ގާނޫނީ ރަދީފު
"މުވައްޒަފަކާ އާއިލީގޮތުން ގުޅުންހުރި ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕ،ަ އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، އެއްބަފާ މީހުން އަދި ށަރުއީ އަދި/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭ ގޮތުންނެވެ.
"ހިންގާ ވިޔަފާރިއެއް ނުވަތަ ކުރާ އެނޫންވެސް މަސައްކަތެއްގެ ގޮތުން ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފު ހިއްސާވާ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ އެނޫންވެސް ވިޔަފާރީގެ ބޭނުމަށް އުފައް ދައިފައިވާ ގާނޫނީ ށަހްސެއްގެ ހިއްސާދާރުންނާއި، މުވައްޒަފު ކުރާ އެނޫންވެސް މަސައްކަތަކާ ގުޅުންހުރި ފަރާތްތައް ހިމެނޭ ގޮތުންނެވެ.
"ވެލްބީންގ ލީވް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ވަޒީފާއާއި އަމިއްލަ ދިރިއުޅުން ހަމަހަމަކޮށް ބެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އަހަރަކު ކަނޑައެޅޭ ވަކި މުއްދަތަކަށް، މުސާރަ ލިބޭގޮތަށް ދެވޭ ހާއްސަ ޗުއްޓީއަށެވެ.
"ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ސިއްހީ މަރުކަޒުތަކާއި، ލެބޯޓަރީތަކާއި، ރާއްޖެއިން ބޭރުގައި ސިއްހީ ހިދުމަތް ދިނުމަށް އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި، އެ ފަދަ ތަނެއްގައި ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިގެން މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސިއްހީ ފަންނީ އެނޫންވެސް މުވައްޒަފުން ހިމެނޭ ގޮތުންނެވެ.
"ޓަރމިނަލް އިލްނަސް" ކަމަށް ބުނެފައި އެވަނީ، ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަގުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީގޮތެއްގައި ހޭނެތިދާނެ ފަދަ، ރަނގަޅުނުކުރެވޭ ފަދަ ބައްޔަކަށް ނުވަތަ ހާލަތަކަށެވެ.
"ކްރޮނިކް ކޮންޑިށަން" ކަމަށް ބުނެފައި އެވަނީ، ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ އަދި/ނުވަތަ ނަންރިވަރސިބްލް ޕެތޮލޮޖިކަލް އަލްޓަރޭށަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔަށެވެ.
"މެޑިކަލް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ މެޑިކަލް ސެޓުފިކެޓު ދޫކުރި ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓަށެވެ.
"އޮފީހަށް ނުކުތުން ވަގުތީގޮތުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، އޮފީހުގެ އެއްވެސް އިމާރާތަކަށް ވަނުން މަނާކުރުމަށާއި، އޮފީހުގެ މަސައްކަތްތަކުގައި ބޭނުންކުރާ ސިސްޓަމްތަކުން އެކްސެސް ކަނ ޑައިލުމަށާއި، އޮފީހުގެ މުވައްޒަފުންނާއެކު މުއާމަލާތުކުރުމަށް އެކުލަވައިލައިފައިވާ އެންމެހައި ވަސީލަތްތަކުން ޑިސްކަނެކްޓްކުރުން ހިމެނޭ ގޮތުންނެވެ.
"ބޭސް އިމްޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ބާވަތްތައް ރާއްޖޭގެ ބަނދަރަކަށް ގެނެސް،ކަނޑައަޅައިފައިވާ އިޖުރާތުތަކާ އެއްގޮތަށް އެ ބޭހެއް ރާއްޖޭގެ ބަނދަރަކަށް ބޭލުމަށެވެ.
"ނޭށަނަލް ޕުރޮގުރާމު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހިންގާ ހާއްސަ ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭ ބަލިތަކަށް ފަރުވާދޭ ޕުރޮގުރާމު (މިސާލު: ޓީބީ ޕުރޮގުރާމު، އެޗް އައި ވީ ޕުރޮގުރާމު) ތަކަށެވެ.
"ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމު" ކަމަށް ބުނެފައި އެވަނީ، ގައުމ ވެކްސިނޭށަން ޕުރޮގުރާމަށެވެ.
"ބޭސް ދޫކޮށް ވިއްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް" ގައި ބޭސް ދޫކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އިން ބޭސް ދޫކުރުމުގެ ހުއްދަ (ފާމަސިސްޓް ކާޑު) ދޫކޮށްފައިވާ ފަރާތްތަކަށެވެ.
"ހުއްދަ ބޭހުގެ ރަޖިސްޓަރީ" ނުވަތަ "އެޕްރޫވްޑް ޑްރަގް ލިސްޓު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް ހުއްދަ އޮންނަ ބޭސް ހިމެނޭ ލިސްޓަށެވެ.
އެޕްރޫވްޑް ޑްރަގް ލިސްޓު ނުވަތަ "ހުއްދަ ބޭހުގެ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް ހުއްދަ އޮންނަ ބޭސް ހިމެނޭ ލިސްޓަށެވެ.
"ބޭސް ޑެލިވަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭސް ސިޓީ އަށް ބޭސް ނެގުމަށްފަހު ބަލިމީހާ ހުރި ތަނަކަށް ގެންގޮސްދީ، ބޭސް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު ބަލިމީހާއާ ބޭސް ހަވާލުކުރުމަށެވެ.