gaanoon_logo
-

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން

"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާނެއް އާންމު ތަނެއްގައި ހާމަކުރާ ކުރުމަށެވެ.

(ހ) ހަށިގަނޑުގައި ނުވަތަ އަންނައުނުގައި ހަރުކޮށްގެން ނުވަތަ އެއިން ތަނެއްގައި ނުވަތަ އެއްޗެއްގައި އެނޫންވެސް ގޮތަކަށް ހާމަކޮށްގެން؛ ނުވަތަ

(ށ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރުން އެއްވާ ނުވަތަ ހަރަކާތްތެރިވާ ތަންތަނުގައި ނުވަތަ އެއިން މެންބަރަކު ދުއްވާ އުޅަނދެއްގައި ނުވަތަ އެއިން މެންބަރަކު ބޭނުންކުރާ އެއްވެސް އެއްޗެއްގައި ހަރުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ހާމަކޮށްގެން.