-

ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 28/2021)

 

1 ވަނަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 29/2015 (ސިިއްހީީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ ދަށުން ސިިއްހީީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދިނުމާއި، ސިިއްހީީ ހިދުމަތް ދޭ ތަންތަން ހިންގުމާއި، ފެންވަރު ދެމެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސިިއްހީީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު" އެވެ.


2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ސިިއްހީީ ހިދުމަތް ދޭ ތަންތަން ގިންތިކުރުމާއި، ސިިއްހީީ ހިދުމަތް ދޭ ތަންތަނުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން؛

(ށ) ސިިއްހީީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައެޅުން؛

(ނ) ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން، ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ އުސޫލުތައް ކަނޑައެޅުން؛

(ރ) ސިިއްހީީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ސިިއްހީީ ހިދުމަތް ދޭ ތަންތަނުން ގާއިމުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން؛

(ބ)  ގާނޫނުގެ ދަށުން ސިިއްހީީ ހިދުމަތް ދޭ ތަންތަނުގައި ހުރުން ލާޒިމްކުރާ ކަންތައްތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

 

4 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

ސިިއްހީީ ހިދުމަތް ކަމުގައި މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ކޮންމެ ތަނެއްގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

 

2 ވަނަ ބާބު

ސިިއްހީީ ހިދުމަތް ދޭ ތަންތަން ގިންތި ކުރުން

5 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް

(ހ) މި ގަވާއިދުގެ ބޭނުމަށް ސިިއްހީީ ހިދުމަތުގެ ގޮތުގައި ބަލާނީ، ބަލިތަކުން ރައްކައުތެރިވުމަށާއި، ބަލިތަކަށް ފަރުވާދިނުމަށް ފޯރުކޮށްދޭ އެންމެހައި ހިދުމަތެވެ.

(ށ) ރަޖިސްޓަރީކޮށްގެން ލައިސަންސް ހޯދަންޖެހޭ ސިިއްހީީ ހިދުމަތްތައް، ކޮންމެ އަހަރަކު އެއްފަހަރު އާންމުކޮށް އިއުލާނު ކުރާން ވާނެއެވެ.

 

6 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ސަރުކާރުގެ ތަންތަން ގިންތިކުރުން

(ހ) ސިިއްހީީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން ސަރުކާރުން ހިންގާ ސިިއްހީީ ހިދުމަތް ދޭ ތަންތަން ގިންތިކޮށްފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، އެންމެ ކުޑަމިނުން، އަސާސީ ސިިއްހީީ ހިދުމަތް ކަމުގައިވާ "ހެލްތް ސެންޓަރ ގްރޭޑް 1" ގެ ފެންވަރުގެ ހިދުމަތް އެ ރަށެއްގައި ސަރުކާރުން ފޯރުކޮށްދޭން ވާނެއެވެ.

 

7 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ އަމިއްލަ ތަންތަން ގިންތި ކުރުން

ސިިއްހީީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ސިިއްހީީ ހިދުމަތް ދޭ ތަންތަން ގިންތި ކޮށްފައިވާ ގޮތާއި، އެ ގިންތިތަކުގައި ލިބެންޖެހޭ އަސާސީ ހިދުމަތްތައް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

ގިންތިކުރުމުގައި ބަލާނެ މިންގަނޑުތައް

(ހ) މި ގަވާއިދުގެ ދަށުން ގިންތިކޮށްފައިވާ ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ގިންތި، މަދުވެގެން 3 (ތިނެއް) އަހަރުން 1 (އެކެއް) އަހަރު މިނިސްޓްރީން މުރާޖައާ ކުރާން ވާނެއެވެ. މިގޮތުގެ މަތިން މުރާޖައާ ކުރުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރާން ވާނެއެވެ.

  1. އެ ތަނެއް ހުރި ރަށަކާއި، އެ ތަނަކުން ހިދުމަތް ފޯރުކޮށްދޭނެ އާބާދީގެ މިންވަރު؛
  2. ސިިއްހީީ ހިދުމަތުގެ ގައުމީ ނިޒާމުގައި އެ ތަނަކުން އަދާކުރާނެ ދައުރު؛
  3. އެ ތަނަކުން ފޯރުކޮށްދޭ ހިދުމަތުގެ ބާވަތާއި ފެންވަރު؛
  4. ހިދުމަތް ހޯދާ މީހުންނަށް އެ ތަނަކުން ހިދުމަތް ހޯދެން ހުރި ފަސޭހަކަން؛
  5. ސިިއްހީީ ހިދުމަތުގެ ގައުމީ ނިޒާމުގައި އެ ފެންވަރުގެ ތަނެއް ހުރުމުގެ މުހިންމުކަން؛
  6. އެ ތަނަކުން ލިބޭ މަންފާ؛

(ށ) ގިންތިކޮށްފައިވާ ގޮތަށް ބަލައި، ސިިއްހީީ ހިދުމަތް ދޭ ތަނަކުން ދޭންޖެހޭ ހިދުމަތެއް އެ ތަނަކުން ނުދޭތާ 1 (އެކެއް) އަހަރުދުވަސް ވެއްޖެނަމަ، މިނިސްޓްރީން އެ ތަނެއްގެ ގިންތި މުރާޖައާ ކުރުމަށްފަހު ބަދަލު ގެންނާންވާނެއެވެ.

(ނ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ހުރި ގިންތިއަށްވުރެ މަތީ ގިންތިއަކަށް ބަދަލު ކުރެވޭނީ، މަތީ ގިންތީގައި ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އަސާސީ ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސައި، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އެ ހިދުމަތްތައް ދެވޭނެ ނަމައެވެ.

(ރ) ސިިއްހީީ ހިދުމަތް ދޭ ސަރުކާރުގެ ތަންތަނުން ގިންތި ބަދަލު ކުރުމުގައި ބަލަންޖެހޭ މިންގަނޑުގެ ތަފުސީލު، ކޮންމެ އަހަރެއްގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މިނިސްޓްރީން އާންމު ކުރާންވާނެއެވެ.

 

9 ވަނަ މާއްދާ - ރިޒޯޓާއި ސިިނާއީީ ރަށްރަށުގައި ސިިއްހީީ ހިދުމަތް ދިނުން

(ހ) ގާނޫނު ނަންބަރު 29/2015 (ސިިއްހީީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ރިޒޯޓުތަކާއި ސިިނާއީީ މަސައްކަތްކުރާ ތަންތަނުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެންމެ ކުޑަމިނުން، މި ގަވާއިދުގެ ޖަދުވަލު 2 ގެ "ޖެނެރަލް ކްލިނިކް" ފެންވަރުގެ ސިިއްހީީ ހިދުމަތް ލިބެން ހުންނާންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ސިިނާއީީ މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި އިގުްތިސިާދީ ހަރަކާތްތައް ހިންގުމަށް ޓަކައި އެ ތަނެއްގައި މީހުން މަސައްކަތްކުރާ ހުރިހާ  ރަށަކާއި، މަސައްކަތް ހިންގުމަށް ތައްޔާރުކުރަމުންދާ ހުރިހައި ރަށެއް ހިމެނެއެވެ. 

 

3 ވަނަ ބާބު

ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރާ ގުޅޭ މިންގަނޑުތައް

10 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ އިމާރާތް ހުންނާންވާނެ ގޮތް

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ހިންގަނީ މީހުން ދިރިއުޅޭ އިމާރާތެއްގައި ނަމަ، އެ ތަން ހުންނާންވާނީ، މީހުން ދިރިއުޅޭ ބަޔާ ވަކިންނެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި، މި ގަވާއިދުގެ ދަށުން އެ ތަނަކަށް ހުއްދަ ދޫކޮށްފައިވާ ސިިއްހީީ ހިދުމަތް ދިނުން ނޫން އެހެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

(ނ) ސިިއްހީީ ހިދުމަތް ދޭ ތަން ހުންނާންވާނީ، ހިދުމަތް ހޯދަން އަންނަ މީހުންނަށާއި، ހާާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށެވެ.

(ރ) މި ގަވާއިދުގެ ދަށުން އިމަޖެންސީ ސިިއްހީީ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ސިިއްހީީ ހިދުމަތް ދޭ ތަނަށް އިމަޖެންސީ ހާލަތުގައި ވަދެ ނުކުމެވޭ ގޮތަށް، ދޮރުމަތި ހުސްކޮށް ބާއްވާންވާނެއެވެ.

(ބ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި ހިދުމަތް ދޭ ބައިތައް ފަސޭހައިން އެނގޭނެ ފަދައިން އެ ތަނެއްގެ ސައިޓް ޕްލޭނާއި، ފްލޯ ޕްލޭން، އާންމުކޮށް ފެންނަން ހުންނާންވާނެއެވެ.

(ޅ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި އެކަށީގެންވާ މިންވަރަކަށް އަލިކަން ހުންނާންވާނެއެވެ. އަދި ތަން ހުންނާންވާނީ، ވައި ދައުރުވާ ގޮތަށެވެ.

(ކ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި އެ ތަނަކުން ހިދުމަތް ހޯދާ މީހުންގެ އަދަދާ އެކަށީގެންވާ ވަރަށް ފާހާާނާ ހުންނާންވާނެއެވެ. ފާހާާނާ ހުންނާންވާނީ، ބަލިމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހާާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.

(އ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި، އެ ތަނަކުން ހިދުމަތް ހޯދާ މީހުން އިށީނުމަށް އެކަށީގެންވާ ވަރަށް ގޮނޑި ހުންނާންވާނެއެވެ.

(ވ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި، އިމަޖެންސީ ހާލަތްތަކުގައި ހިދުމަތް ހޯދަން އަންނަ މީހުން ބޭނުންކުރުމަށް، އާންމު މުއާސަލާތީ ނިޒާމެއް ގާއިމް ކޮށްފައި ހުންނާންވާނެއެވެ.

(މ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ހާާއްސަ ހިދުމަތްތައް ދެނީ ގްރައުންޑް ފްލޯރގައި ކަމަށް ނުވާނަމަ، އެ ތަނެއްގައި ލިފްޓު ހުންނާންވާނެއެވެ.

(ފ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ އިމާރާތަށް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ގެންނާންވާނީ، އެކަން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ.

 

11 ވަނަ މާއްދާ - ސާފުތާހިރުކޮށް ބެލެހެއްޓުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ އިމާރާތާއި ގޯތިތެރެ ސާފުތާހިރުކޮށް ބަލަހައްޓާންވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި، އެ ތަނަކުން ހިދުމަތް ލިބިގަންނަން މީހުން ތިބޭ ހުރިހާ ހިސާބެއްގައި "ހޭންޑް ޑިސްއިންފެކްޓް" ކުރެވޭނެ އިންތިޒާމް ހުންނާންވާނެއެވެ.

(ނ) ސިިއްހީީ ހިދުމަތް ދިނުމާ ގުޅިގެން އުފެދޭ ކުނި ނައްތައިލުމުގެ ނިޒާމެއް މިނިސްޓްރީން ކަނޑައަޅައި، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ  ގައިޑްލައިނާ އެއްގޮތަށް، ސިިއްހީީ ހިދުމަތް ދޭ ކޮންމެ ތަނެއްގައި ގާއިމްކޮށްފައި ހުންނާންވާނެއެވެ.

 

12 ވަނަ މާއްދާ - ރައްކައުތެރިކަމުގެ މިންގަނޑު

ސިިއްހީީ ހިދުމަތް ދޭ ކޮންމެ ތަނެއްގައި، އެ ތަނަކުން ހިދުމަތް ލިބިގަންނަ މީހުންނާއި، ތަނުގައި މަސައްކަތްކުރާ މީހުންނާއި ތަކެތީގެ ރައްކައުތެރިކަން ދެމެހެއްޓުމުގެ ގޮތުން މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ ހިލާފުނުވާނޭހެން، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ގާއިމުކޮށްފައި ހުންނާންވާނެއެވެ.

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި އާންމުކޮށް ބޭނުންކުރާ ވަސީލަތްތަކުންނާއި، އާލާތްތަކުންނާއި، އެ ތަނެއްގެ މާހައުލުން ދިމާވެދާނެ ހާދިސާތަކުން ރައްކައުތެރިވާނެ ނިޒާމެއް؛

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ މުވައްޒަފުންނާއި، ބަލިމީހުންނާއި، ޒިޔާރަތް ކުރަން އަންނަ މީހުންނާއި، ސިިއްހީީ ހިދުމަތް ދޭ ތަން ހިންގާ އިމާރާތް ރައްކައުތެރި ކުރުމަށް ސެކިއުރިޓީ ސިސްޓަމެއް؛

(ނ) އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމުގެ ނިޒާމެއް؛

(ރ) ނުރައްކައުތެރި ހާދިސާތަކާއި، ގުުދުރަތީ ކާރިސާތަކުގައި އަމަލުކުރާނެ ކޮންޓިންޖެންސީ ޕްލޭނެއް؛

(ބ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ އިންފެކްށަން ކޮންޓްރޯލް ކުރުމާ ގުޅޭ އުސޫލު؛

(ޅ) ގައިންގަޔަށް އަރާ ބަލިތަކުން ރައްކައުތެރިވުމުގެ އުސޫލު؛ 

 

13 ވަނަ މާއްދާ - ރިސެޕްށަން ނުވަތަ ވެއިޓިންގ އޭރިޔާ

ސިިއްހީީ ހިދުމަތް ދޭ ތަނުގައި، ބަލިމީހުންނާއި އެހީތެރިން މަޑުކުރާނެ ސަރަހައްދެއް ނުވަތަ ވެއިޓިންގ އޭރިޔާއެއް ހުންނާންވާނެއެވެ. މި ސަރަހައްދު ވާންވާނީ، ބަލިމީހުންނަށް ފަސޭހައިން ވާސިލުވެވޭ ހިސާބުގައި ނުވަތަ ބޭނުންކުރެވޭ ހިސާބުގައި ހުންނަ، ހިދުމަތް ލިބިގަންނަން އަންނަ ބަލިމީހުންނާއި އެހީތެރިންގެ އަދަދާ އެކަށީގެންވާ ތަނަކަށެވެ. މި ސަރަހައްދުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ވަސީލަތްތައް ހުންނާންވާނެއެވެ.

(ހ) ތަނަށް ވަންނަ މީހުންނަށް ފަސޭހައިން ފެންނަގޮތަށް ރިސެޕްށަން ކައުންޓަރެއް؛

(ށ) ތަނުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ރައްކައުތެރި ސާފު ބޯފެން ލިބެން ހުރުން؛

(ނ) ފުރޮޅުލީ ގޮނޑީގައި އަންނަ ފަރާތްތައް މަޑުކުރެވޭނެ ހުސް ޖާގައެއް ހުރުން.

(ރ) އާންމު ސިިއްހަތު ރައްކައުތެރިކުރުމަށް ބޭނުންވާނެ ހޭލުންތެރި ކުރުމުގެ މައުލޫމާތު.

 

14 ވަނަ މާއްދާ - ބަލިމީހުން ބަލާ ކޮޓަރި

(ހ) ސިިއްހީީ ހިދުމަތްދޭ ތަނުގައި އެ ވަގުތެއްގައި އޯޕީޑީ ކޮންސަލްޓޭށަނުގައި ތިބި ޑޮކްޓަރުންގެ އަދަދަށް، އެ ތަނުގައި ބަލިމީހުން ބަލާ ކޮޓަރި ހުންނާންވާނެއެވެ.

(ށ) ބަލިމީހުން ބަލާ ކޮޓަރީގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ފުރިހަމަ ކޮށްފައި ހުންނާންވާނެއެވެ.

  1. އަތްދޮވެވޭނެ ނުވަތަ ޑިސްއިންފެކްޓް ކުރެވޭނެ ނިޒާމެއް ހަމަޖެހިފައި ހުރުން؛
  2. ބަލިމީހާއާއި ޑޮކްޓަރާ ދެކެވޭ ވާހަކަ، ބޭރުގައި ތިބޭ މީހުންނަށް ނީވޭނެ ގޮތަށް އަދި ބަލިމީހާއަށް ޕްރައިވެސީ ލިބޭނެ ގޮތަށް ފަރުމާކޮށްފައި ހުރުން؛
  3. ކޮންސަލްޓޭށަން ފުރިހަމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްފައި ހުރުން؛
  4. އެގްޒަމިނޭށަން ކައުޗެއް ހުރުން؛
  5. ބިދޭސީ ޑޮކްޓަރެއް ނަމަ، ތަރުޖަމާކޮށްދޭނެ އެހީތެރިޔަކު ހުރުން.

 

15 ވަނަ މާއްދާ - އިންވޭސިވް ޕްރޮސީޖަރ ހަދާ ކޮޓަރި

އިންވޭސިވް ޕްރޮސީޖަރ ހަދާ ކޮޓަރީގައި، ބަލިމީހުން ބަލާ ކޮޓަރީގެ މިންގަނޑު ކަމުގައި މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އިތުރުން، އަންނަނިވި ކަންކަން ފުރިހަމަވެފައި ހުންނާންވާނެއެވެ.

(ހ) ތަނުން ދޭ ހިދުމަތާ އެކަށީގެންވާ ގޮތަށް އަދި އެ ހިދުމަތަކާ ގުޅޭ ގޮތުން މިނިސްޓްރީން އެކުލަވައިލައި އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަސީލަތްތައް ހުރުން.

(ށ) އިންވޭސިވް ޕްރޮސީޖަރ ހަދާ ތަންތަނުގައި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް އޮޓޯކްލޭވް ނުވަތަ ސްޓެރެލައިޒް ކުރެވޭނެގޮތް ހަމަޖެހިފައި ހުރުން.

(ނ) ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ މީހުންނަށް ރައްކައުތެރި މާހައުލެއް ކަމުގައި ވުން؛

 

16 ވަނަ މާއްދާ - ލެބޯޓަރީ، އެކްސްރޭ އަދި އެހެނިހެން ތަހުލީލުތައް ކުރާ ކޮޓަރި

ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ލެބޯޓަރީ ތަހުލީލުތަކާއި އެކްސްރޭއާއި  އެހެނިހެން ތަހުލީލުތައް ކުރެވޭ ތަންތަނުގައި މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ފުރިހަމަވެފައި ހުންނާންވާނެއެވެ.

