ގާނޫނީ ރަދީފު
"ކެނޑުން" ކަމަށް ބުނެފައި އެވަނީ، ރުކުގެ ނުވަތަ ގަހުގެ ބުޑު ބެހެއްޓުމަށްފަހު، ރުއް ނުވަތަ ގަސް ކަނޑައިލުމަށެވެ.
"ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސު އަދި/ނުވަތަ މީހުން ށާމިލުވާ ގޮތުންނެވެ.
"ޗެރިޓީ" ކަމަށް ބުނެފައި އެވަނީ، އާންމުވެގެންވާ މަންފާއަކަށްޓަކައި އަންނަނިވި ދާއިރާތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ހިންގާ ހަރަކާތްތަކަށެވެ.
- އިސްލާމްދީން؛
- އާންމު ސިއްހަތު؛
- ފަގީރުކަން ނައްތާލުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން؛
- ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިނުން؛
- ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުން؛
- އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުން.
"ޕަބްލިކް ފައުންޑޭށަން" ކަމަށް ބުނެފައި އެވަނީ، ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް އެކިއެކި އަމިއްލަ ފަރުދުންނާއި، އިދާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްއިއްޔާތަކުން ނުވަތަ އެނޫންވެސް ގާނޫނީ ށަހްސަކުން ފައިސާ ހޯދައިގެން ހިންގާ ފައުންޑޭށަނަށެވެ.
"ޕްރައިވެޓް ފައުންޑޭށަން" ކަމަށް ބުނެފައި އެވަނީ، ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް ފައުންޑޭށަން އުފައްދާ ފަރާތުން ނުވަތަ ބަޔަކު ފައިސާ ހޯދައިގެން ހިންގާ ފައުންޑޭށަނަށެވެ.
”މާލީ މަންފާއަށް ނުވާގޮތަށް" ކަމަށް ބުނެފައި އެވަނީ، ޖަމްއިއްޔާތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ މަސައްކަތުގެ ނުވަތަ ވިޔަފާރީގެ ފައިދާއަކީ ނުވަތަ ޖަމްއިއްޔާގެ މުދަލަކީ އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް ނުވަތަ މުއައްސިސުންނަށް މާލީ ފައިދާއެއް ނުވަތަ މަންފާއެއް ނުލިބޭ، އަދި އެ ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެންނުވާ، އަދި އެ މުދަލާއި ފައިސާއާއި އާމްދަނީއަކީ ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމަށް އަދި ޖަމްއިއްޔާ ހިންގުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައިވުމަށެވެ.
"ތުހުމަތު" ކަމަށް ބުނެފައި އެވަނީ، ތަހުގީގީ އިދާރާއަކުން ހިޔާނާތް/ފައިސާގެ އެއްވެސް މައްސަލައެއް ބަލަމުންދިޔުން، ނުވަތަ ށަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުން ދިޔުމަށެވެ.
"ހައްޖު މިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހި ހައްޖުވެރިންނާ ގުޅޭ އެންމެހައި ކަންކަން ސައޫދީ އަރަބިއްޔާގައި ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީން އެކުލަވައިލާ އޮފިށަލުންގެ ރަސްމީ ޓީމަށެވެ.
"ހައްޖު ޕެކޭޖް" ކަމަށް ބުނެފައި އެވަނީ، ހައްޖަށް ދާ މީހުންނަށް ކުންފުނިތަކުން ދިނުމަށް އެއްބަސްވެފައިވާ ހިދުމަތްތަކަށެވެ.
"ކުއްލި ހާދިސާ" ކަމަށް ބުނެފައި އެވަނީ، އާންމު ހާލަތުގެ ބޭރުން ހިނގާ އެންމެހައި ކަންކަމަށެވެ.
"ކޮލެޖް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކޮލެޖުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.
"އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.
"ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ގައުމުތަކުގައި ރަޖިސްޓަރީކޮށްގެން ހިންގާ އިންސްޓިޓިއުޓާއި، ކޮލެޖާއި، ޔުނިވަރސިޓީތަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ރާއްޖޭގައިގާއިމުކުރާ ގޮފިތަކަށެވެ.
"އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.
"ފުލްޓައިމް ލެކްޗަރަރ" އިން ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓެއްގައި ނުވަތަ ކޮލެޖެއްގައި ކޮންމެ ހަފުތާއަކު މަދުވެގެން 25 (ފަންސަވީސް) ގަޑިއިރު ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.