެ ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަކަށް ލިބިގެންވަނީ، އެ މީހަކު އެކަނި ނަމަވެސް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުގައި ނަމަވެސް، ނުވަތަ ޓްރަސްޓެއް މެދުވެރިވެގެން ނަމަވެސްމެއެވެ.

  1. މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ހިއްސާ، ސީދާކޮށް ނުވަތަ ނުސީދާކޮށް މިލްކުކުރާ ހިއްސާއާއެކު، އޮތުން؛
  2. ކުންފުނީގެ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުން؛
  3. އެއްވެސް މާލީ އަހަރެއްގައި، ކުންފުނިން ބަހާ ޑިވިޑެންޑް ގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ނުސީދާކޮށް،ނުވަތަ ސީދާކޮށް ލިބިގެންވާ ހައްގާއެކު، ލިބިގަތުމުގެ ހައްގު ލިބިގެންވުން؛
  4. ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހައިސިއްޔަތުން އެކަނި ނޫން ގޮތަކަށް،ކުންފުނީގައި ސިގްނިފިކަންޓް އިންފްލުއެންސް ނުވަތަ ކޮންޓްރޯލް ބޭނުންކުރުމުގެ ހައްގު ލިބިގެންވުން، ނުވަތަ ބޭނުންކުރުން.