ގާނޫނީ ރަދީފު
"ކްލަބް" ކަމަށް ބުނެފައި އެވަނީ، ވާދަވެރި މުބާރާތްތަކުގައި ކުޅިވަރު ކުޅުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި ކްލަބެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
"އެކެޑަމީ" ކަމަށް ބުނެފައި އެވަނީ، ކުޅިވަރުގެ ތަމްރީނުދިނުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި އެކަޑަމީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
"ޕްރޮވިށަނަލް ސްޓޭޓަސް" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުޅިވަރު ފެޑެރޭށަންތަކުން ނުވަތަ އެސޯސިއޭށަންތަކުން ވަކި ށަރުތުތަކެއް ނުވަތަ މިންގަނޑުތަކެއް ހާސިލުކުރެވެންދެން ދޭ ވަގުތީ ހުއްދައަށެވެ.
"ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަދި ގަވާއިދު ނަންބަރު 2012-47 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ތެލަސީމިއާ ކުދީން ރަޖިސްޓަރީކުރަން ލާޒިމުކުރާ ދަފުތަރަށެވެ.
"ތެލަސީމިއާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ދީފައިވާ މާނަޔާ އެއްގޮތަށް، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުއްޖާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނޫފެއްދުމުގެ ސަބަބުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތަށެވެ.
"ތެލަސީމިއާ ކުދިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ކ) ގައި ދީފައިވާ މާނައާ އެއްގޮތަށް، އެ ކުދިން އުފަންވާ ތާރީހުން ފެށިގެން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރުމާ ދެމެދުގެ އުމުރުގެ ކުދިންނާއި، އުމުރުން 18 (އަށާރަ) އަހަރު މީލާދީގޮތުން ފުރިހަމަވުމަށްފަހުގައި ވެސް ތެލަސީމިއާގެ ހާލަތުގައި ދެމިތިބި މީހުން ހިމެނޭ ގޮތަށެވެ.
"ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ދާއިރާތަކަށެވެ.
"ސިއްހީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކާއި ޕޯސްޓްތަކާއި ކްލިނިކްތަކާއި އެފަދަ އެހެން ތަންތަން ހިމެނޭގޮތަށެވެ.
"ނޭށަނަލް ލައިބްރަރީގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-01 (ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު) ގެ ދަށުން ލިބެންޖެހޭ ތަކެތި ހޯދައި، އެ ތަކެތި ރައްކައުތެރިކޮށް ބަލަހައްޓައި، އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
"ޕަބްލިކް ލައިބްރަރީގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އާންމުންގެ ބޭނުންތަކާ އެއްގޮތަށް މައުލޫމާތު އެއްކޮށް، ނިޒާމެއްގެ ތެރެއިން އެ ތަކެތި ދޫކޮށް ބަލައިގަތުމާއި، ކިޔުންތެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތައް ހިންގުމަށެވެ.
"މެންބަރުންގެ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފަރާތުގެ އެންމެހައި މައުލޫމާތު ހިމެނޭގޮތުންނެވެ.
"ރިޒާވުކުރުން" ކަމަށް ބުނެފައި އެވަނީ، މެންބަރަކަށް ތަކެތި ދޫކޮށްފައިވަނިކޮށްއެހެން މެންބަރަކު އެ ތަކެތި ބޭނުންވެގެން ގައުމީ ކުތުބުހާނާގައި ނޯޓުކުރާ ނޯޓުކުރުމަށެވެ.
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.
"އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފުނުވާ ފަދަ އަދި ސާފުތާހިރު ހެދުމަށެވެ.
"މެންބަރު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތް ހޯދުމަށް ގައުމީ ކުތުބުހާނާގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.