 

ލެބޯޓަރީ:

(ހ) ލެބޯޓަރީއާއި، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ މީހުންނަށް ރައްކައުތެރި މާހައުލެއް ކަމުގައި ވުން؛

(ށ) ރިއެޖެންޓް ފަދަ ތަކެތި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން؛

(ނ) ތަހުލީލުގެ ބޭނުމަށް ނުވަތަ އެހެން ގޮތަކަށް ވެސް ނަގާ އެންމެހައި ސާމްޕަލްތައް ލޭބަލްކޮށް، ރައްކައުކޮށް، ތަހުލީލުކޮށް އަދި މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑަށް ނައްތައިލެވޭނެ ރައްކައުތެރި ނިޒާމެއް ގާއިމުކޮށްފައި ހުރުން؛

(ރ) ސިިއްހީީ ހިދުމަތް ދޭ ތަނުން ބޭރަށް ސާމްޕަލް ތަހުލީލުކުރަން ފޮނުވާނަމަ، ރައްކައުތެރިކަމާއެކު ސާމްޕަލް ގެންދެވޭނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން؛

(ބ) ހިދުމަތް ލިބޭ ފަރާތަށް ރިޕޯޓް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.

 

 ރޭޑިއޮލޮޖީ:

(ޅ) ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުންނަށް ރައްކައުތެރި މާހައުލެއް ކަމުގައި ވުން؛

(ކ) ފިލްމާއި ރިއެޖެންޓް ފަދަ ތަކެތި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން؛

(އ) އިތުރަށް ތަހުލީލު ކުރުމުގެ ބޭނުމަށް ނުވަތަ އެހެން ގޮތަކަށް ވެސް ނެގޭ އެންމެހައި އެކްސްރޭތައް ލޭބަލްކޮށް، ރައްކައުކޮށް، ތަހުލީލުކޮށް ބަލަހައްޓާނެ ނިޒާމެއް ގާއިމުކޮށްފައި ހުރުން؛

(ވ) ހިދުމަތް ލިބޭ ފަރާތަށް ރިޕޯޓް ދޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.

(މ) ސިިއްހީީ ހިދުމަތް ދޭ ތަނަކުން ކުރާ ކޮންމެ ތަހުލީލެއްވެސް ކުރަންވާނީ އެ ތަހުލީލުތަކެއް ކުރުމާ ގުޅޭ ގޮތުން މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށެވެ. 

 

އެހެނިހެން ތަހުލީލުތައް

17 ވަނަ މާއްދާ - އެނދުމަތިކޮށްގެން ހިދުމަތް ދިނުން

އެނދުމަތިކޮށްގެން ސިިއްހީީ ހިދުމަތް ދޭ ތަންތަނުގައި، މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ފުރިހަމަވެފައި ހުންނާންވާނެއެވެ. 

(ހ) އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް ޕްރައިވެސީ ލިބޭގޮތަށް ބަލިމީހުން ބަލައި ފަރުވާ ދޭނެ ނިޒާމެއް ގާއިމްކޮށްފައި ހުންނާންވާނެއެވެ.

(ށ) އެނދުމަތިކޮށްފައިވާ ކޮންމެ 10 (ދިހައެއް) މީހަކު ބޭނުންކުރުމަށް 1 (އެކެއް) ފާހާާނާ ހުންނާންވާނެއެވެ.

(ނ) ތަނުގައި އުފެދޭ ކުނިބުނި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ނައްތައިލެވޭނެ ރައްކައުތެރި ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައި ހުންނާންވާނެއެވެ.

(ރ) ވޯޑުގައި ތިބޭ ބަލިމީހުންނަށް ހިދުމަތް ކުރުމަށް ޓަކައި  ހުރިހައި ވަގުތެއްގައިވެސް ޑިއުޓީގައި ނަރުހުން ތިބެންވާނެއެވެ.

(ބ) ވޯޑުގައި ތިބޭ ބަލިމީހުންގެ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ޒިންމާވާނެ ސިިއްހީީ ހިދުމަތްތެރިއަކު ހުރިހައި ވަގުތެއްގައިވެސް ޑިއުޓީގައި ހުންނާންވާނެއެވެ.

 

18 ވަނަ މާއްދާ - ސްޓެރެލައިޒޭށަނާއި  ޑިސްއިންފެކްށަން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ ސަރޖިކަލް އިންސްޓްރުމެންޓްސް ޑިސްއިންފެކްޓްކޮށް ސްޓްރެލައިޒް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައި ހުންނާންވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ފޯރުކޮށްދިނުމުގެ ކުރިން، އެ ހިދުމަތަކާ ގުޅޭ އެންމެހައި އާލާތްތަކާއި މެޑިކަލް އިކުއިޕްމަންޓްސް ސްޓެރެލައިޒް ނުވަތަ ޑިސްއިންފެކްޓް ކުރާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ޑިސްއިންފެކްޓް ކުރުމާއި ސްޓްރެލައިޒޭށަނާ ގުޅޭ އުސޫލެއް، ސިިއްހީީ ހިދުމަތްދޭ ކޮންމެ ތަނެއްގައި އެކުލަވައިލައިފައި އޮންނާންވާނެއެވެ.

 

19 ވަނަ މާއްދާ - ބޭސް ލިބެން ހުރުން

(ހ) ގަވާއިދު ނަންބަރު 2014/R-46 (ބޭހާބެހޭ ގަވާއިދު) ގެ ދަށުން ކަނޑައަޅައިފައިވާ ބޭހުގެ އަސާސީ ލިސްޓުގައި، ސިިއްހީީ ހިދުމަތް ދޭ ތަންތަނުން ލިބެން ހުންނާން ޖެހޭނެކަމަށް ކަނޑައަޅައިފައިވާ ބޭސްތައް، ސިިއްހީީ ހިދުމަތްދޭ ތަނުން އަބަދުވެސް ލިބެން ހުންނާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި ދާއިރާއަކަށް ހާާއްސަކޮށްގެން ހިންގާ ސިިއްހީީ ހިދުމަތް ދޭ ތަންތަނުގައި ހުރުން ލާޒިމުވާނީ، އަސާސީ ބޭހުގެ ލިސްޓުގައި އެ ދާއިރާއަކަށް ހާާއްސަ އަސާސީ ބޭހެވެ.

(ނ) ސިިއްހީީ ހިދުމަތް ދޭ އެއްވެސް ތަނަކުން ބޭސް އުފައްދައި، ބޭސް އެތެރެކޮށް، ބޭސް ލިޔެދީ، ބޭސް ދޫކޮށް، ބޭސް ވިއްކައި، ބޭސް ރައްކައުކޮށް، ބޭސް ނައްތައިލަންވާނީ، ގަވާއިދު ނަންބަރު 46/2014 (ބޭހާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ.

 

20 ވަނަ މާއްދާ - މެޑިކަލް ރިކޯޑު ބެލެހެއްޓުން

ސިިއްހީީ ހިދުމަތް ދޭ ތަނުގައި، ހިދުމަތް ލިބިގަންނަ ފަރާތްތަކާބެހޭ މައުލޫމާތު، ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 1070/2019 (މެޑިކަލް ރިކޯޑާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިން ބަލަހައްޓާނެ ނިޒާމެއް ގާއިމްކޮށްފައި އޮންނާންވާނެއެވެ.

 

21 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަނުން ދޭ ހިދުމަތާ ގުޅޭ މައުލޫމާތު، ހިދުމަތް ހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުން

 ސިިއްހީީ ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ހިދުމަތް ލިބިގަންނަ ފަރާތަށް ފެންނާނޭ ގޮތަށް، ހިދުމަތް ދޭ ތަނުގައި ބަހައްޓާންވާނެއެވެ.

(ހ) ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ އަގު؛

(ށ) އެ ތަނަކުން ލިބެންހުރި ހިދުމަތްތަކުގެ ބާވަތްތަކާއި، އެ ވަގުތަކު ލިބެންހުރި ހިދުމަތްތައް؛

(ނ) ހިދުމަތް ދިނުން އިންތިޒާމުކޮށްފައިވާ ގޮތް؛

(ރ) ހިދުމަތް ދެވޭނެ ގަޑިތައް؛

(ބ) ހިދުމަތް ލިބިގަތުމަށް އަމަލުކުރަންޖެހޭ ގޮތް؛

(ޅ) މައްސަލައެއް ދިމާވެއްޖެނަމަ ށަކުވާ ހުށަހަޅާނެ ގޮތް؛

(ކ) އެ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް ބޭނުންވެދާނެ އެނޫންވެސް މައުލޫމާތު.

 

22 ވަނަ މާއްދާސިިއްހީީ ހިދުމަތް ދޭ ތަނުން ދޭ ހިދުމަތާ ގުޅޭ މައުލޫމާތު މިނިސްޓްރީއަށް ފޯރުކޮށްދިނުން

ސިިއްހީީ ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކާ ގުޅޭ މައުލޫމާތު،  މިނިސްޓްރީން ކަނޑައަޅާ މިންގަނޑާއި މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.  

 

23 ވަނަ މާއްދާ - ގައިން ގަޔަށް އަރާ ބައްޔަކަށް ފަރުވާދީފިނަމަ ރިޕޯޓުކުރުން

ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކަށް ސިިއްހީީ ހިދުމަތް ދޭ ތަނަކުން ފަރުވާ ދީފިނަމަ، ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މީހަކާބެހޭ މައުލޫމާތު، ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ "ކޮމިއުނިކަބަލް ޑިޒީޒް ރިޕޯޓިންގ ފޮރ ހެލްތުކެއަރ ޕްރޮފެށަނަލްސް" ގައިވާ ގޮތުގެ މަތިން، މާލޭގައި ނަމަ، ހެލްތް ޕްރޮޓެކްށަން އޭޖެންސީއަށް، އަތޮޅުތެރޭގައި ނަމަ، އެ އަތޮޅެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް އަންގާންވާނެއެވެ.

 

24 ވަނަ މާއްދާ - ހެލްތް ޓެކްނޮލޮޖީ

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި ބޭނުންކުރާ މެޑިކަލް އިކުއިޕްމެންޓް ވާންވާނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ތަކެއްޗަށެވެ.

(ށ) މެޑިކަލް އިކްއިޕްމެންޓް ބޭނުންކޮށް ބަލަހައްޓާ މުވައްޒަފުންނަކީ އެކަމަށް އެކަށޭނަ ތައުލީމާއި ތަޖުރިބާ ހުރި ބަޔަކަށް ވާންވާނެއެވެ.

(ނ) އިކުއިޕްމެންޓް އުފެއްދި ކުންފުނިން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް މެޑިކަލް އިކުއިޕްމަންޓް ބަލަހައްޓާނެ ނިޒާމެއް، ސިިއްހީީ ހިދުމަތް ދޭ ތަނުގައި ގާއިމްކޮށްފައި ހުންނާންވާނެއެވެ.

 

25 ވަނަ މާއްދާ - ލޯންޑްރީ

ސިިއްހީީ ހިދުމަތް ދޭ ތަނުގައި ބޭނުންކުރާ ބެޑްށީީޓާއި ބާލީހު އުރައާއި ދޮރުފޮއްޗާއި ސިިއްހީީ ހިދުމަތް ދިނުމުގައި ބޭނުންކުރާ އެހެނިހެން ފޮތި ފަދަ ތަކެތި، އެ ތަނަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ދޮންނާނެ އިންތިޒާމް ގާއިމްކޮށްފައި ހުންނާންވާނެއެވެ.

 

26 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމް

ސިިއްހީީ ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ ސިިއްހީީ ހިދުމަތުގެ ފެންވަރު ބެލުމާއި މޮނިޓަރ ކުރުމަށް، ސިިއްހީީ ހިދުމަތް ދޭ ތަނުގައި ކޮމިޓީއެއް އެކުލަވައިލައިފައި އޮންނާންވާނެއެވެ. 

 

27 ވަނަ މާއްދާ - ތަނުގައި މަސައްކަތްކުރާ މީހުންގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމު

ސިިއްހީީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ފެންވަރު މަތިކޮށް ހިފެހެއްޓޭނެ  ނިޒާމެއް، ސިިއްހީީ ހިދުމަތް ދޭ ތަނުގައި ގާއިމްކުރާންވާނެއެވެ.

 

28 ވަނަ މާއްދާ - ތަން ހިންގުމާ ހަވާލުވެ ހުންނަ ފަރާތް

(ހ) ސިިއްހީީ ހިދުމަތް ދޭ ތަން ހިންގުމާ ހަވާލުވެ ހުންނާންވާނީ،  ސިިއްހީީ ހިދުމަތްތެރިއެއް، ނުވަތަ މެނޭޖުމަންޓުގެ ދާއިރާއަކުން ތައުލީމު ހާސިލުކޮށްފައިވާ މީހެއް، ނުވަތަ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ، ތަން ހިންގުމުގައި ޒިންމާ އުފުލޭނެ ނުވަތަ ލަފާދެވޭނެ ފެންވަރުގެ މީހެކެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަން ހިންގުމާ ހަވާލުވެ ހުންނަ ފަރާތް ބަދަލުވެއްޖެނަމަ، އެ ފަރާތެއް ބަދަލުވާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެކަން ލިޔުމަކުން މިނިސްޓްރީއަށް އަންގާންވާނެއެވެ.

 

29 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަންތަން ހުންނާންޖެހޭ ތަފުސީލީ މިންގަނޑު ކަނޑައެޅުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އާންމު މިންގަނޑުތައް އިތުރަށް ތަފުސީކޮށް، ސިިއްހީީ ހިދުމަތް ދޭ ކޮންމެ ގިންތިއެއްގައި ހުންނާންވާނެ ތަފުސީލީ މިންގަނޑުތައް މިނިސްޓްރީން އެކުލަވައިލައި އާންމު ކުރާން ވާނެއެވެ. މިގޮތުން އަންނަނިވި ކަންކަމާ ބެހޭގޮތުން މިނިސްޓްރީން މިންގަނޑުތައް އެކުލަވައިލާންވާނެއެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނުގެ އިންފްރާސްޓްރަކްޗަރއާ ގުޅޭ މިންގަނޑު؛
  2. ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ފަންނީ މަސައްކަތްތެރީންގެ ފެންވަރު ކަށަވަރުކުރުމުގެ މިންގަނޑު؛
  3. ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިދުމަތްތަކާ ގުޅޭ އެކިއެކި އިޖުރާއަތުތައް؛ މީގެ ތެރޭގައި އެނދުމަތިކުރުމާއި، ޑިސްޗާޖު ކުރުމުގެ އިޖުރާއަތުތައް ހިމެނެއެވެ.
  4. އިންފެކްށަން ކޮންޓްރޯލް ކުރުމުގެ މިންގަނޑު؛
  5. ވޭސްޓް މެނޭޖްމަންޓުގެ މިންގަނޑު؛
  6. ލެބޯޓަރީގެ މިންގަނޑު؛
  7. އެކްސްރޭއާއި ރޭޑިއޭށަން ބޭނުންކޮށްގެން ފަރުވާ ދިނުމުގެ މިންގަނޑު؛
  8. ކްލިނިކަލް ގައިޑްލައިންސް؛
  9. ސިިއްހީީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަންނީ މަސައްކަތްތެރީންގެ ސުލޫކީ މައްސަލަ ބަލާނެ މިންގަނޑު؛
  10. މިނިސްޓްރީން ކަނޑައަޅާ އެހެނިހެން މިންގަނޑުތައް.

(ށ) މި މާއްދާގެ ދަށުން އެކުލަވައިލާ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި އާންމު ކުރާންވާނެއެވެ. އަދި މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރުން 1 (އެކެއް) ފަހަރު މުރާޖައާ ކުރާންވާނެއެވެ.

 

30 ވަނަ މާއްދާ - މިންގަނޑުތަކަށް އަމަލުކުރުން ލާޒިމުކުރުން

ސިިއްހީީ ހިދުމަތް ދޭ ކޮންމެ ތަނެއްވެސް ހުންނާންވާނީ، އެ ގިންތިއަކަށް މިނިސްޓްރީން އެކުލަވައިލައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  އަދި މިނިސްޓްރީން ކަނޑައަޅާ އާންމު މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

4 ވަނަ ބާބު

ސިިއްހީީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކޮށްދިނުމާއި، ލައިސަންސް ދިނުން

 

31 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން

(ހ) ސިިއްހީ ހިދުމަތް ދޭ ތަން ރަޖިސްޓަރީ ކޮށްދެވޭނީ، ސިިއްހީީ ހިދުމަތް ދޭ ތަނުގެ ވެރިފަރާތަށެވެ. ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ، ތަނުގެ ވެރިފަރާތުންނެވެ. ނަމަވެސް ވެރިފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އެހެން ފަރާތަކަށް އެ ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ ހިންގުން ހަވާލު ކުރެވިދާނެއެވެ. އެފަދަ ހާލަތުގައި ހިންގުމުގެ ލައިސަންސް ދޫކުރާނީ، ތަން ހިންގާ ފަރާތަށެވެ. ސިިއްހީީ ހިދުމަތްދޭ ތަން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ، "ސިިއްހީީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ލައިސަންސަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށެވެ.

(ށ) ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުގައި އިލެކްޓްރޯނިކް ޒަރީއާއަކުން ހުށަހަޅާ ހުށަހެޅުންތައް ވެސް ބަލައިގަނެވޭނެއެވެ. އެހެންނަމަވެސް، ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް މިނިސްޓްރީން އަންގައިފިނަމަ، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ މުއްދަތުގެ ތެރޭގައި މިނިސްޓްރީން އަންގާ ލިޔެކިޔުންތައް ހުށަނޭޅިއްޖެނަމަ، ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅި ފޯމު ބާތިލުވާނެއެވެ.

