ބިރުގަތުން
"ބިރުގަތުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ނުވަތަ އޭނާގެ އާއިލާގެ މީހަކު ނުވަތަ އެނޫންވެސް އޭނާއާ ގާތް ގުޅުމެއް އޮތް އެހެން މީހަކު މަރާލަފާނެކަމުގެ ނުވަތަ އެއިން ފަރާތަކަށް އަނިޔާއެއް ދީފާނެކަމުގެ ނުވަތަ އެއިން ފަރާތެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ހެކިބަސްދޭ މީހާއަށް އިހުސާސްވުން ހިމެނޭގޮތުން، އެ މައްސަލައިގައި އޭނާ ހެކިބަސް ދީފިނަމަ އޭނާއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުވެތިވުމަށެވެ.