ދުންފަތް ސްޕޮންސަރކުރުން
"ދުންފަތް ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން، ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ވިއްކާ ފަރާތަކާއި މާރކެޓްކުރާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް، ތިރީގައި ބުނެފައިވާ ކަމަކާ ގުޅޭ ގޮތުން އޮތްކަން އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭއެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ.
- މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ އަދި އަދަބީ ހަރަކާތްތަކާއި، ސަގާފީ އަދި ފެށަނާގުޅޭ ކަންކަމާއި އަދި އެފަދަ އެނޫންވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތަކާއި، ކުރެހުންތަކާއި، އޯޑިއޯތައް؛
- އެއިން ކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު ބޭނުންކުރާ ހެދުމާއި، ޔުނިފޯމާއި އަދި ގެންގުޅޭ ސާމާނުތަކާއި، ކަމާގުޅޭ ސޯށަލް މީޑިއާ އެކައުންޓްތައް؛
- އެއްވެސް ސޯށަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމެއްގައި އަދި އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛
- އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާއި އާންމު ތަންތަން؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އެހެނިހެން ކަންކަން އަދި ތަންތަން.