ސިއްހީ ހިދުމަތްދޭ ފަރާތް
"ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ސިއްހީ މަރުކަޒުތަކާއި، ލެބޯޓަރީތަކާއި، ރާއްޖެއިން ބޭރުގައި ސިއްހީ ހިދުމަތް ދިނުމަށް އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި، އެ ފަދަ ތަނެއްގައި ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިގެން މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސިއްހީ ފަންނީ އެނޫންވެސް މުވައްޒަފުން ހިމެނޭ ގޮތުންނެވެ.