 

32 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަށް އެދޭއިރު ހުށަހަޅާންޖެހޭ ތަކެތި

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާއިރު، ރަޖިސްޓްރޭށަން ފޯމާއެކު، ތިރީގައިވާ ތަކެތި ހުށަހަޅާން ވާނެއެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ފްލޯރ ޕްލޭން؛
  2. ސިިއްހީީ ހިދުމަތް ދޭ ތަން ހިންގުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  3. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ހިންގާ ތަނެއް ނަމަ، ވިޔަފާރި ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ؛
  4. ކުންފުންޏަކުން ހިންގާ ތަނެއް ނަމަ، ކުންފުނީގެ ރަޖިސްޓްރޭށަން ސެޓުފިކެޓާއި، ޑިރެކްޓަރުންގެ ބޯޑުގެ މައުލޫމާތާއި، ކުންފުނީގެ ބޯޑުގެ ނިންމުން؛
  5. ޖަމްއީިއްޔާއަކުން ހިންގާ ތަނެއް ނަމަ، ކަމާބެހޭ ގާނޫނުގެ ދަށުން ވިޔަފާރިކުރުމަށް ރަޖިސްޓަރީ ކޮށްފައިވާކަމުގެ ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ؛
  6. ޓޫރިސްޓް ރިޒޯޓެއްގައި ހިންގާ ތަނެއް ނަމަ، ރިޒޯޓް ހިންގުމުގެ ރަޖިސްޓަރީގެ ކޮޕީ؛
  7. ސިިނާއީީ މަސައްކަތްކުރާ ތަނެއްގައި ހިންގާ ތަނެއް ނަމަ، އެ ސިިނާއީީ ތަނެއްގެ ވެރިފަރާތުގެ ސިޓީ؛
  8. ފޮރިން އިންވެސްޓްމެންޓަކުން ހިންގާ ތަނެއް ނަމަ، ފޮރިން އިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީ؛
  9. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ނަން، ވިޔަފާރިއާބެހޭ ކަންކަން ބަލަހައްޓާ ކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކުރިކަމުގެ ލިޔުން؛
  10. ތަން ހިންގާ އިމާރާތުގެ ވެރިފަރާތަކީ ސިިއްހީީ ހިދުމަތް ފޯރުކޮށްދޭ ތަނުގެ ވެރިފަރާތް ނޫން އެހެން ފަރާތެއް ނަމަ، އެ އިމާރާތުގައި ތަން ހިންގުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  11. ތަނުން ދޭ ހިދުމަތްތަކާއި، ހިދުމަތް ދެވޭނެ ފެންވަރާއި، ހިދުމަތް ދޭނެ ގަޑިތަކާއި، ހިދުމަތް ލިބިގަނެވޭނެ ފަރާތްތަކާއި، ތަނުގައި މަސައްކަތް ކުރާ ފަންނުވެރިންގެ ތަފުސީލާއި، ތަނުން ދޭ ހިދުމަތަށް ނަގާނެ އަގުތައް ހިމެނޭ ގޮތުން އެކުލަވައިލައިފައިވާ، ތަން ހިންގާނެ ގޮތުގެ ޕްރޮޕޯޒަލް؛

(ށ) ރަޖިސްޓަރީ ކޮށްދިނުމަށް އެދި ފޯމު ހުށަހަޅާއިރު، ފޯމުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ލިޔެކިޔުމެއް މަދުވާނަމަ، ފޯމު ހުށަހެޅި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ކަންތައްތައް ރަނގަޅުކުރުމަށްފަހު ހުށަހެޅުމަށް، ތަން ރަޖިސްޓަރީ ކޮށްދިނުމަށް އެދުނު ފަރާތަށް ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ފުރުސަތުގެ މުއްދަތުގެ ތެރޭގައި އަމަލުކޮށްފައި ނުވާނަމަ، ރަޖިސްޓްރޭށަން ފޯމު ބާތިލުވާނެއެވެ.

 

33 ވަނަ މާއްދާ - ހޮސްޕިޓަލް ގިންތީގައި ހިމެނޭ ތަންތަން އިމާރާތް ކުރަން ފެށުމުގެ ކުރިން ހުއްދަ ހޯދުން

(ހ) ސިިއްހީީ ހިދުމަތް ދިނުމަށް އިމާރާތްކުރާ ހޮސްޕިޓަލް ފެންވަރުގެ ތަނެއް ނަމަ، އެ ތަނުގެ ކުރެހުން، އިމާރާތް ކުރުމުގެ ކަންކަން ބަލަހައްޓާ ވުޒާރާއަށް ހުށަހެޅުމުގެ ކުރިން، މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ހޯދައިފައިވާ އަދި އިމާރާތް ކުރުމުގެ ކަންކަން ބަލަހައްޓާ ވުޒާރާގެ ހުއްދަ ހޯދައިގެން ކުރެހުމާ އެއްގޮތަށް އިމާރާތްކުރާ ތަންތަނަށް ޕްރީ-ރަޖިސްޓްރޭށަން ސެޓުފިކެޓެއް ދިނުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ދޫކުރާ ޕްރީ-ރަޖިސްޓްރޭށަން ސެޓުފިކެޓުގައި، ސެޓުފިކެޓު ދޫކުރާ ބޭނުން ބަޔާންކުރާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޕްރީ-ރަޖިސްޓްރޭށަން ސެޓުފިކެޓު ދޫކުރާ ތަންތަން އިމާރާތްކޮށް ނިމުމުން، މި ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރަން ހުށަހަޅާންވާނެއެވެ.

 

34 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފީ

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތުގެ މަތިން ރަޖިސްޓްރޭށަން ފީއެއް ނެގޭނެއެވެ.

(ށ) މި މާއްދާގެ ދަށުން ދައްކާ ރަޖިސްޓްރޭށަން ފީއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

 

35 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްދިނުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކޮށްދިނުމުގެ ކުރިން، ތަނުގެ ފެންވަރާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، މިނިސްޓްރީން އެ ތަނެއް ބަލައި ފާސްކުރާންވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކުރުމަށް އެދި މި ގަވާއިދުގެ   31 ވަނަ މާއްދާގެ ދަށުން ފޯމު ހުށަހެޅި ތާރީހުން ފެށިގެން، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ތަނެއް ބަލައި ފާސްކުރުމުގެ މަރުހަލާ ފަށާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ބަލައި ފާސްކުރުމުގައި، އަންނަނިވި ކަންކަން ފުރިހަމަވޭތޯ ބަލާންވާނެއެވެ.

  1. ތަނުގެ އިމާރާތް ފަރުމާކޮށްފައިވަނީ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުން؛
  2. ތަން ހިންގާނެ ގޮތުގެ ޕްރޮޕޯޒަލުގައި ބަޔާން ކޮށްފައިވާ ހިދުމަތްތައް ދިނުމަށް އެކަށީގެންވާ ގޮތަށް ތަން ފަރުމާ ކޮށްފައި ހުރިތޯ ކަށަވަރު ކުރުން؛
  3. ސިިއްހީީ ހިދުމަތް ދޭ ތަންތަނާ ގުޅޭގޮތުން މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާއި، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅައިފައިވާ ތަން ހިމެނޭ ގިންތިއަށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭތޯ ބެލުން.

(ރ) ސިިއްހީީ ހިދުމަތް ދޭ ތަން ހުރީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ގޮތަށް ނޫންކަމަށް އިންސްޕެކްޓަރުންނަށް ފެންނަ ހާލަތުގައި، ތަނުގައި އިސްލާހު ކުރާންޖެހޭ ކަންތައްތައް ބަޔާންކޮށް ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތަށް 14 (ސާދަ) ދުވަހުގެ ތެރޭގައި އަންގާންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރުމަށްފަހު ހުށަހަޅައިފިނަމަ، މި މާއްދާގެ    (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަލުން އެ ތަން ބަލައި ފާސްކުރާންވާނެއެވެ. ބަލައި ފާސްކުރުމަށްފަހު، އިސްލާހުކުރަންވާ ކަމެއް ނެތްނަމަ، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ތަން ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

 

36 ވަނަ މާއްދާ - ރަޖިސްޓްރޭށަން ބާތިލުވުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކުން ފޯރުކޮށްދޭ ހިދުމަތަކާ ގުޅިގެން ޖިނާއީ ކުށެއް ހިންގިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އަދި އެ ކަމަކީ އެ ތަނުގެ ހިންގުމުގައި ހަރަކާތްތެރިވާ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެނގިގެން، ނުވަތަ އެ ފަރާތެއްގެ  ނުވަތަ ފަރާތްތަކުގެ އިހުމާލެއް އޮތުމުގެ ސަބަބުން ނޭނގި ހިނގިކަމެއް ކަމުގައި ވިޔަސް، އެ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ނަމަވެސް އެ ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ ހިންގުމުގެ ލައިސަންސް ދޫކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ، އެ ކުށް ހިންގައިފައިވަނީ ވެރިފަރާތަށް އެނގުމަކާ ނުލައި، ނުވަތަ ވެރިފަރާތުގެ އިހުމާލެއް އޮވެގެން ނޫން ކަމުގައި ވާނަމަ، މިނިސްޓްރީއަށް އެކަން ބަޔާކޮށް ވެރިފަރާތުން ހުށަހެޅުމުން، ރަޖިސްޓަރީ ބާތިލު ކުރުމުގައި އެ ކަމަށް ރިއާޔަތް ކުރާންވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކުރުމަށްފަހު، 3 (ތިނެއް) މަސްދުވަސް ވަންދެން އެ ތަނަކުން ހިދުމަތް ނުދޭކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ، އެ ތަނެއްގެ ރެޖިސްޓްރޭށަން ބާތިލުކުރެވިދާނެ ކަމުގެ އިންޒާރެއް އެ ތަނަކަށް ފޮނުވާންވާނެއެވެ.

(ނ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކުރުމަށްފަހު، އެ ތަނަކުން ހިދުމަތް ދިނުން ނުފަށާ 6 (ހައެއް) މަސްދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ، ރެޖިސްޓްރޭށަން ބާތިލުކޮށް، 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ތަނަކަށް އަންގާންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ހިންގާ އިންސްޕެކްށަނެއްގައި، ސިިއްހީީ ހިދުމަތް ދޭ ތަނެއް ވަގުތުން ބަންދުކުރުމަކީ މަސްލަހަތު އެންމެ ރަނގަޅުގޮތް ކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި އެފަދަ ތަނެއް ބަންދު ކުރުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ ތަން ހިންގުމުގެ ލައިސަންސް ދޫކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ، ލައިސަންސް ބާތިލުކޮށްފައި، އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެކަން އަންގާންވާނެއެވެ.

(ބ) މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން ރަޖިސްޓްރޭށަން ހިފަހައްޓައިފައިވާ ތަނަކަށް، އެ މާއްދާގެ ދަށުން ދީފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކުރަން އަންގައިފައިވާ ކަންކަން އެ މުއްދަތުގެ ތެރޭގައި އިސްލާހު ނުކޮށްފި ނަމަ، ރަޖިސްޓްރޭށަން ބާތިލުކުރުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ ތަން ހިންގުމުގެ ލައިސަންސް ދޫކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ، ލައިސަންސް ބާތިލުކޮށްފައި، އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެކަން އަންގާންވާނެއެވެ.

(ޅ) ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި އެހެންވެސް ބައްޔެއް ފެތުރުމަށް މެދުވެރިވީ ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ އިހުމާލުން ނުވަތަ ވަކި ކަމަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އެ ތަނެއްގެ ސިިއްހީީ ހިދުމަތް ދިނުމުގެ ރަޖިސްޓްރޭށަން ބާތިލުކުރުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ ތަން ހިންގުމުގެ ލައިސަންސް ދޫކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ، ލައިސަންސް ބާތިލުކޮށްފައި، އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެކަން އަންގާންވާނެއެވެ.

(ކ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކޮށްފައިވަނީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެންކަން މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، އެ ތަނެއްގެ ރަޖިސްޓްރޭށަން ވަގުތުން ބާތިލުކުރުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ނ) އާއި، (ބ) އާއި، (ޅ) ފިޔަވައި، އެހެން އަކުރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތައް މެދުވެރިވެގެން ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ ރަޖިސްޓަރީ ބާތިލުކުރާ ހާލަތުގައި، ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ކުރިން އެ ތަނަކަށް ލިޔުމަކުން އެކަން އަންގާންވާނެއެވެ.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސިިއްހީީ ހިދުމަތް ދޭ ތަނަށް އަންގާ އެންގުން އެންގުމުން، އެ މުއްދަތު ހަމަވުމުން، ތަނުގެ ރަޖިސްޓަރީ ބާތިލު ކުރެވޭނެއެވެ.

 

37 ވަނަ މާއްދާރަޖިސްޓަރީ އައުކުރަން ހުއްދަކުރެވޭ ހާލަތާއި އިޖުރާއަތު

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓްރޭށަން އައުކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ގިންތި ބަދަލުވުން؛
  2. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ވެރިފަރާތް ބަދަލުވުން؛
  3. ސިިއްހީީ ހިދުމަތް ދޭ ތަން ހިންގަމުންދާ އިމާރާތް ބަދަލުވުން؛
  4. ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްގެ ރަޖިސްޓަރީ ގެއްލުމުން، ނުވަތަ ހަލާކުވުމުން؛
  5. މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓްރޭށަން ބާތިލުކުރެވޭ ހާލަތުގައި، ތަނުން ހިދުމަތް ދޭން ފަށައިފައި ނުވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން މިނިސްޓްރީއަށް ސާބިތުކޮށްދީ، ތަނުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެފައިވާކަން ސާބިތުކޮށްދިނުމުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ އައުކުރަން އެދި ހުށަހަޅާނީ، "ސިިއްހީީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ލައިސަންސަށް އެދޭ ފޯމު" މެދުވެރިކޮށެވެ. އަދި ރަޖިސްޓަރީ އައުކޮށްދެވޭނީ، މި ގަވާއިދުގެ    ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ސިިއްހީީ ހިދުމަތް ދޭ ތަނަކާ ގުޅޭ މައްސަލައެއް، އެއްވެސް ކޯޓެއްގައި ހިނގަމުންދާ ހިނދެއްގައި، އެ ތަނެއްގެ ރަޖިސްޓަރީ އައުނުކުރުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ރަޖިސްޓްރޭށަން އައުކުރަން ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ތަން ބަލައި ފާސްކުރާންވާނެއެވެ.

 

38 ވަނަ މާއްދާރަޖިސްޓަރީ ވަގުތީގޮތުން ހިފެހެއްޓުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ   48 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން ހިފަހައްޓައިފައިވާ ހާލަތުގައި، އެ މުއްދަތަށް އެ ތަނުގެ ރަޖިސްޓްރޭށަން ވަގުތީގޮތުން ހިފެހެއްޓުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނެއް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފިނަމަ، އަލުން އެ ތަން ހިންގުމުގެ ހުއްދަ ލިބުމާ ހަމަޔަށް، އެ ތަނުގެ ރަޖިސްޓްރޭށަން ވަގުތީގޮތުން ހިފެހެއްޓުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސް

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކުރުމަށްފަހު އެ ތަނަކުން ސިިއްހީީ ހިދުމަތް ފޯރުކޮށްދޭންވާނީ، ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސެއް ހޯދުމަށް ފަހުގައެވެ. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ލައިސަންސަށް އެދި ހުށަހަޅާނީ، ތަން ހިންގާ ފަރާތުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ސިިއްހީީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީ ކުރެވޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ލައިސަންސް ހޯދުމަށް އެދި ހުށަހަޅާންވާނެއެވެ.

(ނ) ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ "ސިިއްހީީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ލައިސަންސަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށެވެ.

 

40 ވަނަ މާއްދާލައިސަންސް ހޯދުމަށް އެދޭއިރު ހުށަހަޅާންޖެހޭ ތަކެތި

ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު،  ތިރީގައިވާ ތަކެތި، ފޯމާއެކު ހުށަހަޅާން ވާނެއެވެ.

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓްރޭށަން ސެޓުފިކެޓު؛

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން އެ ތަނުގައި މަސައްކަތްކުރާން ބޭނުންވާކަމުގެ ސިޓީއާއި، އެ ތަނުގައި އެ ފަންނުވެރިން ރަޖިސްޓަރީވުމަށް އެދި ތަނުގެ މަސްއޫލު ފަރާތުން ހުށަހަޅާ ސިޓީއާއި، އެ ފަންނަކާ ބެހޭ ކައުންސިލުގައި އެ ފަންނުވެރިން ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ؛

 

41 ވަނަ މާއްދާ - ލައިސަންސިންގ ފީ

ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، މި ގަވާއިދުގެ   ޖަދުވަލު 4 ގައިވާ ގޮތުގެ މަތިން ލައިސަންސިންގ ފީއެއް ނެގޭނެއެވެ.

 

42 ވަނަ މާއްދާ - އަހަރީ ފީ

(ހ) ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރެވޭ ކޮންމެ ތަނަކުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އަހަރީ ފީ ދައްކާން ވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރާއިރު، ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ކުރިޔަށް އެއްފަހަރާ އަހަރީ ފީ ދައްކާންވާނެއެވެ. އަދި އަހަރީ ފީ ދައްކައިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ކުރިޔަށް އޮންނަ 12 (ބާރަ) މަސްދުވަހަށްވާ އަހަރީ ފީ ދައްކާންވާނެއެވެ. 

(ނ) އަހަރީ ފީ ދައްކަންޖެހޭ ތާރީހަށް ފީ ދައްކައިފައި ނުވާނަމަ، އަހަރީ ފީ ބަލައިގަނެވޭނީ، އިތުރުވާ ކޮންމެ ދުވަހަކަށް 50  (ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

 

43 ވަނަ މާއްދާލައިސަންސް ދޭ މުއްދަތު

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ލައިސަންސް ދޫކުރާނީ، މީލާދީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. 5 (ފަހެއް) އަހަރުދުވަސް ހަމަވުމުގެ 180 (އެއްސަތޭކެ އައްޑިހަ) ދުވަހުގެ ކުރިން، ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާންވާނެއެވެ.

(ށ) ލައިސަންސްގައިވާ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކޮށްފައި ނުވާނަމަ، މުއްދަތު ހަމަވާ ދުވަހުން ފެށިގެން، އެ ތަނަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވާނެއެވެ.

(ނ) ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު، ލައިސަންސް އައުނުކޮށް ތަން ހިންގުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށް ކޮށްފިނަމަ،  ގާނޫނުގެ 20 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، ތަން ހިންގުމާ ހަވާލުވެ ހުރި ފަރާތާއި ނުވަތަ ކުންފުންޏެއް ނަމަ ވެރިފަރާތުން ޒިންމާ އުފުލުމަށް ހަވާލުކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ތަން ވަގުތުން ބަންދު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ސިިއްހީީ ހިދުމަތް ދޭ ތަން ރަޖިސްޓަރީ ކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ ލައިސަންސް ހިފަހައްޓައިފައިވާކަން، ތަނުގެ ވެރިފަރާތަށް އަންގާންވާނެއެވެ.

 

44 ވަނަ މާއްދާލައިސަންސް ދިނުމުގެ ކުރިން ބަލައި ފާސްކުރުން

(ހ) ސިިއްހީީ ހިދުމަތް ދިނުމުގެ ލައިސަންސަށް އެދިފައިވާ ތަނަށް ލައިސަންސް ދިނުމުގެ ކުރިން، ތަން ބަލައި ފާސްކުރާންވާނެއެވެ. މިގޮތުން ބަލައި ފާސްކުރުމުގައި އަންނަނިވި ކަންތައްތައް ކަށަވަރު ކުރާންވާނެއެވެ.

  1. ތަނުން ދޭން ގަސްތުކުރާ ހިދުމަތްތައް ދިނުމުގެ އިންތިޒާމް،  މިނިސްޓްރީން އެ ހިދުމަތަކަށް އެކުލަވައިލައިފައިވާ ގައިޑްލައިނާ އެއްގޮތަށް ހަމަޖެހިފައި ހުރިތޯ ކަށަވަރުކުރުން؛
  2. ތަނުން ދޭން ގަސްތުކުރާ ހިދުމަތްތައް ދިނުމަށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް މެޑިކަލް އިކުއިޕްމަންޓް ތަނުގައި ހުރިތޯ ބެލުމާއި، ވިޒިޓިންގ ކޮންސަލްޓަންޓުންނާއެކު ގެންނަ އިކުއިޕްމަންޓް ގެނެސް، ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން؛
  3. ތަނުގައި މަސައްކަތް ކުރާ ފަންނުވެރިން އެ ފަންނަކާ ބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައި ތިބިތޯ ކަށަވަރު ކުރުން؛
  4. ގަވާއިދާ އެއްގޮތަށް ތަނުގައި މެޑިކަލް ރިކޯޑް ސިސްޓަމެއް ގާއިމްކޮށްފައިވޭތޯ ބެލުން؛
  5. ތަނަށް ހުށަހެޅޭ ށަކުވާތައް ބެލުމުގެ ނިޒާމެއް ގާއިމްކޮށްފައިވޭތޯ ބެލުން؛
  6. ތަނުގައި ކުނި ނައްތައިލާނޭ ނިޒާމެއް ގާއިމްކޮށްފައިވޭތޯ ބެލުން؛
  7. ތަނުގައި އިންފެކްށަން ކޮންޓްރޯލް ކުރާނޭ ނިޒާމެއް ގާއިމްކޮށްފައި ވޭތޯ ބެލުން؛

(ށ) ސިިއްހީީ ހިދުމަތް ދިނުމަށް އެދިފައިވާ ފަރާތަކަށް ލައިސަންސް ދިނުމާއި، ލައިސަންސް އައުކޮށްދިނުމާ ގުޅޭގޮތުން މައްސަލައެއް ދިމާވާ ހާލަތެއްގައި ގޮތެއް ނިންމާނީ، "ރެޖިސްޓްރޭށަން އެންޑް ލައިސަންސިންގ ކޮމިޓީ" ގެ ލަފާގެ މަތިންނެވެ.

(ނ) ތަނަށް ލައިސަންސް ދޭން، ލައިސަންސް ޔުނިޓަށް ނުފެންނަ ހާލަތުގައި،  ލައިސަންސަށް އެދުނު ފަރާތަށް ސަބަބާއެކު އެކަން އަންގާންވާނެއެވެ.

(ރ) ސިިއްހީީ ހިދުމަތް ދޭ ތަނަށް ދޫކުރާ ލައިސަންސާއެކު، ލައިސަންސް ދޫކޮށްފައިވަނީ ކޮން ހިދުމަތެއް ނުވަތަ ކޮން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްކަން އެނގޭ ގޮތަށް، މިނިސްޓްރީގެ ތައްގަނޑު ޖެހި ލިސްޓެއް އެ ތަނަކަށް ދޫކުރާންވާނެއެވެ.

 

45 ވަނަ މާއްދާ - އައު ހިދުމަތްތަކަށް ހުއްދަ ދިނުން

(ހ) ތަނުން އައު ހިދުމަތެއް ދޭން ގަސްތުކުރާނަމަ، އެ ހިދުމަތެއް ދިނުމުގެ ކުރިން ހުއްދަ ހޯދާންވާނެއެވެ. އެ ހިދުމަތް ދިނުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، ތަން ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ފޯމަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދައަށް އެދުމުން، ހުއްދަ ދިނުމުގެ ކުރިން، އަލުން ތަން ބަލައި ފާސްކުރާންވާނެއެވެ. މި ގޮތުން ބަލައި ފާސްކުރުމުގައި، މި ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަނުގައި ފުރިހަމަވެފައިވޭތޯ ބަލާންވާނެއެވެ. އިސްލާހުކުރަންޖެހޭ ކަމެއް ނެތްނަމަ، ބަލައި ފާސްކޮށް ނިމޭ ތާރީހުން ފެށިގެން، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އައު ހިދުމަތް ދިނުމުގެ ލައިސަންސް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތް ނުވަތަ ހިދުމަތްތަކަށް ހުއްދަ ދޭއިރު، މި ގަވާއިދުގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިސްޓަށް އައު ހިދުމަތް ނުވަތަ ހިދުމަތްތައް އިތުރު ކުރުމަށްފަހު، މިނިސްޓްރީގެ ތައްގަނޑު ޖަހައިފައި، އެ ލިސްޓު އަލުން ދޫކުރާންވާނެއެވެ.

 

46 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ދަފުތަރު

(ހ) ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ގިންތި ހިމެނޭގޮތަށް އެކުލަވައިލައިފައިވާ ދަފުތަރެއް މިނިސްޓްރީން އާންމުކޮށް ށާއިއުކޮށް ގަވާއިދުން ބަލަހައްޓާންވާނެއެވެ.

(ށ) ދަފުތަރުން ތަނެއް އުނިވެއްޖެނަމަ، ނުވަތަ އެ ތަނެއް ހިމެނޭ ގިންތިއަށް ބަދަލު އަތުވެއްޖެނަމަ،  އެ ބަދަލެއް އަންނަތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.

 

47 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަނުގެ ވެރިފަރާތާއި ތަނާބެހޭ މައުލޫމާތަށް ބަދަލެއް އައުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، ނުވަތަ އެ ތަނެއް ހިންގުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތް ބަދަލުވެއްޖެ ނަމަ، ނުވަތަ ތަނުގެ ނަން ބަދަލުވެއްޖެނަމަ، ނުވަތަ ތަން ހިންގާ ފަރާތް ބަދަލުވެއްޖެނަމަ، ނުވަތަ ތަން ހިންގަމުން އައި އިމާރާތް ބަދަލުވެއްޖެނަމަ، އެ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅައި، ރަޖިސްޓަރީއާއި ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް އައުކުރާންވާނެއެވެ. އަދި އެ ބަދަލު ދަފުތަރުގައި ހިމަނާންވާނެއެވެ.

(ށ) ކުރިން ތަން ހިންގި ފަރާތުން، އަލަށް ހަވާލުވާ ފަރާތާ ތަން ހަވާލުކުރަން ގާނޫނީގޮތުން ލާޒިމްކުރާ ކަންކަން ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުމަކީ ތަން ރަޖިސްޓަރީ ކޮށްދިނުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.

 

48 ވަނަ މާއްދާ - ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމުގެ އިހާްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ލައިސަންސް ހޯދައިފައިވުން؛
  2. ސިިއްހީީ ހިދުމަތް ދިނުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވުން؛
  3. ހިދުމަތް ދޭ ތަނުގައި ހުންނަންޖެހޭ ކަމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑަކާ ހިލާފުވުން؛
  4. ހުއްދަ ދީފައިވާ ހިދުމަތްތައް ފޯރުކޮށް ނުދޭތާ 6 (ހައެއް) މަސްދުވަސް ވުން؛
  5. ބަލައި ފާސްކުރުމަށްފަހު އިސްލާހު ކުރުމަށް އަންގާ ކަންތައްތައް، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އިސްލާހު ނުކުރުން؛
  6. ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު، ލައިސަންސް އައުނުކޮށް ތަން ހިންގުން؛
  7. ލައިސަންސް ދޫކޮށްފައިނުވާ ހިދުމަތެއް ފޯރުކޮށްދިނުން؛
  8. ސިއްހީީ ހިދުމަތް ދޭ ތަން ބަންދުކުރުމަކީ އާންމު މަސްލަހަތަށް ނުވަތަ  އާންމު ސިިއްހަތަށް އެންމެ ރަނގަޅުގޮތްކަމަށް  ކޮމިށަނަރ އޮފް ކޮލިޓީ އެށީުއަރެންސަށް ފެނުން؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ހިފަހައްޓާ ތަންތަނުގެ މައުލޫމާތު، 10 (ދިހައެއް) ދުވަހުގެ ތެރޭގައި އާންމުކޮށް އަންގައި އިއުލާނު ކުރާންވާނެއެވެ.

(ނ) ލައިސަންސް ދޫކޮށްފައިވާ ފަރާތަށް، އެ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުގެ ކުރިން  ނުވަތަ ބާތިލުކުރުމުގެ ކުރިން، ލައިސަންސް ހިފަހައްޓާ ނުވަތަ ބާތިލުކުރާ ސަބަބާއި މުއްދަތު އަންގާންވާނެވެ. އަދި    އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ، ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެކަން އަންގާންވާނެއެވެ.

(ރ) ސިިއްހީީ ހިދުމަތް ދޭ ތަނެއްގެ ލައިސަންސް، މި މާއްދާގެ (ނ) ގެ ދަށުން ހިފެހެއްޓުމަށްފަހު، އަލުން ލައިސަންސް ދޭންވާނީ، ރަނގަޅު ކުރުމަށް އަންގައިފައިވާ ކަންތައްތައް ރަނގަޅުކޮށްފައި ލިޔުމަކުން ހުށަހެޅުމުން، އަލުން ބަލައި ފާސްކުރުމަށް ފަހުގައެވެ. މިގޮތަށް ލިޔުމުން ހުށަހަޅާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ތަނެއް ބަލައި ފާސްކުރާންވާނެއެވެ. އަދި އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވަނީ އެހެން ފަރާތަކަށް ކަމުގައި ވާނަމަ، ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެކަން އަންގާންވާނެއެވެ.

 

49 ވަނަ މާއްދާ - އިންތިގާލީ އުސޫލު

ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ސިިއްހީީ ހިދުމަތް ދޭ ތަންތަން، މި ގަވާއިދަށް އަމަލުކުރަން ފަށާ  ތާރީހުން ފެށިގެން 180 (އެއްސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެ،  ލައިސަންސް ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާންވާނެއެވެ. މި މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީ ނުކޮށް އަދި ލައިސަންސް ނުހޯދައި ސިިއްހީީ ހިދުމަތް ދޭ ތަންތަން ހިންގުމަކީ ކުށެކެވެ.

 

5 ވަނަ ބާބު

ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުން

50 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު

ސިިއްހީީ ހިދުމަތް ދޭ ތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، ގާނޫނުގެ 25 ވަނަ މާއްދާގައި ކޮމިށަނަރ އޮފް ކޮލިޓީ އެށީުއަރެންސްއާ މަތިކޮށްފައިވާ މަސްއޫލިއްޔަތާ ގުޅޭގޮތުން ކޮމިށަނަރ ކަނޑައަޅާ ބަޔަކަށް،  ސިިއްހީީ ހިދުމަތް ދޭ ކޮންމެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - އިންސްޕެކްޓަރުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރާންވާނީ، އެ ކަމާ ގުޅޭ  ޓްރެއިނިންގއެއް ހަދައިފައިވާ، ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ ހުއްދަ ލިބިފައިވާ އިންސްޕެކްޓަރުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރުންނަށް ބަލައި ފާސްކުރުމުގެ ލައިސަންސް ކާޑެއް ކޮމިށަނަރު ދޭންވާނެއެވެ. މިގޮތުން ދޫކުރާ ކާޑުގައި، އިންސްޕެކްޓަރުގެ ފުރިހަމަ ނަމާއި މަގާމް އެނގެން އޮންނާންވާނެއެވެ.

(ނ) އިންސްޕެކްޓަރަކަށް ވެވޭނީ، ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ކަމާބެހޭ ކައުންސިލުގައި ރަޖިސްޓަރީ ވެފައިވާ ނަމައެވެ. ނުވަތަ އޮޑިޓް ޓްރޭނިންގއެއް ހަދައި ސެޓިފައިވެފައިވާ ފަރާތްތަކަށެވެ.

 

52 ވަނަ މާއްދާ - އިންސްޕެކްށަން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، އަންނަނިވި އިންސްޕެކްށަންތައް ކުރިޔަށް ގެންދެވިދާނެއެވެ.

  1. އަލަށް ސިިއްހީީ ހިދުމަތް ދޭން ފަށާ ތަނެއް ރަޖިސްޓަރީ ކުރުމަށް ޓަކައި ބަލައި ފާސްކުރުން؛
  2. އަލަށް ސިިއްހީީ ހިދުމަތް ދޭން ފަށާ ތަނަކަށް ލައިސަންސް ދިނުމަށް ޓަކައި ބަލައި ފާސްކުރުން؛
  3. ސިިއްހީީ ހިދުމަތް ދޭ ތަނަކުން އައު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި، މި ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ހުއްދައަށް އެދުމުން، ބަލައި ފާސްކުރުން؛
  4. ސިިއްހީީ ހިދުމަތް ދޭ ތަންތަނުގެ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ކުރާ އިންސްޕެކްށަން (routineinspection)؛
  5. ސިިއްހީ ހިދުމަތް ދޭ ތަނަކާ ގުޅޭ މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ ކަމެއް ތަހުގުީގުު ކުރުމުގެ ގޮތުން ކުރާ އިންސްޕެކްށަންތައް.

(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ތަނެއް ބަލައި ފާސްކުރަން ދާއިރު، މަދުވެގެން 5 (ފަހެއް) ދުވަހުގެ ނޯޓިހެއް، ސިިއްހީީ ހިދުމަތް ދޭ ފަރާތަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކުރާ އިންސްޕެކްށަން، ސިިއްހީީ ހިދުމަތް ދޭ ފަރާތަށް ނޯޓިސް ދިނުމަކާ ނުލައި ކުރިޔަށް ގެންދެވިދާނެއެވެ.

 

53 ވަނަ މާއްދާ - އިންސްޕެކްށަނެއްގައި ބަލަންޖެހޭ ކަންތައްތައް

އިންސްޕެކްށަނުގައި، ތިރީގައިވާ ކަންކަން ބަލާންވާނެއެވެ.

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަށް ދޫކޮށްފައިވާ ލައިސަންސްގައިވާ ހުރިހާ ހިދުމަތެއް އެ ތަނުން ފޯރުކޮށްދޭތޯ ބެލުން؛

(ށ) ސިިއްހީީ ހިދުމަތް ދޭ ތަން ރަޖިސްޓަރީ ކޮށްފައިވާ، ނުވަތަ ލައިސަންސް ދޫކޮށްފައިވާ ގިންތީގައި ހުންނާންޖެހޭ މިންގަނޑަށް ތަނުގެ ފެންވަރު ހުރިތޯ ބެލުން؛

(ނ) ސިިއްހީީ ހިދުމަތް ދޭ ތަނުން ހިދުމަތް ދެމުން ގެންދަނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބެލުން؛

(ރ) ތަނުގައި މަސައްކަތްކުރާ ހުރިހާ ފަންނުވެރިންނަކީ ކަމާބެހޭ ކައުންސިލްތަކުގައި ރަޖިސްޓަރީކޮށްފައި ތިބި ބައެއްތޯ ބެލުން؛

(ބ) ތަނުގެ ރައްކައުތެރިކަމާއި ސާފުތާހިރުކަން، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުން؛

(ޅ) ތަނުގައި ހުރި މެޑިކަލް އިކުއިޕްމަންޓްތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ ބެލުން؛

(ކ) ގަވާއިދާ އެއްގޮތަށް މެޑިކަލް ރެކޯޑް ބަލަހައްޓައިފައިވޭތޯ ބެލުން؛

(އ) ށަކުވާ ހުށަހެޅުމުގެ ނިޒާމު ބެލުން.

 

54 ވަނަ މާއްދާއިންސްޕެކްޓަރުން އަމަލު ކުރަންޖެހޭ އިޖުރާއަތުތައް

ބަލައި ފާސްކުރުމުގައި،  ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންސްޕެކްޓަރުން އަމަލު ކުރާންވާނެއެވެ.

(ހ) ބަލައި ފާސްކުރާ ތަނާ ހަވާލުވެ ހުންނަ ފަރާތަށް، ކާކުކަން އެނގޭގޮތަށް ތައާރަފުވާންވާނެއެވެ.

(ށ) ތަނުގެ ވެރިފަރާތުން އެދިއްޖެނަމަ،  އިންސްޕެކްޓަރެއްކަން އަންގައިދޭ ކާޑު ދައްކާންވާނެއެވެ.

