ގާނޫނީ ރަދީފު
"ވިޖިލަންސް" ކަމަށް ބުނެފައި އެވަނީ، ބޭހާ ގުޅޭގޮތުން ލިބޭ އެކިކަހަލަ އެލާޓްތަކާއި، ބޭހާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރާ ރެގިއުލޭޓަރީ މަސައްކަތްތަކަށް ބަލައި ފިޔަވަޅު އެޅުމަށެވެ.
"ޕޯސްޓް މާކެޓް ސަރވެއިލަންސް" ކަމަށް ބުނެފައި އެވަނީ، މާކެޓުގައި ހުންނަ ބޭހުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި މޮނިޓަރކުރުމަށެވެ.
"ބޭސްގުދަން" ކަމުގައި ބުނެފައި އެވަނީ، ބޭސް ރައްކައުކޮށް ގުދަންކޮށްފައި ބަހައްޓާ ތަންތަނަށެވެ.
"ރިކޯލްކުރުން" ކަމަށް ބުނެފައި އެވަނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކާ ގުޅިގެން ރާއްޖޭގެ މާކެޓުގައި ހުންނަ ބޭސް ވިއްކުން މަނާކުރުމަށާއި މާކެޓުން އެ ތަކެތި ނެގުމަށެވެ.
"ފާމަސިސްޓް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް" ގައި ރަޖިސްޓަރީ ކޮށްފައިވ،ާ އަދި ފާމަސީ އެއްގައި ބޭސް ދޫކުރުމަށް "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ގައި ރަޖިސްޓަރީ ކޮށްފައިވާ ފާމަސިސްޓުންނާއި ފާމަސީ އެސިސްޓެންޓުންނަށެވެ.
"ބަޔޮލޮޖިކަލްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުންނަށް ކުރިމަތިވާ އެކިއެކި ބަލިތަކުން ރައްކައުތެރިވުމަށް ނުވަތަ ބައްޔަކަށް ފަރުވާކުރުމުގެ ގޮތުން ނުވަތަ އުފެދުމުގައި ދިމާވެފައިވާ އުނިކަމެއް ނުވަތަ ހާލަތެއްގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްކުރުމަށް ކުރިމަތިވެފައިވާ ދަތިކަމަކަށް ހައްލެއް ހޯދުމުގެ ގޮތުން ދޭ ވެކްސިނެއް ނުވަތަ ލެޔާއި ލޭގެ މާއްދާއެއް އެކުލެވިގެންވާ އެއްޗެއް ނުވަތަ ބައެއް ނުވަތަ ލޭގެ ޑެރިވޭޓިވްއެއް ހިމެނޭ އެއްޗެއްސަށެވެ.
"އިމަޖެންސ ހާލަތު" ކަމަށް ބުނެފައި އެވަނީ، ހާއްސަ ހާލަތެއްގެ ސަބަބުން އިންސާނުންގެ ފުރާނަ ސަލާމާތްކުރުމަށް ކޮންމެހެން ބޭނުންވާ ބޭސް ބޭނުންވާ ހާލަތަށެވެ.
"ކުއްލި ހާލަތު" ކަމަށް ބުނެފައި އެވަނީ، ކުއްލިއަކަށް ދިމާވާ ކަންކަމަށް ނުވަތަ ކުރިން އަންދާޒާނުކުރާ ފަދަ ހާލަތެއް ދިމާވުމަށެވެ.
"ޕްރޮޑަކްޓް އެނަރލިސިސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ބޭސް އުފެއްދުމަށްފަހު މާކެޓަށް ނެރުމުގެ ކުރިން ބޭހުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމަށް ލެބޯޓަރ ގައި ކުރާ ތަހުލީލު ރިޕޯޓަށެވެ.
"ބޭސް ވިއްކުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގައި ބޭސްކަމުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް ވިޔަފާރި އުސޫލުން ހޯލްސޭލްކުރުމާއި، ރީޓެއިލްކުރުމާއި، ބިލުކުރާގޮތަށް ނުވަތަ ފައިސާދ ގެން އެފަދަ ތަކެތި ބަލިމީހަކަށް ފޯރުކޮށްދިނުމާއި، މިނޫންވެސް ގޮތަކުން ބޭހުން ކުރެވޭ އެންމެހައި މުއާމަލާތުތަކަށެވެ.
"ކައުންޓާރފީޓް" ކަމުގައި ބުނެފައި އެވަނީ، ބޭސް އުފެއްދުމުގައި އޮޅުވައިލައިފައި ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ބޭހެއް ސައްހަނޫންގޮތުގައި ނަކަލުކުރުމުގެ ގޮތުން އުފައްދައިފައިވާ ބޭހަށެވެ.
"އޯލްޓަނޭޓިވް ނުވަތަ ދިވެހިބޭސް" ކަމުގައި ބުނެފައި އެވަނީ، ބަލިތަކުން ރައްކައުތެރިވުމުގެ ގޮތުންނާއި ބަލި ދެނެގަތުމާއި ބައްޔަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ބައްޔަކަށް ފަރުވާއެއް ހޯދުމުގެ ގޮތުން އެކިއެކި ޖަމާއަތްތަކާއި ސަގާފަތްތަކާއި އާދަކާދަތަކާ ނުވަތަ ގަބޫލުކުރާ ގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ލިބިފައިވާ ހުނަރަކާއި މައުލޫމާތެއް ނުވަތަ އިލްމެއްގެ ބޭނުންކޮށްގެން އުފައްދާ ތަކެއް ޗަށާއި ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާވެގެންވާ ކަންކަމަށެވެ.
"ޑޮކްޓަރ ބޭސް" ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރ އުސޫލުން ބޭނުންކުރާ ކޮންމެ ބޭހަކަށާއި، އޭގެ ބަލްކް ކެމިކަލަށެވެ.
"ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރ ބޭހާއި އޯލްޓަނޭޓިވް ބޭހަށެވެ. ޑޮކްޓަރ ބޭސް ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށާއި، އޭގެ ބަލްކް ކެމިކަލަށެވެ. އޯލްޓަނޭޓިވް ބޭސްކަމުގައި ބުނެފައި އެވަނީ، އެ ޑިސިޕްލިނެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހަކަށެވެ.
"ނަރުހެއް" ނުވަތަ "ނަރުހުން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ނަރުހުންނަށެވެ.