ގާނޫނީ ރަދީފު
"ރިޒޯޓުގެ ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށް، ނުވަތަ ފަޅުގެ ސަރަހައްދު ނުވަތަ ފަރުގެ ސަރަހައްދު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ހަމަޖައްސާ ފަރާތަށެވެ.
"ރެޖިސްޓަރޑް ސަރވޭ ޓީމް" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ސާރވޭޔަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ސާރވޭޔަރ ހިމެނޭގޮތަށް އެކުލަވައިލައިފައިވާ ޓީމަކަށެވެ.
"އަދަރ އިފެކްޓިވެ އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް)" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެކިއެކި މަންފާތަކާއި ބޭނުންތަކަށް (ސަގާފީ ބޭނުންތަކާއި، އިޖުތިމާއީ ބޭނުންތަކާއި، އިގްތިސާދީ ބޭނުންތަކާއި، އެހެނިހެން ބޭނުންތަކަށް ) މަގުފަހިކުރުވާ ވަކި ސަރަހައްދުތަކެކެވެ.
"ޓެކްނޮލޮޖީ ނިއުޓްރަލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ބާވަތެއްގެ ޓެކްނޮލޮޖީއަކަށް ނުވަތަ ވަކިގޮތެއް ބޭނުންކުރުމަކަށް ނުވަތަ ޓެކްނޮލޮޖީގެ އުފެއްދުމަކަށް ވަކި އިސްކަމެއް ދިނުމެއްނެތި، ޓެކްނޮލޮޖީގެ ހުރިހާ ބާވަތަކަށްވެސް އެއް ހަމައަކުން ރިއާޔަތްކުރުމުގެ އުސޫލަށެވެ.
"އޮޓަމެޓިކުން އޮޕަރޭޓްކުރަން ޕްރޮގްރާމްކޮށްފައިވާ އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ޕްރޮގްރާމަކުން،އިލެކްޓްރޯނިކް ވަސީލަތަކުން ނުވަތަ ތަބީއީ ށަހްސެއްގެ އެއްވެސް އެހީއަކާ ނުލައި، މުއާމަލާތުކުރެވޭނެ ގޮތަކަށް، އަދި އެ ގޮތްތަކަކީ އެއްވެސް ކަމެއް ފަށާއިރު ނުވަތަ ޖަވާބުދޭ ކޮންމެ ފަހަރަކު، ތަބީއީ ށަހްސެއްގެ އެއްވެސް އެހީތެރިކަމެއް ނުވަތަ ބެލުމެއްނެތި، އިންފޮމޭށަން ސިސްޓަމަކަށް، އެއްކޮށް ނުވަތަ އޭގެ ބަޔަކަށް،އަމަލުކުރެވޭނެ ނުވަތަ ޖަވާބުދެވޭނެ ގޮތަކަށް ހިނގާ އިންފޮމޭށަން ސިސްޓަމަކަށެވެ.
"ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ ގޮތަށް ހުރުން" ކަމަށް ބުނެފައި އެވަނީ، މައުލޫމާތެއް ރައްކާކުރެވިފައިވާ ވަސީލަތަކުން އެ މައުލޫމާތެއް ހޯދައި، ނަގައި، ބެލޭނެ، އަދި ފަހުން އޭގެ ކޮޕީއެއް ހައްދައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ މައުލޫމާތު ރިކޯޑުކުރެވޭނެ ނުވަތަ ނަކަލުކުރެވޭނެ ގޮތަކަށް އެ ވަސީލަތެއްގައި އެ މައުލޫމާތު ހުރުމަށެވެ.
"ޖެނެރޭޓްކޮށްފައިވުން" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް،މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް މައުލޫމާތެއް އުފެއްދުމަށް ނުވަތަ ވުޖޫދަށް ގެނައުމަށެވެ.
"މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ޑޭޓާއާއި، ޓެކްސްޓާއި، ތަސްވީރާއި، އަޑާއި، ކޯޑުތަކާއި، ކޮމްޕިއުޓަރ ޕްރޮގްރާމްތަކާއި، ސޮފްޓްވެއަރ އަދި ޑޭޓާބޭސް ހިމެނޭ ގޮތުންނެވެ.
"ސޮއިކުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، ސޮއިކުރުމަށް ބޭނުންކޮށްފައިވާ ކްރިއޭށަން ޑޭޓާ ގެންގުޅޭ އަދި އެހެން ފަރާތެއް ތަމްސީލުކުރުމުގެގޮތުން ނުވަތަ އަމިއްލަ ހައިސިއްޔަތުން ފިޔަވަޅު އަޅާ ފަރާތަކަށެވެ.
"ބަރޯސާވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސޮޔެއްގެ މައްޗަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އަޅާނެ ފަރާތަކަށެވެ.
"މުއާމަލާތުގެ ބައިވެރިން ގާއިމުވެހުރި ތަން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވަގުތީގޮތުން ވަކި ސަރަހައްދަކުން ފޯރުކޮށްދިނުން ނުހިމެނޭ ގޮތަށް، އިގްތިސާދީ ހަރަކާތެއް ހިންގުމަށްޓަކައި، އާންމުގޮތެއްގައި ގާއިމުވެ ހުންނަ ތަނަކަށެވެ.
"މެދުވެރިއެއް" ކަމަށް ބުނެފައި އެވަނީ، ވަކި ޑޭޓާ މެސެޖަކާ ގުޅޭ ގޮތުން، އެއްވެސް ފަރާތަކުން އެހެން ފަރާތެއްގެ ބަދަލުގައި، ޑޭޓާ މެސެޖު ފޮނުވައި، ލިބިގަނެ، ނުވަތަ ރައްކާކޮށް ނުވަތަ އެ ޑޭޓާ މެސެޖާގުޅޭ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދ ފަރާތަކަށެވެ.
"އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޑޭޓާ މެސެޖު ޖެނެރޭޓްކުރުމަށް، ނުވަތަ ފޮނުވުމަށް، ނުވަތަ ލިބުމަށް، ނުވަތަ ރައްކާކުރުމަށް، ނުވަތަ ޕްރޮސެސްކުރުމަށް ބޭނުންކުރާ ސިސްޓަމަށެވެ.
"އިލެކްޓްރޯނިކް ސޮއި" ކަމަށް ބުނެފައި އެވަނީ، ޑޭޓާ މެސެޖުގައި ސޮއިކުރި ފަރާތް ދެނެގަތުމުގެގޮތުން އަދި ޑޭޓާ މެސެޖުގައިވާ މައުލޫމާތާ ގުޅިގެން ސޮއިކުރި ފަރާތުގެ ނިޔަތް ހާމަކުރުމުގެގޮތުން، ޑޭޓާ މެސެޖާއެކު ހިމަނާފައިވާ ނުވަތަ އާންމު ހަމަތަކުން ބަލާއިރުވެސް އެ ޑޭޓާ މެސެޖަކާ ގުޅިފައިވާ، އިލެކްޓްރޯނިކް ޑޭޓާއަށެވެ.
"އިލެކްޓްރޯނިކް މުއާސަލާތު" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ޑޭޓާ މެސެޖު މެދުވެރިކޮށް ކުރާ ކޮންމެ މުއާސަލާތަކަށެވެ.