ގާނޫނީ ރަދީފު
"މެދުރާސްތާ" ކަމަށް ބުނެފައި އެވަނީ، މުސްތަގުބަލުގައި މެދުނުކެނޑި އަންނަން އޮތް ތިން މާލީ އަހަރުގެ މުއްދަތަކަށެވެ.
"މެކްރޯއިކޮނޮމިކް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދުގެ ސިއްހަތު ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ މިންގަނޑުތަކާ ގުޅޭ ހިސާބުގެ އަދަދުތަކަށެވެ.
"މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، މި ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.
"މެކްރޯއިކޮނޮމިކްސް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދުގެ ސިއްހަތު ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ މިންގަނޑުތަކަށެވެ.
"އޮޕަރޭށަނަލް އަމާޒުތައް" ކަމަށް ބުނެފައި އެވަނީ، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވުމަށް، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މެދުރާސްތާއަށް ކަނޑައަޅާ އަމާޒުތަކަށެވެ.
"އޯވަރޯލް ފިސްކަލް ބެލެންސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ޖުމްލަ ހަރަދުން ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ކަނޑާލުމުން ބާކީވާ އަދަދަށެވެ.
"އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނަކުން ބާރުލިބިގެން، ޓެކުހުގެ ގޮތުގައި ނެގޭ ފައިސާއާއި، ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި، ދެވޭ ހިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، އެކި ކަންކަމުން ދައުލަތަށް ނަގާ ފީތަކާއި، ދައުލަތުގެ މިލްކުގައިވާ އިމާރާތްތައް ނުވަތަ ބިންތައް ނުވަތަ ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިންތައް ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ޖޫރިމަނާ އަދި ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާއަށެވެ.
"އިންޓަރޖެނެރޭށަނަލް އިކުއިޓީ" ކަމަށް ބުނެފައި އެވަނީ، ޖީލުތަކުގެ ގިންތީގެ ހަމަހަމަކަމަށެވެ.
"އާންމުކޮށް ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގެ ވެބްސައިޓުގައި ނުވަތަ ފޮތެއްގެ ސިފައިގައި ނުވަތަ އެނޫންވެސް ގޮތަކުން އާންމުކޮށް ށާއިއުކުރުމަށެވެ.
"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އެކަމެއްގައި ނެތްނަމަވެސް، މުސްތަގުބަލުގައި ހިނގާފާނެ ހާދިސާއެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހިދާނެ މާލީ ޒިންމާތަކަށެވެ. މި މާނައިގެ ތެރޭގައި ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި ހިމެނެއެވެ.
"ކީ ޕަރފޯމަންސް އިންޑިކޭޓަރތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުން މަސްއޫލުވ،ެ ޒިންމާވާ މަސައްކަތްތަކުން ހާސިލުކުރާ ނަތީޖާތައް މިންކޮށް، ހިސާބުކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށެވެ.
"ރިއަލް ޖ.ީޑ.ީޕީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދުގައި އުފައްދާ ތަކެއްޗާއި ހިދުމަތުގެ ޖުމްލަ އަގު، އިންފްލޭށަނަށް އެޖަސްޓުކުރުމަށްފަހު މިންކުރުމަށް ގެންގުޅޭ މިންގަނޑަށެވެ.
"ރިކަރަންޓް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ހަރަދުތަކުގެ ތެރޭގައި އަބަދުމެ ގަވާއިދުން ކުރަންޖެހޭ ހަރަދު ނުވަތަ ދައުލަތުގެ ހަރުމުދަލެއް ނުއުފެދޭ ނުވަތަ އިތުރުނުވާ ހަރަދުތަކަށެވެ.
"ހިލޭ އެހީ" ކަމަށް ބުނެފައި އެވަނީ، ފައިސާގެ އަދަދަކުން ނުވަތަ މުދަލަކުން ނުވަތަ ހިދުމަތެއްގެ ގޮތުގައި، ދައުލަތަށް ލިބޭ އަނބުރާ ދައްކަން ނުޖެހޭ އަދި އެއަށް ބަދަލެއް ދޭން ނުޖެހޭ އެހީއަށެވެ.
"ހަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓުކުރެވިގެން ކުރެވޭ ހޭދައަށާއި، އަދި އެނޫންވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. މި މާނައިގެ ތެރޭގައި، އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއާއި، ލޯނު އަނބުރާ ދެއްކުމަށް ދޫކުރާ ފައިސާއާއި، ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސ،ާ އަދި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތަކަށް ކުރާ ހަރަދުތައް ނުހިމެނޭނެއެވެ.