އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުން
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅުމަށް ނުވަތަ އެ ގްރޫޕުގައި ނުވަތަ އެ ގްރޫޕާއެކު މަސައްކަތްކުރުމަށް މީހުން ހޯދުމަށެވެ. އޭގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
(ހ) އެފަދަ ގްރޫޕަކާ ގުޅުމަށް ހިތްވަރުދީ ވާހަކަ ދެއްކުން؛
(ށ) އެފަދަ ގްރޫޕަކާ ގުޅުމަށް މާލީ ނުވަތަ މާއްދީ މަންފާއެއް ހުށަހެޅުން ނުވަތަ ދިނުން؛
(ނ) އެފަދަ ގްރޫޕަކާ ގުޅުމަށް މަޖުބޫރުކުރުވުން؛
(ރ) އެނޫންވެސް ގޮތަކަށް އެފަދަ ގްރޫޕަކާ ގުޅުމަށް އެދުން ނުވަތަ ދައުވަތު ދިނުން.