ނުހައްގު މުއްސަނދިކަން
"ނުހައްގު މުއްސަނދިކަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ ހާލަތުގައި، މުދާ ހޯދުމަށް ނުވަތަ ލިބިގަތުމަށެވެ.
- ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުން ނުވަތަ ލިބިގަތުން؛ އަދި
- އެ މުދާ ހޯދާފައިވަނީ ނުވަތަ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށްނުދެވުން.