ދުންފަތުގެ އިސްތިއުމާލުކުރުން
"ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މިނޫންވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ.