ގާނޫނީ ރަދީފު
"ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަކުރެވިފައިވާ ގިންތި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަން ދަރަޖަ ކުރުމަށް، ގަވާއިދު ނަންބަރު 2021-28 (ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 1 އާއި ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ކަނޑައަޅައިފައިވާ ގޮތަށެވެ.
"އޮތޯރިޓީ ގެ އޮންލައިން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީ ގައި ބޭހުގެ ހިދުމަތް ފޯރުކޮށްދޭ އޮންލައިން ޕްލެޓްފޯމަށެވެ.
"އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، ސޯށަލް މީޑިޔާއާއި، މާސް މީޑިޔާތަކުގައި، ބޭސް ގަނެވިއްކުން ނުވަތަ ބޭނުންކުރުން އިތުރުކުރުމަށް ޓަކައި ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުންނާ މުވާސަ ލާތުކުރުމާއި ޑިސްޕްލޭކުރުމާއި އެ އެއްޗެއް ބޭނުންކުރުމަށް ބާރުލިބޭ ފަދަ ކަންކަން ކުރުމަށެވެ.
"އޯވަރ ދަ ކައުންޓަރ (އޯ.ޓީ.ސީ) ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރުގެ ބޭސް ސިޓީ އަކާ ނުލައި، ބޭސްފިހާރަތަކުން ގަންނަން ލިބޭ ބޭސްތަކަށެވެ.
"ފާމަސީ" ނުވަތަ "ބޭސްފިހާރަ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ބޭސް ބަހައްޓައި ވިއްކާ ތަންތަނުގެ ގޮތުގައި ރަޖިސްޓަރީ ކޮށް ހުއްދަ ހޯދައިފައިވާ ތަންތަނަށެވެ.
"އާއިލާ" ކަމަށް ބުނެފައި އެވަނީ، އާއިލާގެ އެންމެ ގާތް ގުޅުން އޮންނަ މެންބަރުންނަށެވެ. މީގެ ތެރޭގައި އާންމުގޮތެއްގައި ހިމެނެނީ، މައިންބަފައިންނާއި، ދަރީންނާއި، އަނބިމހާ/ފިރިމީހާ އާއި، އެއްބަނޑުއެއްބަފާވމީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނަށެވެ.
"އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ބަލައި ފާސްކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
"ސަޕްލަޔަރ" ކަމަށް ބުނެފައި އެވަނީ، ގަނޑުކޮށް ބޭސް ފޯރުކޮށްދޭ ފަރާތްތަކަށެވެ.
"އެޑްވަރސް ޑްރަގް ރިއެކްށަން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށެވެ.
"ސިއްހީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބައްޔެއް ދެނެގަތުމާއި، ފަރުވާ ދިނުމާއި ބަލިތަކުން ރައްކައުތެރިވުމަށް ކައުންސިލިންގ ފޯރުކޮށްދިނުމާއި، ރިހެބިލިޓޭޓިވް ނުވަތަ ޕެލިއޭޓިވް ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓަރީ ކޮށް ހުއްދަ ލިބިފައިވާ ތަންތަނަށެވެ.
"ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް (ޖީ.އެމް.ޕީ.)" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގުވާމ ބެސްޓް ޕްރެކެޓިހާ އެއްގޮތަށް، ބޭސްތައް އުފެއްދުމާއި، ބޭހުގެ ރައްކައުތެރިކަމާއި، ބޭހުގެ ފެންވަރާއި، އެ ބޭހަކުން ފައިދާކުރާ މިންވަރު ކަށަވަރުކޮށްދިނުމަށް ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާ (އަބްލިޔު.އެޗް.އޯ.) އިން ކަނޑައަޅައިފައިވާ މިންގަނޑަށެވެ.
"ރިލަޔަންސް" ކަމަށް ބުނެފައި އެވަނީ، ބޭސް ރަޖިސްޓަރީ ކުރުމުގައި ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާއިން އިތުބާރު ހޯދައިފައިވާ ވަރުގަދަ ރެގިއުލޭޓަރީ އޮތޯރިޓީ ތަކުން އިވަލޭޓްކޮށް ރަޖިސްޓަރީ ކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމުގައި ފުރިހަމަ އިވެލުއޭށަން ތަކުރާރުކުރުމުގެ ބަދަލުގައި، އިތުބާރުކުރެވޭ ގައުމުތަކުގެ ގޮތުގައި ބަލައިގަންނަ ރެގިއުލޭޓަރީ އޮތޯރިޓީ ތަކަށް ބަރޯސާވުމަށެވެ.
"ފުލް ޑޮޒިއަރ" ކަމަށް ބުނެފައި އެވަނީ، ރިލަޔަންސް ޕާތްވޭގެ ދަށުން ކަވަރުނުކުރާ ގައުމުތަކުގައި ރަޖިސްޓަރީ ކޮށްފައިވާ އުފެއްދުންތައް ރަޖިސްޓަރީ ކުރުމަށް ޓަކައި ކަނޑައަޅައިފައިވާ އުސޫލުގައި ބަޔާންކުރާ އެންމެހައި ޓެކްނިކަލް ލިޔެކިޔުންތަ ކަށެވެ.
"ބްލެކްލިސްޓުކުރުން" ކަމަށް ބުނެފައި އެވަނީ، ސައްހަނޫން މައުލޫމާތު ފޯރުކޮށްދިނުމާއި، ޕްރޮޑަކްޓްތަކުގެ ކޮލިޓީ ތަކުރާރުކޮށް ފެއިލްވުމާއި، އޮޅުވައިލުމާއި، މަކަރުހެދުމާއި، ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަބަބުން، އަމިއްލަ ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ ޖަމުއިއްޔާއަކަށް ވަކި އިމްތިޔާޒުތަކެއް ނުވަތަ ފުރުސަތުތަކެއް ނުވަތަ ހިދުމަތްތަކެއް ރަސްމީ ކޮށް ދިނުން ވަގުތ ގޮތުން ހުއްޓައިލުމަށެވެ.
"ފާމަކޯވިޖިލަންސް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށާއި ބޭހެއް ބޭނުންކުރުމުން ދިމާވާ ސިއްހީ މައްސަލަތައް ބަލައި ހޯދައި ދިރާސާކުރުމަށެވެ.