(ނ) ބަލައި ފާސްކުރަން ދިޔަ މަގުސަދުތައް، އެ ވަގުތު އެ ތަނަކާ ހަވާލުވެ ހުރި އެންމެ އިސްފަރާތަކުން އެދިއްޖެ ހިނދެއްގައި ބުނެދޭންވާނެއެވެ.

(ރ) ބަލައި ފާސްކުރާ އިންސްޕެކްޓަރުން އަމަލު ކުރާންވާނީ، މިނިސްޓްރީން އެކުލަވައިލައިފައިވާ، ބަލައި ފާސްކުރާ މިންގަނޑާ އެއްގޮތަށެވެ.

 

55 ވަނަ މާއްދާ - އިންސްޕެކްޓަރުންނަށް ލިބިގެންވާ ގާނޫނީ ބާރުތައް

އިންސްޕެކްޓަރުންނަށް، ތިރީގައިވާ ކަންކަން ކުރުމުގެ ބާރު ގާނޫނުން ލިބިދެއެވެ.

(ހ) ދުރާލައި އެންގުމަށްފަހު، ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުލައި ވިޔަސް، ހިދުމަތް ދޭ ތަނަށް ވަދެ، ބަލައި ފާސްކުރުން؛

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށްގެން މައުލޫމާތު ހޯދުން؛

(ނ) ސިިއްހީީ ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭގޮތުންނާއި ތަނުގައި ބޭނުންކުރާ ތަކެތީގެ ފެންވަރާއި ރައްކައުތެރިކަން ބެލުމަށް ޓަކައި ތަނުގައި ބޭނުންކުރާ ތަކެތި ޓެސްޓް ކުރުން، ނުވަތަ އެ ތަކެތިން ސާމްޕަލް ނެގުން؛

(ރ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ އެންމެހައި ރިކޯޑުތަކާއި ލިޔުންތައް، ކޮމިށަނަރަށް  ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުގެ ހުދޫދުގެ ތެރެއިން ބަލައި ކޮޕީ ހެދުން؛

(ބ) މައުލޫމާތު ހޯދުމަށާއި ހެކިބަސް ހޯދަން ބޭނުންވާ ހާލަތްތަކުގައި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށްގެން ބަޔާން ނެގުން؛

(ޅ) ކަމާ ގުޅޭ ގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތުތައް ހޯދުން.

 

56 ވަނަ މާއްދާމައުލޫމާތު ހާމަ ނުކުރުން

ބަލައި ފާސްކުރުމުގެ ތެރޭގައި ލިބޭ މައުލޫމާތެއް ށަރުއީީ ކޯޓެއްގެ އަމުރެއްގެ ދަށުން ނުވަތަ އެފަދަ މައުލޫމާތަކަށް އެދުމުގެ ގާނޫނީ ބާރު ލިބިފައިވާ ތަހުގުީގުީ އިދާރާއަކުން އެދިގެން މެނުވީ، ކަމާނުބެހޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

57 ވަނަ މާއްދާ - އިންސްޕެކްށަންތައް ކުރިޔަށް ގެންދާނެ ގޮތް

(ހ) ކުރިޔަށް އޮތް އަހަރަށް އިންސްޕެކްށަންތައް ތާވަލުކުރެވިފައިވާ ގޮތާއި، އިންސްޕެކްށަންތަކަށް އިސްކަންދޭނެ ތަރުތީބު ހިމެނޭގޮތުން "އެނުއަލް އިންސްޕެކްށަން ސްޓްރެޓެޖީ" އެއް، ކޮމިށަނަރ ނުވަތަ     އެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތުން އެކުލަވައިލާންވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަންތަން އަހަރަކު މަދުވެގެން 1 (އެކެއް) ފަހަރު ބަލައި ފާސްކުރާންވާނެއެވެ.

(ނ) ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގައި އިންސްޕެކްޓަރުން އަމަލުކުރާނެ ގޮތާއި، އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އިންސްޕެކްޓަރުން ކޮށްގެން ނުވާނެ ކަންތައްތައް ހިމެނޭގޮތުން، އިންސްޕެކްޓަރުން އަމަލުކުރާނެ ޕްރޮސީޖަރ މެނުއަލެއް، ކޮމިށަނަރ ނުވަތަ އެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތުން އެކުލަވައިލާންވާނެއެވެ.

(ރ) ކޮމިށަނަރ ކަނޑައަޅާ ގޮތެއްގެ މަތިން އަތޮޅުތަކުގައި އިންސްޕެކްޓަރުން އައްޔަނު ކުރެވިދާނެއެވެ. މިކަމަށް ބޭނުންވާނެ ވަސީލަތްތައް މިނިސްޓަރ ހަމަޖައްސައިދޭންވާނެއެވެ.

(ބ) ސިިއްހީީ ހިދުމަތް ދޭ ތަނެއް އިންސްޕެކްޓްކޮށް ނިންމުމަށްފަހު، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިންސްޕެކްށަން ރިޕޯޓު ތައްޔާރު ކުރާންވާނެއެވެ.

 

58 ވަނަ މާއްދާ - އިންސްޕެކްޓްކުރުމަށްފަހު އަމަލުކުރާނެ ގޮތް

(ހ) އިންސްޕެކްށަނަށްފަހު އިސްލާހު ކުރަންޖެހޭ ކަންކަން ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ، އެ ކަންކަން ތަފުސީލުކޮށް ބަޔާންކުރުމަށްފަހު، އެ ކަންކަން އިސްލާހުކުރަން 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދިނުމުގެ އިހާްތިޔާރު، ކޮމިށަނަރަށް ލިބިގެންވެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނެއް ހިންގަމުން ގެންދަނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަމުގައި އިންސްޕެކްށަނެއްގައި ފާހަގަކުރެވިއްޖެނަމަ، އެފަދަ ތަނެއް ބަންދުކުރެވިދާނެއެވެ.

 

59 ވަނަ މާއްދާ - އިންސްޕެކްށަނަކަށްފަހު ސިިއްހީީ ހިދުމަތް ދޭ ތަނެއް ވަގުތުން ބަންދުކުރުން

(ހ) މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ ކަމެއް އިންސްޕެކްށަނުގައި ފާހަގަ ކުރެވިއްޖެ ނަމަ، އެ ތަނެއް ވަގުތުން  ބަންދުކުރަން އެންގުމުގެ އިހާްތިޔާރު ކޮމިށަނަރަށް ލިބިގެންވެއެވެ.

  1. ގާނޫނާއި ގަވާއިދާ ހިލާފަށް ހިދުމަތް ފޯރުކޮށްދިނުން؛
  2. ފޯރުކޮށްދޭ ހިދުމަތަކީ އާންމު ސިިއްހަތަށް ރައްކައުތެރި ނޫން ހިދުމަތަކަށް ވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިިއްހީީ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އަންގާ އެންގުމުގައި ސޮއިކުރާނީ ކޮމިށަނަރެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނާންވަނެއެވެ.

  1. އެންގުން ރައްދުވާ ތަނުގެ ފުރިހަމަ ނަމާއި، ރަޖިސްޓަރީ ނަންބަރު؛
  2. އެންގުން އެންގުނު ސަބަބު؛
  3. އެންގުމަށް އަމަލުކުރާން ފަށާ ތާރީހު؛
  4. އެންގުމާ ގުޅިގެން ކޯޓަށް ދިއުމުގެ ހައްގުު، ސިިއްހީީ ހިދުމަތް ފޯރުކޮށްދޭ ތަނަށް އޮތްކަން.

(ރ) އެންގުން ހަވާލުކުރުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ލިޔުމަކުން، ނުވަތަ އަނގަބަހުން، ނުވަތަ އެ ފަރާތަކަށް އެނގޭނެ ގޮތަކަށް، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އަންގާންވާނެއެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި ތިބި ސިިއްހީީ ހިދުމަތް ލިބިގަންނަ މީހުން؛
  2. ސިިއްހީީ ހިދުމަތް ލިބިގަންނަ ފަރާތުގެ ކަމެއް، ކުއްލި ހާލަތުގައި އަންގާ ފަރާތްކަމުގައި، ސިިއްހީީ ހިދުމަތް ދޭ ތަނުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތް.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތުން ބަންދުކުރާ ތަންތަން ބަންދުކުރާތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، މި ގަވާއިދުގެ 48 ވަނަ މާއްދާއާ އެއްގޮތަށް ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުން، ނުވަތަ މި ގަވާއިދުގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ބާތިލުކުރުމުގެ ކަންކަން ކުރަންވާނެއެވެ.

 

60 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަނެއް ވަގުތުން ބަންދުކުރުމުން، ނުވަތަ ތަނަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުން، ނުވަތަ ރަޖިސްޓްރޭށަން ބާތިލު ކުރުމުން، އަލުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުން

(ހ) ވަގުތުން ބަންދުކުރުމުން، ނުވަތަ ތަނަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމުން، މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ލައިސަންސް ހިފެހެއްޓި ސަބަބުތައް އިސްލާހު ކުރުމަށްފަހު، ހުއްދަ ހޯދުމަށް އަލުން ހުށަހެޅިދާނެއެވެ.

(ށ) މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން ސިިއްހީީ ފަރުވާދޭ ތަނެއްގެ ރަޖިސްޓަރީ ބާތިލުކޮށްފިނަމަ، ރަޖިސްޓަރީ ބާތިލުކުރި ސިިއްހީީ ހިދުމަތް ދޭ ތަނުގެ ނަމުގައި އަލުން ހުއްދައެއް ނުދެވޭނެއެވެ.

 

6 ވަނަ ބާބު

ހިދުމަތް ހޯދާ ފަރާތާއި ހިދުމަތް ދޭ ތަންތަނުގެ ހައްގުުތަކާއި ޒިންމާތައް

61 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަނުގައި ފެންނާން ހުންނަންވާ މައުލޫމާތު

ސިިއްހީީ ހިދުމަތް ދޭ ތަނުގައި ހިދުމަތް ހޯދާ މީހުންނަށް ފެންނަ ގޮތަށް ނުވަތަ ފަސޭހައިން ފެންނާނޭހެން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުންނާންވާނެއެވެ.

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނުގެ ރަޖިސްޓަރީއާއި އޮޕަރޭޓިންގ ލައިސަންސް؛

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ވަކިވަކި ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް؛

(ނ) ސިިއްހީީ ހިދުމަތް ދޭ ތަން ހުޅުވައިފައި ހުންނަ ގަޑިތައް؛

(ރ) ހިދުމަތް ދިނުން އިންތިޒާމްކޮށްފައިވާ ގޮތާއި، ހިދުމަތް ލިބިގަތުމަށް އަމަލުކުރަން ޖެހޭ ގޮތް؛

(ބ) ތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ނަމާއި، ކޮލިފިކޭށަން؛

(ޅ) ތަނުން ދޭ ހިދުމަތްތަކުގެ އަގު؛

(ކ) "ޕޭށަންޓް ރައިޓްސް ޗާޓަރ" ނުވަތަ ތަނުން ހިދުމަތް ހޯދާ މީހުންނަށް ލިބިދޭ ހައްގުުތައް؛

(އ) ހިދުމަތް ހޯދަން އަންނަ ފަރާތުގެ ޒިންމާތައް؛

(ވ) މައްސަލައެއް ދިމާވެއްޖެނަމަ ށަކުވާ ހުށަހެޅޭނެ ގޮތްތައް.

 

62 ވަނަ މާއްދާ - މެޑިކަލް ރިކޯޑު ބެލެހެއްޓުން

ސިިއްހީީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދާ މީހުންގެ މެޑިކަލް ރިކޯޑުތައް، ގަވާއިދު ނަންބަރު 1070/2019 (މެޑިކަލް ރިކޯޑާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓާންވާނެއެވެ.

 

63 ވަނަ މާއްދާހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުުތައް

(ހ) ސިިއްހީީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން، ސިިއްހީީ ހިދުމަތް ހޯދާ ފަރާތަށް، އަންނަނިވި މައުލޫމާތު ދޭންވާނެއެވެ.

  1. ހިދުމަތް ހޯދާ ފަރާތުގެ ސިިއްހީީ ހާލަތު؛
  2. ބަލި ދެނެގަތުމަށް ކުރެވެންހުރި ކަންތައްތަކާއި، ބައްޔަށް ފަރުވާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި، ތަނުން ލިބެންހުރި ހިދުމަތްތައް؛
  3. ބަލި މީހާގެ ސިިއްހީީ ހާލަތު ދެނެގަތުމަށް ނުވަތަ ފަރުވާ ދިނުމަށް ބޭނުންކުރެވުނު ނަމަވެސް، ހިދުމަތް ދޭ ތަނުން ލިބެން ނެތް ހިދުމަތްތައް؛
  4. ބަލި ދެނެގަތުމަށާއި ބައްޔަށް ފަރުވާކުރުމަށް ކުރެވެންހުރި ކަންތައްތަކުގެ ތެރެއިން ބަލިމީހާއަށް ފަރުވާއާމެދު އަމިއްލަ ގޮތެއް ނިންމުމަށް ބޭނުންވާ މިންވަރަށް އެ ބައްޔަކަށް ދެވޭ ފަރުވާގެ ފައިދާއާއި، ދިމާވެދާނެ ނުރައްކާތަކާއި، ހާސިލުވާނެކަމަށް ލަފާކުރެވޭ ނަތީޖާ؛
  5. ހިދުމަތަށް ހިނގާނެކަމަށް ލަފާކުރާ ހަރަދާއި، ހޭދަވާނެ ވަގުތު؛
  6. ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރުހުމާ ނުލައި ހިދުމަތް ފޯރުކޮށްދެވޭނެ ހާލަތު ފިޔަވައި ހިދުމަތް ނުހޯދައި ދޫކޮށްލުމުގެ ހައްގުު ބަލިމީހާއަށް ލިބިގެންވާކަމާއި، އެގޮތަށް ފަރުވާ ދޫކޮށްލުމުން ކުރިމަތިވެދާނެ ނުރައްކާ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިދުމަތް ހޯދާ ފަރާތަށް ދޭ މައުލޫމާތަކީ، އެ މައުލޫމާތު ސީދާ އެ ހިދުމަތް ހޯދާ ފަރާތަށް ދިނުމުން އެ ފަރާތަށް ތަހައްމަލު ކުރެވޭނެ ފަދަ މައުލޫމާތެއް ނޫންކަމަށް ހިދުމަތްދޭ ފަރާތަށް ގަބޫލުކުރެވޭ ފަދަ ހާލަތުގައި އެ މައުލޫމާތު ދޭނީ، ބަލިމީހާ ކަނޑައަޅާ ފަރާތަކަށް ނުވަތަ ބަލިމީހާގެ ބަލަދުވެރިޔާއަށެވެ.

(ނ) ހިދުމަތް ދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ ޖިންސަށް، ނުވަތަ މަގާމަށް، ނުވަތަ އެ މީހަކު ނިސްބަތްވާ ގައުމަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމަކަށް، ނުވަތަ އުމުރަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެއެވެ.

(ރ) ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި އެނދުމަތިކޮށްފައިވާ މީހެއްނަމަ، ހިދުމަތްދޭ ތަނުން ކަނޑައަޅައިފައިވާ ގަޑިތަކެއްގައި ބަލިމީހާއަށް ޒިޔާރަތް ކުރެވެންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިިއްހީީ ހިދުމަތް ދޭ ތަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން،   ވަކި ހާާއްސަ ބަލިތަކެއްގެ ފަރުވާ ހޯދާ ބަލިމީހުންނަށް، ނުވަތަ        ވަކި ވޯޑުތަކެއްގައި އެނދުމަތިކޮށްފައިވާ މީހުންނަށް ޒިޔާރަތް ނުކުރެވޭނެގޮތަށް ހެދުން މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ޅ) ހިދުމަތް ލިބިގަންނަ ފަރާތުން ހިދުމަތް ހޯދުމުގެ ގޮތުން ހާމަކުރާ މައުލޫމާތާއި، އެ ފަރާތުގެ ސިިއްހީީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް، ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ކ) ހިދުމަތް ހޯދަން އަންނަ ފަރާތަށް އަވަސް ފަރުވާ ބޭނުވެއްޖެ ހިނދެއްގައި، ވީ އެންމެ އަވަހަކަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާންވާނެއެވެ.

(އ) ހިދުމަތް ހޯދާ ފަރާތްތަކަށް ގިނައިރު ކިޔޫގައި މަޑުނުކޮށް، ކަނޑައަޅައިފައި އޮންނަ އުސޫލަކުން ހިދުމަތް ލިބުމުގެ އިންތިޒާމެއް ހަމަޖެހިފައި އޮންނާންވާނެއެވެ.

(ވ) އުމުރުން ދުވަސްވެފައިވާ މީހުންނާއި، ހާާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ކިޔޫގައި މަޑުނުކޮށް ހިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާންވާނެއެވެ.

(މ) ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުމާއި، އެނޫންވެސް ޖިނާއީ ކުށަކާ ގުޅިގެން ފަރުވާދޭނެ އުސޫލެއް ކަނޑައަޅައިފައި އޮންނާންވާނެއެވެ.

 

64 ވަނަ މާއްދާރުހުން ހޯދުން

(ހ) އަމިއްލައަށް ރުހުން ދިނުމުގެ ގާބިލުކަން ހުރި، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ބަލިމީހަކަށް ވެސް ސިިއްހީީ ފަރުވާއެއް ދޭންވާނީ، އެ ފަރާތެއްގެ ރުހުން ލިބުމަށްފަހުގައެވެ.

(ށ) ބަލިމީހާގެ ފަރާތުން ދެވޭ ރުހުން، ސައްހަ ރުހުމެއް ގޮތުގައި ބެލެވޭނީ، އަންނަނިވި ކަންތައްތައް ފުރިހަމަވާނަމައެވެ.

  1. ބަލިމީހާ ވާންވާނީ ރުހުން ދެވޭ ފަދަ ހާލަތެއްގައި ހުރި މީހަކަށެވެ.
  2. ރުހުން ދިނުމަށް އިހާްތިޔާރު ދޭ ކަންތައްތަކުގެ ފުރިހަމަ މައުލޫމާތު،  މި ގަވާއިދުގެ 63 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބަލިމީހާއަށް އެނގެންވާނެއެވެ.
  3. ރުހުން ދޭންވާނީ، ފުރިހަމަ އިހާްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ.
  4. ބައްޔަކަށް ފަރުވާ ލިބިގަތުމަށް ރުހުން ދިނުމުގެ ގާބިލުކަން ހުރި ކޮންމެ ބަލިމީހަކަށް ވެސް، ކޮންމެ ވަގުތެއްގައި ވެސް، ސިިއްހީީ ފަރުވާއެއް ލިބިގަތުމަށް އިންކާރު ކުރުމުގެ ހައްގުު ލިބިގެންވެއެވެ.
  5. ބައްޔަކަށް ފަރުވާ ލިބިގަތުމަށް ރުހުން ދިނުމުގެ ގާބިލުކަން އެ މީހަކަށް ލިބިގެން ނުވާކަން ސިިއްހީީ ހިދުމަތް ދޭ ތަނަށް ސާބިތުނުވާހައި ހިނދަކު، އެ މީހަކީ ބައްޔަކަށް ފަރުވާ ލިބިގަތުމަށް ރުހުން ދިނުމުގެ ގާބިލުކަން ހުރި މީހެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ބަލިމީހާގެ ރުހުން ހޯދުމާ ގުޅޭ އުސޫލެއް ކަނޑައަޅައި މިނިސްޓްރީން އާންމުކުރާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް، ބައްޔަކަށް ފަރުވާ ލިބިގަތުމަށް ރުހުން ދިނުމުގެ ގާބިލުކަން ލިބިފައި ނުވާކަމަށް ބެލުމުގައި، މި ގަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ބަލާންވާނެއެވެ.

  1. ބުއްދި ހަމަޔަށް ނެތުން؛ 
  2. ކުޑަކުއްޖަކު ކަމުގައި ވުން.

 

65 ވަނަ މާއްދާ - ރުހުން ދިނުމަށް ޓަކައި ބަލިމީހާއަށް ދޭންޖެހޭ މައުލޫމާތު

ސިިއްހީީ ހިދުމަތެއް ދިނުމަށް ރުހުން ހޯދުމުގެ ކުރިން، ބަލިމީހާއަށް އަންނަނިވި މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ހ) ބަލީގެ އަސްލު ސަބަބާއި، އެ ކަމެއް ނުކޮށްފިނަމަ ނުވަތަ ކޮށްފިނަމަ ދިމާވުން ގާތް ހާލަތްތަކާއި، ނުކުމެދާނެ ނަތީޖާތައް؛

(ށ) ބަލީގެ އަސްލު ސަބަބާއި، ދިމާވުން ގާތް ހާލަތްތަކާއި، ނުކުމެދާނެ ނަތީޖާތަކުގައި މައުލޫމާތު ރަނގަޅު ނުވެދާނެކަމަށް ލަފާކުރެވޭނަމަ އެ މިންވަރަކާއި، އެ ބައްޔަކާ ގުޅޭގޮތުން އިތުރު ފަރުވާއަށް ހުރި ފުރުސަތުތައް؛

(ނ) ފަރުވާ ކުރެވޭނެ ގޮތްތަކާއި، ފަރުވާ ކުރުމުގެ ކަންތައްތައް އިންތިޒާމް ކުރެވޭނެ ގޮތްތަކާއި، ފަރުވާ ނުކޮށް ދޫކޮށްލެވޭނެ ގޮތްތައް؛

(ރ) އެދިފައިވާ ފަރުވާއާއި ތަހުލީލުތަކުގައި ހިމެނޭ ބައިތަކާއި، އޭގެ މުހިންމުކަން؛

(ބ) ފަރުވާ ދިނުމުން ވާނެ ފައިދާއާއި، ގެއްލުން ވެދާނެ ގޮތްތައް؛

(ޅ) އެދިފައިވާ ފަރުވާއާއި ތަހުލީލުތަކަކީ ދިރާސާއެއްގެ ބައެއްކަން، ނުވަތަ އުފެއްދުންތެރި އައު ފަރުވާއެއްކަން ނުވަތަ ނޫންކަން؛

(ކ) ފަރުވާ ދިނުމުގައި ޒިންމާވާނެ ފަރާތްތަކާއި،  ފަރުވާ ދިނުމުގައި ބައިވެރިވާނެ ފަރާތްތަކާއި، ފަރުވާ ދިނުމުގައި ދަސްކުރާ ދަރިވަރުން ބައިވެރިވާނަމަ އެ ދަރިވަރުންގެ ބައިވެރިވުން އޮތް މިންވަރު؛

(އ) ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއަކަށް ވުމަށް ތަމްރީނުވާ ފަރާތަކަށް އުނގަންނައިދިނުމަށް ބައިވެރިނުވުމުގެ  ނުވަތަ ދިރާސާއެއްގައި ބައިވެރިނުވުމުގެ ހައްގުު ލިބިފައިވާކަން؛

(ވ) ސިިއްހީީ ހިދުމަތް ދޭ ދެވަނަ ފަރާތެއްގެ ލަފާ، ނުވަތަ ބައްޔާ ގުޅޭ ހާާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމުގެ ހައްގުު ލިބިފައިވާކަން؛

(މ) ދޭ ފަރުވާއާ ގުޅޭގޮތުން ފައިސާ ދައްކަންޖެހިދާނެ އެއްވެސް ބިލެއްގެ މައުލޫމާތު.

 

66 ވަނަ މާއްދާލިޔުމުން ރުހުން ހޯދަންޖެހޭ ހާލަތްތައް

(ހ) ބައްޔަކަށް ފަރުވާ ލިބުމަށް ބަލިމީހާ ދެކޮޅުނަހަދާހައި ހިނދަކު ބެލެވޭނީ ބަލިމީހާގެ ރުހުން އޮތްކަމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި  ލިޔުމުން ރުހުން ހޯދާންވާނެއެވެ.

  1. ކުރާ ތަހުލީލަކީ ނުވަތަ ދޭ ފަރުވާއަކީ ހިދުމަތް ހޯދާ ފަރާތަށް އެކަމަކުން ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަމަކަށް ވުން؛
  2. ހިދުމަތް ހޯދާ ފަރާތަށް ދޭ ފަރުވާއަކީ ހޭނައްތައިގެން ނުވަތަ އައްސިކޮށްގެން ދޭ ފަރުވާއަކަށް ވުން؛
  3. ބައްޔަކަށް ފަރުވާ ހޯދުމުގެ ގޮތުން ނޫން ގޮތަކަށް، މެޑިކަލް ރިސަރޗް، ނުވަތަ ކޮސްމެޓިކް ސަރޖަރީ ފަދަ ކަންކަމަށް ދެވޭ ފަރުވާއަކަށް ވުން؛
  4. މި ގަވާއިދުގެ 68 މާއްދާގައިވާ ގޮތަށް ހިދުމަތް ހޯދާ މީހާ ރުހުން ދިނުމަށް ނުކުޅެދިގެންވާ ހާލު، ދެވަނަ ފަރާތަކުން ރުހުން ހޯދަން ޖެހުން.

 

67 ވަނަ މާއްދާ - ނިންމުންތައް ނިންމުމުގައި ނުކުޅެދުން

މި ގަވާއިދުގެ ބޭނުމަށް ޓަކައި އަމިއްލައަށް ނިންމުމެއް ނިންމުމުގައި ބައްޔަކަށް ފަރުވާ ލިބިގަންނަ ފަރާތް ނުކުޅެދުނު ކަމަށް ބެލެވޭނެ ކަންކަން، ތިރީގައި ބަޔާންވެފައި މިވަނީއެވެ.

(ހ) ނިންމަންޖެހޭ ނިންމުމާ ގުޅޭ ފުރިހަމަ މައުލޫމާތު ދޭހަ ނުވުން؛

(ށ) ނިންމަންޖެހޭ ނިންމުމާ ގުޅޭ މައުލޫމާތު ހަނދާނުގައި ހަރުނުލުން؛

(ނ) ނިންމުމެއް ނިންމުމުގައި އެ މައުލޫމާތެއްގެ މުހިންމުކަން ނޭނގުން، ނުވަތަ އެ މައުލޫމާތެއް ބޭނުން ކުރަން ނޭނގުން؛

(ރ) އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ ހަރަކާތުން، ނުވަތަ ދޭހަވާނެ އެހެން ގޮތަކުން ވިޔަސް، ނިންމާ ނިންމުން މުހާާތަަބު ނުކުރެވުން.

 

68 ވަނަ މާއްދާރުހުން ދިނުމަށް ނުކުޅެދުން

(ހ) ބަލިމީހާ އަމިއްލައަށް ގޮތެއް ނިންމުމުގައި ނުކުޅެދިއްޖެނަމަ، ރުހުން ހޯދާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.

  1. ބަލިމީހާގެ ފަރާތުން ސިިއްހީީގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް "ޕަވަރ އޮފް އެޓަރނީ" ދީފައިވާ ފަރާތެއް؛
  2. ބަލިމީހާގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ގާނޫނީ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ؛
  3. ބަލިމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާ؛
  4. ބަލިމީހާގެ 18 (އަށާރަ) އަހަރު ފުރިފައިވާ ދަރިން؛

(ށ) މި މާއްދާގެ (ހ) ގެ (2) ނަންބަރުގެ ދަށުން ރުހުންދެނީ ގާނޫނީ ބެލެނިވެރިޔެއް ނަމަ، ނުވަތަ ބަލަދުވެރިޔެއް ނަމަ، އެ ފަރާތަކީ ބަލިމީހާގެ ގާނޫނީ ބެލެނިވެރިޔާކަން ނުވަތަ ބަލަދުވެރިޔާކަން އެނގޭނެ ރަސްމީ ލިޔުމެއް އޮންނާންވާނެއެވެ.

(ނ) ބަދަލުގައި ރުހުން ދޭ ފަރާތަކީ ރުހުން ދިނުމަށް ނަފްސާނީގޮތުން އެކަށިގެންވާ ގާބިލް ފަރާތަކަށް ވާންވާނެއެވެ.

 

69 ވަނަ މާއްދާރުހުން ހޯދުމަކާ ނުލައި ހިދުމަތް ފޯރުކޮށްދިނުން

(ހ) ފަރުވާ ދިނުން ލަސްވެއްޖެނަމަ، ބަލިމީހާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުވަތަ ރަނގަޅު ނުކުރެވޭނެ ފަދަ ސިިއްހީީ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފަރުވާދޭ ފަރާތަށް ފެނިއްޖެ ހާލަތެއްގައި، ބަލިމީހާއަށް އެންމެ ރަނގަޅުގޮތް ކަމަށް ބަލައި، ބަލިމީހާގެ ރުހުން ހޯދުމަކާ ނުލައި ފަރުވާ ދެވިދާނެއެވެ.

(ށ) ހިދުމަތް ހޯދާ ފަރާތަށް އެ ހިދުމަތް ފޯރުކޮށްނުދީފިނަމަ އާންމު ސިިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް، އާންމު ސިިއްހަތު ރައްކައުތެރިކުރުމާބެހޭ މުއައްސަސާގެ އިސްވެރިޔާއަށް ފެނިއްޖެ ހިނދެއްގައި، ރުހުން ނުހޯދައި   އެ ފަރާތަށް ފަރުވާ ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަރުވާ ދޭ ހާލަތްތަކުގައި، އަންނަނިވި ކަންކަން ކުރާންވާނެއެވެ.

  1. ރުހުން ނުހޯދައި ފަރުވާ ދޭ ހާލަތުގައި، ފަރުވާ ދޭ ފަރާތުގެ އިތުރުން، ފަރުވާ ދޭ ބައްޔަށް ހާާއްސަ ދެ ވަނަ ސްޕެށަލިސްޓެއްގެ ލަފާ އެކަމުގައި ހޯދާންވާނެއެވެ.
  2. ރުހުން ނުހޯދައި ފަރުވާ ދޭންޖެހުނު ސަބަބު، ލިޔުމުން އޮންނާންވާނެއެވެ.
  3. އެ މީހެއްގެ ރުހުން ނެތި ފަރުވާ ހޯދާ ހާލަތްތަކުގައި، އެ މީހަކަށް އެންމެ ފައިދާހުރި ގޮތަކަށް ރިއާޔަތް ކުރާންވާނެއެވެ.
  4. ރުހުން ނުހޯދައި ފަރުވާ ދިނުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެކަމުގެ މައުލޫމާތު އާއިލާއަށް، ނުވަތަ މި ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) ގައިވާ ފަރާތްތަކަށް ދޭންވާނެއެވެ.

 

70 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދިނުމަށް އިއުތިރާޒު ކުރުން

(ހ) ސިިއްހީީ ހިދުމަތެއް ހޯދަން އަންނަ މީހަކު، އެ މީހެއްގެ އަމަލުން، ނުވަތަ ބަހުން، ސިިއްހީީ ހިދުމަތް ދޭން ހުރި މީހަކަށް ބިރުދައްކައި މީހަކަށް ގެއްލުމެއް ދޭން މަސައްކަތްކޮށް، ނުވަތަ އެފަދަ ބިރެއް ކުރިމަތިކޮށްފާނެ ކަމުގެ އިންޒާރުދީ، ނުވަތަ ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިންސީގޮތުން ގޯނާކޮށްފިނަމަ، އެ ފަރާތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް އިއުތިރާޒު ކުރުމުގެ ހައްގުު، ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ސިިއްހީީ ހިދުމަތް ދޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިދުމަތެއް ދިނުމަށް އިންކާރު ކުރާ ހާލަތްތަކުގައި، އަންނަނިވި އިޖުރާއަތުތައް ފުރިހަމަ ކުރާންވާނެއެވެ.

  1. ހިދުމަތް ދިނުމަށް އިންކާރުކުރާ ސަބަބު ބަޔާންކޮށްދިނުން؛
  2. ބަލިމީހާއަށް ހިދުމަތް ލިބޭނެގޮތް މަގުފަހި ކޮށްދިނުން. އަދި ސިިއްހީީ ހިދުމަތް ދޭ އަމިއްލަ ތަންތަނުގައި އެފަދަ ދެވަނަ ސިިއްހީީ ފަންނުވެރިޔަކު ނެތް ނަމަ، ސިިއްހީީ ހިދުމަތް ދޭ އެހެން ތަނަކަށް ފޮނުވިދާނެއެވެ.

 

71 ވަނަ މާއްދާ - އިމަޖެންސީކޮށް ސިިއްހީީ ހިދުމަތް ދިނުން

އިމަޖެންސީކޮށް ސިިއްހީީ ހިދުމަތެއް ދޭންޖެހޭ ހާލަތުގައި ތަނުގައި ކަންކުރާނެ އުސޫލެއް ލިޔެ މިނިސްޓްރީގެ އެޕްރޫވަލް ހޯދާންވާނެއެވެ. މި އުސޫލުގައި، އަންނަނިވި ކަންކަން ހިމަނާންވާނެއެވެ.

(ހ) އިމަޖެންސީގައި ދޭނެ ހިދުމަތްތައް؛

(ށ) އިމަޖެންސީގައި ހިދުމަތް ދިނުމަށް އިންތިޒާމްކޮށްފައިވާ ގޮތް؛

(ނ) އިމަޖެންސީގައި ހިދުމަތް ދިނުމުގައި ޒިންމާވާނެ ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން؛

(ރ) އިމަޖެންސީގައި ހިދުމަތް ދިނުމުގައި މެޑިކަލް ރިކޯޑާއި އެހެނިހެން މައީލޫމާތު ބަލަހައްޓާނެގޮތާއި، ބަލިމީހާގެ ރުހުން ހޯދާނެ ގޮތް؛

(ބ) ސިިއްހީީ ހިދުމަތް ދޭ އެހެން ތަނަކަށް ބަލިމީހާ ރިފަރ ކުރާނެ ގޮތް.

 

72 ވަނަ މާއްދާ - އެނދުމަތިކޮށްފައިވާ މީހުން ދޫކޮށްލުން

ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި އެނދުމަތިކުރުމަށްފަހު ދޫކޮށްލާއިރު، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމެނޭ ލިޔުމެއް ބަލިމީހާއަށް، ނުވަތަ ބަލިމީހާއާއެކު އެ ވަގުތު ހުންނަ އެހީތެރިޔާއަށް ދޭންވާނެއެވެ.

(ހ) ބަލިމީހާއަށް ދިން ފަރުވާ؛

(ށ) އެނދުމަތި ކޮށްގެން ފަރުވާ ދިން މުއްދަތު؛

(ނ) އިތުރު ފަރުވާ ހޯދަންޖެހޭނަމަ، އެ ކަން؛

(ރ) ބޭހެއް ބޭނުންކުރަން ޖެހޭނަމަ، ބޭހުގެ މައުލޫމާތާއި، ބޭސް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު؛

(ބ) ވަކި މުއްދަތަކަށްފަހު އަނބުރާ ފަރުވާ ހޯދަންޖެހޭނަމަ، އެ ކަން؛

(ޅ) އާންމު ދިރިއުޅުމުގައި ބަލިމީހާ ސަމާލުކަން ދޭންވީ ކަމެއް ވާނަމަ، އެ ކަން.

 

73 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

(ހ) ސިިއްހީީ ހިދުމަތް ދޭ ކޮންމެ ތަނެއްގައި ވެސް، އެ ތަނަކަށް ހުށަހަޅާ ށަކުވާތައް ބެލުމުގެ ނިޒާމެއް ހަމަޖައްސައިފައި އޮންނާންވާނެއެވެ.

(ށ) ތަނަށް ހުށަހަޅާ ށަކުވާތައް ބެލުމުގެ ނިޒާމުގައި، އަންނަނިވި ކަންތައްތައް ކަށަވަރު ވާންވާނެއެވެ.

  1. ތަނުގައި އެކުލަވައިލައިފައިވާ ށަކުވާ ބެލުމުގެ ނިޒާމަކީ ހަރުދަނާ ނިޒާމަކަށް ވުން؛
  2. ށަކުވާތައް ފުރިހަމައަށް ތަހުގުީގުު ކުރުން؛
  3. ށަކުވާތަކާ ގުޅިގެން އަވަސް ފިޔަވަޅު އެޅޭނެ ނިޒާމަކަށް ވުން؛
  4. ށަކުވާ ކުރާ ފަރާތާ އިހުތިރާމާއެކު މުއާމަލާތު ކުރުން؛
  5. ށަކުވާ ތަހުގުީގުުކޮށް ނިމުމުން، ނިމުނު ގޮތް، ށަކުވާ ހުށަހެޅި ފަރާތަށް އެންގުން؛
  6. ށަކުވާއާ ގުޅިގެން ފިޔަވަޅު އެޅުން؛
  7. ށަކުވާ ހުށަހެޅި ފަރާތަށް ނޭނގޭނަމަ، ކަން ކުރާނެ ގޮތް؛
  8. ށަކުވާ ބެލުމަށާއި ފިޔަވަޅު އެޅުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތުން؛

 

74 ވަނަ މާއްދާ - ބެލޭނެ ށަކުވާ

(ހ) ސިިއްހީީ ހިދުމަތް ދޭ ތަންތަނާ ގުޅިގެން އަންނަނިވި ބާވަތުގެ ށަކުވާ ހުށަހެޅިދާނެއެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނުން ލިބެން ހުރި ހިދުމަތެއްގެ ފެންވަރާ ގުޅިގެން ހުށަހަޅާ ށަކުވާ؛
  2. ސިިއްހީީ ހިދުމަތް ހޯދާ މީހަކަށް، ގާނޫނާއި ގަވާއިދުގެ ދަށުން ލިބިދޭ ހައްގުެއް ގެއްލިގެން ހުށަހަޅާ ށަކުވާ؛
  3. ސިިއްހީީ ހިދުމަތް ދޭ ތަނާއި، އެ ތަނުގައި ބޭނުންކުރާ އާލާތްތަކުގެ ރައްކައުތެރިކަމާ ގުޅިގެން ހުށަހަޅާ ށަކުވާ؛
  4. ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ އަމަލުތަކާ ގުޅިގެން ނުވަތަ އެ ތަނެއްގެ އިސްވެރިޔެއްގެ އަމަލުތަކާ ގުޅިގެން ހުށަހަޅާ ށަކުވާ؛
  5. ސިިއްހީީ ހިދުމަތް ދޭ ތަނަކުން ފޯރުކޮށްދިން ހިދުމަތުގައި ހުރި މައްސަލަތަކާ ގުޅިގެން ހުށަހަޅާ ށަކުވާ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ހުށަހަޅާ ށަކުވާއަކީ އަންނަނިވި ހާލަތްތަކުގައި ބެލޭނެ ށަކުވާއެއް ނޫނެވެ.

  1. ށަކުވާ ހުށަހެޅުމަށް މި ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުން؛
  2. ހިދުމަތް ފޯރުކޮށްދިން ތަނަކާ، ނުވަތަ ތަނަކުން ފޯރުކޮށްދިން ހިދުމަތަކާ ގުޅުމެއް ނެތް ށަކުވާއަކަށް ވުން؛

 

75 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ފަރާތް

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ށަކުވާ ހުށަހެޅޭނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނަކުން ހިދުމަތެއް ހޯދި ފަރާތެއް، ނުވަތަ ހިދުމަތް ހޯދި ފަރާތުގެ ގާނޫނީ ބެލެނިވެރިއެއް، ނުވަތަ ސިިއްހީީ ހިދުމަތް ހޯދި ފަރާތާއި ހޯދި ސިިއްހީީ ހިދުމަތާ ގުޅޭ ސައްހަ މައުލޫމާތު ދެވޭނެ ފަރާތެއް؛
  2. ސިިއްހީީ ހިދުމަތް ދޭ ތަނަކުން ނިންމި ނިންމުމަކުން، ނުވަތަ     އެޅި ފިޔަވަޅަކުން، ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން ނޭދެވޭ އަސަރު ކުރި ފަރާތެއް؛
  3. މަރުވެފައިވާ ފަރާތެއް، ނުވަތަ ކުޑަކުއްޖެއް، ނުވަތަ އަމިއްލައަށް ށަކުވާ ހުށަހެޅުމަށް ނުކުޅެދިފައިވާ މީހެއްގެ ފަރާތުން ބަދަލުގައި އެ ފަރާތާ ގުޅުން ހުރި ފަރާތެއް.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ށަކުވާއެއް ހުށަހެޅުމުން، އެއީ ބެލޭނެ ށަކުވާއެއްކަން ނުވަތަ ނޫންކަން، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތް އެނގޭނަމަ، އެ ފަރާތަކަށް އަންގާންވާނެއެވެ.

 

76 ވަނަ މާއްދާ - ހުށަހެޅި ށަކުވާއަކާ ގުޅޭ މައްސަލަ ތަހުގުީގުު ކުރުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކާ ގުޅިގެން ހުށަހަޅާ ށަކުވާތަކާ ގުޅޭގޮތުން ޒިންމާވާނެ ފަރާތެއް، ސިިއްހީީ ހިދުމަތް ދޭ ކޮންމެ ތަނެއްގައި ކަނޑައަޅައިފައި ހުންނާންވާނެއެވެ. އަދި ހުށަހަޅާ ށަކުވާތަކާ ގުޅޭ މައްސަލަ ތަހުގުީގުު ކުރާނެއް އުސޫލެއް ލިޔެފައި އޮންނާންވާނެއެވެ.

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ހުށަހަޅާ ށަކުވާއާ ގުޅޭ މައްސަލަ، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބަލައި ނިންމާންވާނެއެވެ.

 

77 ވަނަ މާއްދާ - ށަކުވާ ހުށަހެޅޭ މުއްދަތު

(ހ) ސިިއްހީީ ހިދުމަތަކާ ގުޅިގެން ށަކުވާ ހުށަހެޅޭނީ، އެ ކަމެއް ހިނގިތާ    12 (ބާރަ) މަސްދުވަހުގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ށަކުވާ ހުށަހެޅުމުގެ ފުރުސަތު، މި ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ފަރާތަކަށް ލިބިފައި ނުވާނަމަ، ނުވަތަ   12 (ބާރަ) މަސްދުވަހުގެ ތެރޭގައި ށަކުވާ ހުށަހެޅިފައިނުވަނީ މަގުްބޫލު ސަބަބެއް އޮވެގެން ކަމަށް ވާނަމަ، އެ މުއްދަތު ފާއިތުވިކަމުގައި ވިޔަސް، އެ ށަކުވާ ހުށަހެޅިދާނެއެވެ.

 

78 ވަނަ މާއްދާ - ށަކުވާތައް ބެލުމުގައި އަމަލު ކުރާނެ އާންމު އުސޫލު

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ހުށަހަޅާ ށަކުވާއާ ގުޅިގެން،  ވަކިފަރާތަކަށް ނުޖެހޭ، މިނިވަން ތަހުގުީގުެއް އެ ތަނަކުން ކުރާންވާނެއެވެ. އަދި އިންޓާނަލް ރިވިއުއެއް ކުރާންވާނެއެވެ. މިގޮތުން ށަކުވާއާ ގުޅޭ މައްސަލަ ތަހުގުީގުު ކުރުމުގައި، ކަމާބެހޭ އެންމެހައި ލިޔެކިޔުންތަކާއި މައުލޫމާތު ހޯދާންވާނެއެވެ.

(ށ) ށަކުވާއާ ގުޅޭ މައްސަލަ ތަހުގުީގުުކޮށް ނިމުމުން، އެ ށަކުވާއާ ގުޅޭގޮތުން އަންނަނިވި ބާވަތުގެ ފިޔަވަޅެއް އެޅިދާނެއެވެ.

  1. ށަކުވާ ހުށަހެޅީ މުވައްޒަފަކާ ދެކޮޅަށް ނަމަ، ނުވަތަ ފަންނީ އެހީތެރިޔަކާ ދެކޮޅަށް ނަމަ، އެ މައްސަލައެއް ތަހުގުީގުު ކުރުމަށްފަހު، އިދާރީ މައްސަލައެއް ނަމަ، ތަނުގައި އަމަލުކުރާ މިންގަނޑުތަކާ އެއްގޮތަށް އިދާރީގޮތުން ފިޔަވަޅު އެޅުމާއި، ސިިއްހީީ ހިދުމަތްތެރިޔެއްގެ މައްސަލައެއް ނަމަ، އެ ފަންނަކާ ގުޅޭ ކައުންސިލަކަށް ހުށަހެޅުން؛
  2. ހުށަހެޅި ށަކުވާއާ ގުޅިގެން ޖިނާއީ ތަހުގުީގުެއް ކުރަންޖެހޭކަމަށް ފެނިއްޖެ ހާލަތެއްގައި، ކަމާބެހޭ އިދާރާއަށް، ވީ އެންމެ އަވަހަށް ރިޕޯޓުކުރުން؛
  3. ށަކުވާއާ ގުޅިގެން ތަނުގައި އަމަލުކުރާ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް ބަދަލުކުރަންޖެހޭ ކަމަށް ފެންނަނަމަ، އެފަދައިން     އެ އުސޫލަކަށް ނުވަތަ މިންގަނޑަކަށް ބަދަލު ގެނައުން؛
  4. މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، ނުވަތަ މަތީގައިވާ އެއްވެސް ހާލަތަށް ނުފެތޭ ކަންކަމުގައި، ހުށަހެޅި ށަކުވާއަކަށް އެންމެ އެކަށޭނަ ފިޔަވަޅެއް އެޅުން.

(ނ) ށަކުވާ ބަލައި ނިމުމުން، އެ ށަކުވާއެއް ބަލައި ނިމޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތް އެނގޭނަމަ،   އަންނަނިވި މައުލޫމާތު، ލިޔުމުން އެ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.

  1. ށަކުވާއާ މެދު ނިންމި ގޮތް؛
  2. ށަކުވާ ހުށަހެޅީ ވަކި ފަރާތަކާ ދެކޮޅަށް ނަމަ، އެ މީހަކާ މެދު އެޅި ފިޔަވަޅު؛
  3. ށަކުވާ ހުށަހެޅީ ވަކި ހިދުމަތަކާ ގުޅޭގޮތުން ނަމަ، އެ ކަމަކާ ގުޅޭގޮތުން އެޅި ފިޔަވަޅު؛
  4. ށަކުވާއާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް ނިންމި ނަމަ، އެކަމުގެ ތަފުސީލު.

 

79 ވަނަ މާއްދާ - ހުށަހަޅާ ށަކުވާތަކުގެ ރިކޯޑު ބެލެހެއްޓުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ހުށަހަޅާ ށަކުވާއާ ގުޅޭ ރިކޯޑު ބަލަހައްޓާންވާނެއެވެ.
 
(ށ)ސިިއްހީީ ހިދުމަތް ދޭ ތަނަކަށް ހުށަހަޅާ ށަކުވާތަކާ ގުޅިގެން، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތަށް އަހަރަކު އެއްފަހަރު މިނިސްޓްރީއަށް އަހަރީ ރިޕޯޓެއް ހުށަހަޅާންވާނެއެވެ.

  1. އެ އަހަރަކު ހުށަހެޅި ށަކުވާގެ އަދަދު؛
  2. ހުށަހެޅި ށަކުވާއާ ގުޅިގެން އެޅި ފިޔަވަޅުތައް؛
  3. ހުށަހެޅި ށަކުވާއާ ގުޅިގެން ތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރި ކަންކަމާއި، ތަނުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތައް؛
  4. އެފަދަ ށަކުވާތައް ތަކުރާރު ނުކުރުމަށް އެ ތަނަކުން ކޮށްފައިވާ މަސައްކަތްތައް.

 

7 ވަނަ ބާބު

އެހެނިހެން ކަންތައްތައް

80 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަނެއް، ނުވަތަ ތަނަކުން ފޯރުކޮށްދޭ އެއްވެސް ހިދުމަތެއް އިސްތިހާރުކުރާންވާނީ، މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދައިގެންނެވެ. 

(ށ) ސިިއްހީީ ހިދުމަތް ދޭ ތަނެއް، ނުވަތަ ސިިއްހީީ ހިދުމަތެއް އިސްތިހާރު ކުރުން ކަމުގައި ބެލެވޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމުންނެވެ.

  1. ތަނުގައި އާދަޔާ ހިލާފު ބޮޑު ނަންބޯޑެއް ބެހެއްޓުން؛
  2. ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި، ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ބިލްބޯޑާއި، ޕޯސްޓަރާއި، ލީފްލެޓް ފަދަ ތަކެތި އާންމުންނަށް ފެންނާނޭހެން ސިިއްހީީ ހިދުމަތް ދޭ ތަނުގެ ތެރޭގައި ނޫންގޮތަކަށް ބެހެއްޓުން؛
  3. ރޭޑިއޯއާއި، ޓީވީއާއި، ނޫސް މަޖައްލާއާއި، މީސްމީޑިއާގެ އެންމެހައި ވަސީލަތްތައް ބޭނުންކޮށްގެން، ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި، އެ ތަންތަނުން ދޭ ހިދުމަތްތައް އަންގައިދިނުން؛
  4. ޓެލެފޯން ޑައިރެކްޓަރީ ނުވަތަ އެފަދަ އެހެން ފޮތެއްގައި، ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި، އެ ތަންތަނުން ދޭ ހިދުމަތްތައް އެނގޭގޮތަށް ވަކި ސަފުހާއެއްގައި ލިޔުން؛

(ނ) ސިިއްހީީ ހިދުމަތް ދޭ ތަނެއް، ނުވަތަ ތަނަކުން ފޯރުކޮށްދޭ އެއްވެސް ހިދުމަތެއް އިސްތިހާރުކުރަން މިނިސްޓްރީއަށް ހުށަހަޅާނީ، "ސިިއްހީީ ހިދުމަތް ދޭ ތަންތަނާއި، ސިިއްހީީ ހިދުމަތްތަކުގެ އިސްތިހާރު ފާސްކުރަން އެދޭ ފޯމު" އިންނެވެ. އެ ފޯމު ހުށަހަޅާއިރު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ތަކެތި ހުށަހަޅާންވާނެއެވެ.

 

81 ވަނަ މާއްދާ - މެޑިކަލް ސެޓުފިކެޓު ދޫކުރުން

(ހ) ސިިއްހީީ ހިދުމަތް ދޭ ތަންތަނުން މެޑިކަލް ސެޓުފިކެޓު، ނުވަތަ ސަލާމް ސެޓުފިކެޓު ދޫކުރެވިދާނެއެވެ.

(ށ) މެޑިކަލް ސެޓުފިކެޓު ނުވަތަ ސަލާމުގެ ސެޓުފިކެޓު ދޫކުރާންވާނީ، ސިިއްހީީ ހިދުމަތް ދޭ ތަން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީވެ، މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް އަދި އެ ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުންނާއި ޑެންޓިސްޓުންނެވެ. މީގެ އިތުރުން، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީވެ، މުއްދަތު ހަމަނުވާ ލައިސަންސް އޮތް އަދި އެ ސިިއްހީީ ހިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންގެ ތެރެއިން އެލައިޑް ހެލްތު ކައުންސިލުން ކަނޑައަޅާ ސްކޯޕް އޮފް ޕްރެކްޓިސްގައި   އެ ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންނަށް މެޑިކަލް ސެޓުފިކެޓު ދޫކުރެވޭނެކަން ބަޔާންކޮށްފައިވާ މަސައްކަތްތެރީންނެވެ. ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ، މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އެ ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ކޮމިޔުނިޓީ ހެލްތް އޮފިސަރުންނެވެ.

(ނ) މެޑިކަލް ސެޓުފިކެޓު ނުވަތަ ސަލާމުގެ ސެޓުފިކެޓު ދޫކުރާންވާނީ، ހިދުމަތް ހޯދާ މީހާގެ ބަލީގެ ބާވަތުން ސެޓުފިކެޓު ދޫކުރަން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑޮކްޓަރަކަށް، ނުވަތަ ޑެންޓިސްޓަކަށް، ނުވަތަ ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއަކަށް، ނުވަތަ ކޮމިޔުނިޓީ ހެލްތު އޮފިސަރަކަށް ފެންނަނަމައެވެ.

(ރ) ކުޑަކުއްޖެއްގެ ބަލީގެ ސަބަބުން، ނުވަތަ ބަލަދުއަރާ މީހެއްގެ ބަލީގެ ސަބަބުން އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރިއަކަށް މެޑިކަލް ސެޓުފިކެޓު، ނުވަތަ ސަލާމުގެ ސެޓުފިކެޓު ދޫކުރެވިދާނެއެވެ.

(ބ) ބަލީގެ ބާވަތުން، ޑޮކްޓަރަށް ނުވަތަ ކޮމިޔުނިޓީ ހެލްތު އޮފިސަރަށް ފެނިއްޖެ ހާލަތެއްގައި، ފާއިތުވި 2 (ދޭއް) ދުވަސް ހިމަނައިގެން މެޑިކަލް ސެޓުފިކެޓު، ނުވަތަ ސަލާމުގެ ސެޓުފިކެޓު ދޫކުރެވިދާނެއެވެ.

(ޅ) ސިިއްހީީ ހިދުމަތް ދޭ ތަނަކުން ދޫކުރާ މެޑިކަލް ސެޓުފިކެޓުގެ ކޮޕީއެއް، ނުވަތަ ސަލާމުގެ ސެޓުފިކެޓުގެ ކޮޕީއެއް، ހިދުމަތް ދޭ ތަނުގައި އޮންނާންވާނެއެވެ.

(ކ) މެޑިކަލް ސެޓުފިކެޓުގައި، ނުވަތަ ސަލާމުގެ ސެޓުފިކެޓުގައި، އަންނަނިވި މައުލޫމާތު އެނގެން އޮންނާންވާނެއެވެ.

  1. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ނަމާއި، އެޑްރެހާއި، ލޯގޯ؛
  2. ބަލިމީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓުގެ ނަންބަރު؛
  3. ސެޓުފިކެޓުގެ ސީރިއަލް ނަންބަރު؛
  4. ބަލީގެ ބާވަތް؛
  5. ސެޓުފިކެޓު ދޫކުރި ތާރީހު؛
  6. ސެޓުފިކެޓު ދޫކުރި މުއްދަތު (ތާރީހާާއެކު)؛
  7. ސެޓުފިކެޓު ދޫކުރި ޑޮކްޓަރުގެ ނުވަތަ ކޮމިޔުނިޓީ ހެލްތު އޮފިސަރުގެ ނަމާއި، ސޮޔާއި، ތައްގަނޑާއި، ރެޖިސްޓްރޭށަން ނަންބަރު؛
  8. ސިިއްހީީ ހިދުމަތް ދޭ ތަނުގެ ތައްގަނޑު.

 

82 ވަނަ މާއްދާ - ށަރުއީީ ކޯޓެއްގެ ބޭނުމަށް ސަލާމް ސެޓުފިކެޓު ދޫކުރުން

ށަރުއީީ ކޯޓެއްގެ ބޭނުމަށް ނުވަތަ ކޯޓު އަމުރެއްގެ ދަށުން އެދިއްޖެނަމަ، މެޑިކަލް ސެޓުފިކެޓު ނުވަތަ ސަލާމުގެ ސެޓުފިކެޓު ދޫކުރާންވާނެއެވެ. މިގޮތުން ދޫކުރާ ސެޓުފިކެޓުގައި، މި ގަވާއިދުގެ 81 ވަނަ މާއްދާގެ (ކ) ގައިވާ މައުލޫމާތު ހިމަނާންވާނެއެވެ.

 

83 ވަނަ މާއްދާ - ޓެލެމެޑިސިންގެ ހިދުމަތް

ސިިއްހީީ ހިދުމަތް ދޭ ތަނަކުން ޓެލެމެޑިސިންއާއި އޮންލައިންކޮށް ސިިއްހީީ ހިދުމަތް ދޭންވާނީ، މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައިގެން މިނިސްޓްރީގައި ރަޖިސްޓަރީކޮށް، ލައިސަންސް ހޯދައިގެން، އަދި މިނިސްޓްރީން އެކުލަވައިލައިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

(ހ) ޓެލެމެޑިސިންއާއި އޮންލައިންކޮށް ސިިއްހީީ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރާ ފަރާތާއި މިނިސްޓްރީއާ މުއާމަލާތު ކުރެވޭނެ ތަނެއް ގާއިމް ކޮށްފައި ހުންނާން ވާނެއެވެ.

(ށ) ޓެލެމެޑިސިންގެ ހިދުމަތް ދެނީ ކިއޮސްކް މެދުވެރިކޮށް ކަމަށް ވާނަމަ، އެ ކިއޮސްކް އިންސްޓޯލް ކުރަންވާނީ، އެކަމަށް ހާާއްސަ ކޮޓަރިއެއްގައެވެ. ކިއޮސްކް ނުވަތަ އެހެން ނިޒާމެއްގެ މެދުވެރިކޮށް ވިޔަސް ޓެލެމެޑިސިންގެ ހިދުމަތް ދޭ ތަނަކަށް، ޓެލެމެޑިސިންގެ ހިދުމަތް ދޭ ވަގުތު، އަޑާއި ވީޑިއޯއަށް މެދުކެނޑުމެއް އައިސްގެން ނުވާނެއެވެ. އަދި އެ ތަނަކީ ފުރިހަމަޔަށް އަލި ލިބޭ، ބަލިމީހާއާ ކުރެވޭ މުއާމަލާތްތަކުގެ ސިއްރު ހިފެހެއްޓޭ ތަނަކަށް ވާންވާނެއެވެ.

(ނ) ބަލި ދެނެގަތުމަށް ޓަކައި ބަލިމީހާގެ ހަށިގަނޑު ފިޒިކަލްގޮތުން ބަލަންޖެހޭ ހާލަތްތަކާއި، ސިިއްހީީ އިމަޖެންސީ ހާލަތުގައި، ސީދާ ބަލިމީހާއަށް ގުޅައިގެން ޓެލެމެޑިސިންގެ ހިދުމަތެއް ނުދެވޭނެއެވެ. ނަމަވެސް ބަލިމީހާގެ ކައިރީގައި ހުންނަ ސިިއްހީީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ކިއޮސްކު މެދުވެރިކޮށް ޓެލެމެޑިސިންގެ ހިދުމަތް ދެވިދާނެއެވެ.

(ރ) ބަލިމީހާއަށް ބޭނުންވާ ބޭސް ލިޔެދެވޭނީ، ސިިއްހީީ ހިދުމަތްތެރިޔާއާއި ބަލިމީހާއާ ދެމެދު ވަގުތުން އަޑާއި ވީޑިއޯ ރެކޯޑުކޮށް ޓެލެމެޑިސިންގެ ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމްކޮށްފައިވާ ނަމައެވެ.

(ބ) ގަވާއިދު ނަންބަރު 1070/2019 (މެޑިކަލް ރިކޯޑާބެހޭ ގަވާއިދު) އާ އެއްގޮތަށް ސިއްރު ހިފެހެއްޓޭނޭހެން، ބަލިމީހާގެ އެންމެހައި މައުލޫމާތު ރައްކައުތެރިކަމާއެކު ބަލަހައްޓާންވާނެއެވެ.

(ޅ) ޓެލެމެޑިސިންގެ ހިދުމަތް ދޭންވާނީ،  ތިރީގައިވާ މައުލޫމާތު  ބަލިމީހާޔަށް ދޭހަވާނެ ގޮތަކަށް ފޯރުކޮށްދީ، އެ ފަރާތުން ލިޔުމުން އެއްބަސްވާނަމައެވެ.

  1. ޓެލެމެޑިސިންގެ ހިދުމަތުގެ ނިޒާމު މަސައްކަތް ކުރާ ގޮތް؛
  2. ޓެލެމެޑިސިންގެ ހިދުމަތުގެ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭނެ ހިދުމަތްތަކާއި، ބަލިމީހާއަށް ލިބިދެވޭނެ ރައްކައުތެރިކަމާއި، ޕްރައިވެސީ ލިބިދެވޭނެ މިންވަރު؛
  3. ބަލިމީހާގެ މެޑިކަލް ރިކޯޑުތަކުގެ ސިއްރު ހިފެހެއްޓޭނެ މިންވަރު؛
  4. ޓެލެމެޑިސިންގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ ޓެކްނިކަލް މައްސަލަތައް؛
  5. ބޭސް ލިޔެދޭ އުސޫލު؛
  6. އެހެނިހެން ހިދުމަތްތަކަށް ރިފަރ ކުރާނެ އުސޫލު.

 

84 ވަނަ މާއްދާ - ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި ތިންވަނަ ފަރާތަކާ ގުޅިގެން ދޭ ހިދުމަތްތައް

ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި، ތިންވަނަ ފަރާތަކާ ގުޅިގެން ދޭ އެންމެހައި ހިދުމަތްތަކަށް ފުރިހަމައަށް ޒިންމާ އުފުލަންވާނީ، އެ ހިދުމަތް ދިނުމަށް ލައިސަންސް ހޯދައިފައިވާ ފަރާތުންނެވެ.

 

85 ވަނަ މާއްދާ - އައުޓްސޯސްކޮށްގެން ސިިއްހީީ ހިދުމަތެއް ދިނުން

ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި އައުޓްސޯސްކޮށްގެން އެއްވެސް ހިދުމަތެއް ދޭންވާނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދުމަށް ފަހުއެވެ.

 

86 ވަނަ މާއްދާ - ހޯމް ވިޒިޓްސް

އެއްވެސް ބާވަތެއްގެ ސިިއްހީީ ހިދުމަތެއް، ގެއަކަށް ނުވަތަ އެހެން ތަނަކަށް ގޮސްގެން ދޭންވާނީ، އެ ފަންނަކާ ގުޅޭ ކައުންސިލެއްގައި ރަޖިސްޓަރީކޮށް، ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި މަސައްކަތް ކުރުމަށް ހުއްދަ ލިބުމަށްފަހުގައެވެ. މިގޮތުން ދޭ ހިދުމަތްތަކުގެ ރިކޯޑު، ސިިއްހީީ ހިދުމަތް ދޭ ތަނުގައި ހުންނާންވާނެއެވެ.

 

87 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް ސިިއްހީީ ހިދުމަތް ދޭ ތަނެއް ހިންގާނަމަ، އެ ތަނެއް ހިންގާ ފަރާތެއް، 50,000 (ފަންސާސް ހާސް) ރުފިޔާއާއި 1,000,000 (އެއް މިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ 3 (ތިނެއް) މަސްދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ނުހޯދައި ސިިއްހީީ ހިދުމަތެއް ދޭނަމަ، އެ ތަނެއް ހިންގާ ފަރާތެއް، 50,000 (ފަންސާސް ހާސް) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ 3 (ތިނެއް) މަސްދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދު މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަނެއްގެ ރަޖިސްޓަރީ ބާތިލުވެފައި ވަނިކޮށް، ނުވަތަ ލައިސަންސް ވަގުތީގޮތުން ހިފަހައްޓައިފައިވަނިކޮށް، ނުވަތަ ބާތިލުވެފައި ވަނިކޮށް، ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް، ސިިއްހީީ ހިދުމަތެއް ދޭނަމަ، އެ ތަނެއް ހިންގާ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ 3 (ތިނެއް) މަސްދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދު މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

(ރ) ސިިއްހީީ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިން އެ ތަނުގައި މަސައްކަތްކުރުމަށް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ ތަނެއް ހިންގާ ފަރާތެއް، 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) މި ގަވާއިދުގައި ކުށެއް ކަމުގައި ބަޔާންކޮށް އަދަބު ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރުން، މި ގަވާއިދާ ހިލާފަށް ސިިއްހީީ ހިދުމަތް ދޭ ތަނެއް ހިންގާނަމަ، ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެ ފަރާތެއް ނުވަތަ އެ ތަނެއް ހިންގާ ފަރާތެއް 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) ގާނޫނާއި މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާ ކުރެވޭ މައްސަލަތަކުގައި، އެ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެ ކުށެއް ތަކުރާރުވުމުގެ ކުރިން ކުރި ޖޫރިމަނާގެ %50 (ފަންސާސް އިންސައްތަ) އިތުރުކުރެވޭނެއެވެ. މިގޮތުން ކުރެވޭ ކުރެވޭ ޖޫރިމަނާ 1,000,000 (އެއްމިލިޔަން) ރުފިޔާއަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ބޭނުމަށް ޓަކައި، ކުށް ތަކުރާރުކުރުން ކަމުގައި ބަލާނީ، ޖޫރިމަނާކުރި ތާރީހުން ފެށިގެން މީލާދީގޮތުން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ކުށެއް ކޮށްފިނަމައެވެ.

(އ) މީލާދީގޮތުން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެއްކުށެއް 3 (ތިނެއް) ފަހަރަށް ތަކުރާރުކޮށްފިނަމަ، އެ ތަނެއް ހިންގުމަށް ދޫކޮށްފައިވާ ލައިސަންސާއި ރަޖިސްޓަރީ ބާތިލު ކުރެވޭނެއެވެ.

(ވ) ސިިއްހީީ ހިދުމަތް ދޭ ތަނަކާ ބެހޭގޮތުން ކުރާ ތަހުގުީގަކަށް ބޭނުންވާ މައުލޫމާތު މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ދެކޮޅުހަދާ ފަރާތެއް، 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

88 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އީިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި އީިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އީިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ސިިއްހީީ ހިދުމަތް ދޭ ތަން" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ  35 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ތަންތަނަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ކަންކަމާބެހޭ ސިޔާސަތުތައް ތަންފީޒުު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "ކޮމިށަނަރ" ކަމަށް ބުނެފައި އެ ވަނީ، ކޮމިށަނަރ އޮފް ކޮލިޓީ އެށީުއަރެންސަށެވެ.

(ރ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 29/2015 (ސިިއްހީީ ހިދުމަތް ދިނުމުގެ ގާނޫނު) އަށެވެ.

(ބ) "އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކޮށް އިންސްޕެކްޓް ކުރުމަށް މި ގަވާއިދުގެ 51 ވަނަ މާއްދާގެ ދަށުން ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

(ޅ) "އެނދުމަތިކުރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި އެނދުމަތިކޮށްގެން ފަރުވާދިނުމުގެ ހިދުމަތަށެވެ.

(ކ) "ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 13/2015 (ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތެރިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކައުންސިލްތަކުގައި ރަޖިސްޓަރީ ކޮށްފައިވާ ސިިއްހީީ ހިދުމަތްތެރީންނަށެވެ.

(އ) "މެޑިކަލް ރިކޯޑު" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތާއި، ކުރެވޭ ތަހުލީލުތަކުގެ ނަތީޖާތަކާއި، ހޯދުންތަކާއި، ދެވޭ ފަރުވާ ހިމެނޭގޮތުން ހިދުމަތް ދިނުމުގެ ތެރޭގައި ބަލިމީހާއާ ބެހޭގޮތުން ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ރައްކައުކުރެވޭ އެންމެހައި މައުލޫމާތަށެވެ.

(ވ) "އިންވޭސިވް ޕްރޮސީޖަރ" ކަމަށް ބުނެފައި އެ ވަނީ، ހަށިގަނޑުގެ ތަނެއް ކަފައިލައިގެން، ހަށިގަނޑަށް ހޮޅިއެއް، ނުވަތަ ކަށްޓެއް، ނުވަތަ ހަށިގަނޑުގެ ތެރެއަށް އެއްޗެއް ލައްވައިގެން ކުރާ ކަންކަމަށެވެ. 

(މ) "އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން، ސިިއްހީީ ހިދުމަތް ދޭ ތަނެއް ބަލައި ފާސްކުރުމަށެވެ.

(ފ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދިނުމަށް، ސިިއްހީީ ހިދުމަތް ދޭ ތަނަކަށް، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ. 

(ދ) "ލައިސަންސް" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ތަނަކުން ސިިއްހީީ ހިދުމަތް ދިނުމަށް މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ.

(ތ) "ސިިއްހީީ ހިދުމަތް ދިނުމާ ގުޅިގެން އުފެދޭ ކުނި" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދިނުމާ ގުޅިގެން އުފެދޭ ތަކެތި (ބަލިމީހާގެ ހަށިގަނޑުގެ އެއްވެސް ބައެއްގައި ޖައްސައިފައިވާ ކަފަ، ފޮތި، ޕްލާސްޓިކް ނުވަތަ ފިލައިން ހަދައިފައިވާ ތަކެއްޗާއި، އިންޖެކްށަން ޖަހާ ސިރިންޖާއި، ކަށްޓާއި، މިނޫންވެސް ތޫނު ތަކެތި) ހިމެނޭގޮތުން ހިދުމަތް ދިނުމުގައި އިންސާނާގެ ހަށިގަނޑުން އުފެދޭ ނުވަތަ ނަގާ އެއްޗެއް، ނުވަތަ އެއްޗެއްގެ ބައެއް ނުވަތަ ދިޔައެއް، އަދި މިނޫންވެސް ސިިއްހީީ ހިދުމަތް ދިނުމުގައި ބަލިމީހާގެ ޖަރާސީމުން ތަޣައްޔަރުވެފައިވާ ކޮންމެ އެއްޗަކަށެވެ.

(ލ) "ޓެލެމެޑިސިން" ކަމަށް ބުނެފައި އެ ވަނީ، ބަލިމީހާއަށް ފަރުވާ ދިނުމުގައި ވީޑީއޯ ކޮންފަރެންސިންގ، ނުވަތަ ޓެލެފޯން ނުވަތަ އިންޓަރނެޓުގެ ޒަރީއާއިން އިރުށާދުތައް ލިބިގަތުމާއި ފޯރުކޮށްދިނުމަށެވެ.

(ގ) "ހޯމް ވިޒިޓް" ކަމަށް ބުނެފައި އެ ވަނީ، ބަލިމީހަކު ދިރިއުޅޭ ތަނަކަށް ގޮސްގެން ސިިއްހީީ ހިދުމަތް ދިނުމަށް ނުވަތަ ފަރުވާ ދިނުމަށެވެ.

(ޏ) "ކޮމިޓީ" ނުވަތަ "ރެޖިސްޓްރޭށަން އެންޑް ލައިސަންސިންގ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ސ) "މެޑިކަލް އިކުއިޕްމަންޓްސް" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ފަރުވާ ދިނުމުގައި ބޭނުންކުރާ އެންމެހައި އާލާތްތަކަށެވެ.

(ޑ) "ރުހުން ދެވޭ ހާލަތު" ކަމުގައި ބުނެފައި އެ ވަނީ، ބުއްދި ސަލާމަތުން ހުރި، އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ އަދި ކުރެވޭ މުއާމަލާތްތައް ދޭހަވެ ފަހުމްވާ މީހަކު ސިިއްހީީ ހިދުމަތް ލިބިގަންނަ ހާލަތަށެވެ. އަދި ބަލިމީހާއަކީ އުމުރުން 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުއްޖެއްނަމަ، އެ ކުއްޖާގެ ބެލެނިވެރިޔާގެ އިތުރުން، އެ ކުއްޖާގެ ރުހުން އެކަމަށް ހޯދޭ ހާލަތަށެވެ.

(ޒ) "އަސާސީ ބޭހުގެ ލިސްޓު" ކަމުގައި ބުނެފައި އެ ވަނީ، ބޭސް ފަރުވާކުރާ ކޮންމެ ތަނެއްގައި އެ ތަނަކުން ފޯރުކޮށްދޭ ސިިއްހީީ ހިދުމަތަށް ކޮންމެހެން ބޭނުންވާކަމަށް، ގަވާއިދު ނަންބަރު 46/2014 (ބޭހާބެހޭ ގަވާއިދު) ގައި ކަނޑައަޅައިފައިވާ އަސާސީ ބޭހުގެ ލިސްޓަށެވެ.

 

(މި ގަވާއިދުގެ ޖަލުވަލުތައް އެޓޭޗްކުރެވިފައިވާ ފައލުގައި ހިމެނިފައި)

މައި ގާނޫނު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 29/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު