މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަން ހެދުމުގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2025-103)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 އޮކްޓޫބަރު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަން ހެދުމުގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ
(ހ) މި ގަވާއިދަކީ، ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތަކުގެ ރަޖިސްޓްރޭށަނާ ގުޅިގެން އެކުލަވައިލާ އުސޫލުތަކާއި، އިޖުރާއަތުތައް ކަނޑައަޅައި، ބަޔާންކޮށް، ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއާއި ރެޖިސްޓަރޑް ފަރމް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް ކަނޑައަޅައި ބަޔާންކޮށް، ރަޖިސްޓްރޭށަނާއި އަހަރީ ފީތަކާއި، ސީ.ޕީ.ޑީ ށަރުތުތަކާއި، ކުށްތަކާއި، ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެޅޭނެ ފިޔަވަޅުތަކާއި، ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި އެ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް އިސްތިއުނާފުކުރުމުގެ އުސޫލުތަކާއި ރެޖިސްޓަރޑް ވެލުއަރއެއްގެ ފަރާތުން އިންސްޓިޓިއުޓަށް ހުށަހަޅަންޖެހޭ މައުލޫމާތު ތަފުސީލުކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ހ) މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ބޭނުމަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި، ބޭނުންކުރާ ވެލުއޭށަންތަކުގެ މަސައްކަތް ކޮށްދޭ ފަރުދުންނަށާއި ފަރމްތަކުގެ މައްޗަށެވެ.
3 ވަނަ މާއްދާ - ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކުރުމުގެ މަގުސަދުތައް
މި ގަވާއިދު އެކުލަވައިލުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.
(ހ) ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއެއްގެ ގޮތުގައި ނުވަތަ ރެޖިސްޓަރޑް ފަރމް ވެލުއަރއެއްގެ ގޮތުގައި އިންސްޓިޓިއުޓުގައި ރަޖިސްޓަރީކުރާ ފަރާތްތަކަކީ ކަމާބެހޭ ގާނޫނުތަކާއި ފަންނީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ވެލުއޭށަންގެ މަސައްކަތް ކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ފަރާތްތަކެއްކަން، ކަމާބެހޭ އިދާރާތަކާއި އޮޑިޓަރުންނާއި، ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކާއި ހިންގާ ފަރާތްތަކަށް ޔަގީންކޮށްދިނުން.
(ށ) ވެލުއޭށަން ހިދުމަތް ދޭ ފަރާތްތަކުން ތައްޔާރުކުރާ ވެލުއޭށަންތަކުގެ ފެންވަރާއި، އޭގެ މައްޗަށް ބަރޯސާވެވޭނެ މިންވަރު އިތުރުކުރުން.
(ނ) ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތަކާ ގުޅޭ ށަކުވާތަކާއި މައްސަލަތަކާ ގުޅިގެން އެ ފަރާތްތަކާމެދު އެޅޭނެ ސުލޫކީ ފިޔަވަޅުތައް ކަނޑައެޅުން.
(ރ) ވެލުއޭށަން ހަދާ ފަރާތްތަކުގެ ފަންނީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުތައް ބައްޓަންކުރުމަށް ބާރުއެޅުން.
4 ވަނަ މާއްދާ - ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތައް
(ހ) މި ގަވާއިދުގައި، ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތެއް ކަމަށް އިށާރާތްކޮށްފައި އެ ވަނީ، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަން ހިދުމަތް ދިނުމަށް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ، އެ މަސައްކަތް ފުރިހަމައަށް ކުރުމަށް ބޭނުންވާ ގާބިލުކަމާއި، ތައުލީމީ ފެންވަރާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތަކުން، އެ ފަރާތެއްގެ ވެލުއޭށަން ރެޖިސްޓްރޭށަން ދެމިއޮތްހައި ހިނދަކު، އެ ކަން ރަމްޒުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކުގެ ނަމުގެ ފަހަތަށް "ރެޖިސްޓަރޑް ވެލުއަރ" ނުވަތަ "RV" މި ދެ އަކުރު ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ނ) ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ބޭނުމަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި، ބޭނުންކުރާ ވެލުއޭށަންތަކުގައި ސޮއިކުރަންވާނީ، މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް ވެލުއަރއެކެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތަކުން މި ގަވާއިދުގެ 5 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވެލުއޭށަން ހިދުމަތް ދިނުން ކުރިޔަށް ގެންދެވިދާނެއެވެ. މި މުއްދަތު ހަމަވުމަށްފަހު މި ފަރާތްތަކުން ވެސް، ވެލުއޭށަންގެ މަސައްކަތްކުރާ ނަމަ، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ސައްހަ ރެޖިސްޓްރޭށަން ސެޓުފިކެޓެއް އޮންނަންވާނެއެވެ.
(ބ) ރަޖިސްޓްރޭށަންގެ އިޖުރާއަތުތައް ފުރިހަމަކޮށްފައި، ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށްދޭނީ، އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީންނެވެ.
5 ވަނަ މާއްދާ – ވެލުއޭށަން ހިދުމަތްދޭ ފަރާތް ރަޖިސްޓަރީކުރުން
(ހ) ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކުރުން އިންސްޓިޓިއުޓުން، އަންނަނިވި މައުލޫމާތު ހިމެނޭ ރެޖިސްޓަރޑް ވެލުއަރސްގެ ދަފުތަރެއް ބަލަހައްޓަންވާނެއެވެ.
- ރެޖިސްޓަރޑް ވެލުއަރގެ ނަން؛
- ރެޖިސްޓަރޑް ވެލުއަރގެ ރަޖިސްޓްރޭށަން ނަންބަރު؛
- ރެޖިސްޓަރޑް ވެލުއަރގެ ނަން ދަފުތަރުގައި ހިމެނުނު ތާރީހު؛
- ރެޖިސްޓަރޑް ވެލުއަރގެ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް؛
- ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވަނީ ފަރމެއް ނަމަ، އެ ފަރމުން ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ނަން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތަކުގެ ދަފުތަރު އިންސްޓިޓިއުޓުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ވެލުއޭށަން ހަދާ ފަރާތްތައް ރަޖިސްޓަރީ ކުރެވޭނީ، އަންނަނިވި ކެޓެގަރީތަކުގެ ތެރެއިން ކެޓެގަރީއެއްގައެވެ.
- ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރ؛
- ރެޖިސްޓަރޑް ފަރމް ވެލުއަރ.
(ރ) ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެވެ.
- ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތަކީ ހެޔޮ އަހުލާގެއްގެ ވެރި، ރަނގަޅު ރެޕިއުޓޭށަނެއް އޮތް ފަރާތެއްކަމަށް ވެލުއޭށަން ކޮމިޓީއަށް ގަބޫލުކުރެވޭ ފަރާތަކަށް ވުން؛
- އިންސްޓިޓިއުޓުން ގަބޫލުކުރާ ވެލުއޭށަން ޕްރޮފެށަނަލް އޯގަނައިޒޭށަނެއްގެ އިމްތިހާނަކުން ފާސްވެފައިވާ އެކްޓިވް މެންބަރަކަށް ވުން ނުވަތަ އިންސްޓިޓިއުޓުން ގަބޫލުކުރާ ސެޓުފިކެޓެއް އޮތް ފަރާތަކަށް ވުން؛
- ކަމާ ގުޅޭ ދާއިރާގެ މަސައްކަތެއްގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުން.
(ބ) ރެޖިސްޓަރޑް ފަރމް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރމަކަށް ވުން؛
- އެ ފަރމެއްގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވަނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ ޕާޓްނަރށިޕެއްގެ ގޮތުގައި ނަމަ، ފަރމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ދިވެހި ރައްޔިތަކު ހިމެނޭ ފަރމަކަށް ވުމާއި، އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ނަމަ އެ ފަރުދަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ދިވެހި ރައްޔިތަކަށް ވުމާއި؛ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންޑިވިޖުއަލް ވެލުއަރގެ ށަރުތު ފުރިހަމަވާ ފަރުދަކު ކަމުގައި ވުން.
- އެ ފަރމެއްގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވަނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ ޕާޓްނަރށިޕެއްގެ ގޮތުގައި ނަމަ، މި ގަވާއިދުގެ ދަށުން އިންޑިވިޖުއަލް ވެލުއަރއެއްގެ ގޮތުގައި އިންސްޓިޓިއުޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރުދަކު އެ ފަރމުގެ ޕާޓްނަރެއްގެ ގޮތުގައި ނުވަތަ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ ފަރމަކަށް ވުން.
(ޅ) ދިވެހިރާއްޖޭގެ ރައްޔިތަކަށް ނުވާ ފަރާތްތަކުން ވެލުއޭށަން ހިދުމަތް ފޯރުކޮށްދެވޭނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް ފަރމް ވެލުއަރއެއް މެދުވެރިކޮށެވެ.
(ކ) ރެޖިސްޓަރޑް ފަރމް ވެލުއަރއެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއިން ވެލުއޭށަން ހިދުމަތް ދޭންވާނީ، އެ ފަރާތް ރަޖިސްޓަރީވެފައިވާ ފަރމުގެ ނަމުގައެވެ.
(އ) ވެލުއޭށަން ހިދުމަތް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައިވާ ގޮތުގެ މަތީން އިންސްޓިޓިއުޓުގައި ރަޖިސްޓަރީކުރުން ލާޒިމުވާނެއެވެ.
6 ވަނަ މާއްދާ - ވެލުއޭށަންގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކުރުމަށް ހުށަހެޅުން
(ހ) ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި އިންސްޓިޓިއުޓުގައި ރަޖިސްޓަރީވުމަށް ހުށަހަޅާނީ، އެ ކަމަށް އިންސްޓިޓިއުޓުން ހާއްސަކޮށްފައިވާ ފޯމާއި، ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުންތަކާއެކު އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށެވެ.
(ށ) ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި އިންސްޓިޓިއުޓުގައި ރަޖިސްޓަރީވުމަށް ހުށަހެޅުމުން، އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީން އެ ފަރާތަކާ ކުރާ އިންޓަވިއުގައި، ރަޖިސްޓަރީވުމަށް ހުށަހަޅާ ފަރާތަށް ވެލުއޭށަން ދާއިރާގެ ކަމާބެހޭ އުސޫލުތައް ފުރިހަމައަށް އެނގޭކަމާއި، ތައުލީމީގޮތުން ބޭނުންވާނެ ގާބިލުކަން ހުރިކަމާއި، އެ އިރެއްގެ ވެލުއޭށަން ޓްރެންޑްތަކާއި ވެލުއޭށަން ކުރާ ފަރާތްތައް ނުވަތަ ވެލުއޭށަނާ ގުޅޭ ގާނޫނުތަކާއި ކޯޓުގެ ނިންމުންތަކަށް އަހުލުވެރިވެފައިވާކަން ދައްކައިދޭންވާނެއެވެ.
(ނ) ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފަރާތަށް ވެލުއޭށަން ދާއިރާގެ ކަމާބެހޭ އުސޫލުތައް އެކަށީގެންވާ މިންވަރަށް އެނގޭކަމަށް ނުވަތަ ފަރިތަކަމަށް އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށް ނުފެންނަ ހާލަތުގައި ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި އެ ފަރާތް ރަޖިސްޓަރީކޮށް ނުދިނުމުގެ އިހްތިޔާރު އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށް ލިބިގެންވެއެވެ.
(ރ) އަންނަނިވި ހާލަތްތަކުގައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް ހުށަހަޅާ ފަރާތް ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ނުދިނުމަށް އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށް ނިންމިދާނެއެވެ.
- އެޕްލިކޭށަން ފުރިހަމަނުވުން؛
- ދޮގު މައުލޫމާތެއް ނުވަތަ ހަގީގަތް އޮޅޭ ފަދަ މައުލޫމާތެއް އެޕްލިކޭށަނުގައި ހިމަނައިފައިވުން؛
- ރަޖިސްޓަރީވުމަށް ހުށަހަޅާ ފަރާތަކީ ހިޔާނާތް ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ނުވަތަ އެ ނޫންވެސް އެ ފަދަ ކުށެއް އެ ފަރާތުގެ މައްޗަށް ސާބިތުވެ، 6 (ހައެއް) މަސްދުވަހުގެ ނުވަތަ އެއަށްވުރެ އިތުރު މުއްދަތަކަށް ޖަލުބަންދަށް ހުކުމްކޮށްފައިވާ ފަރާތަކަށް ވުން.
(ބ) ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭށަން ވަޒަންކުރުމަށް އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީން ބޭނުންވާ އެންމެހައި މައުލޫމާތު ލިބޭތާ ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތުގެ އެޕްލިކޭށަނާމެދު ގޮތެއް ނިންމުމަށްފަހު، އެ ނިންމި ގޮތް ރަޖިސްޓަރީވުމަށް ހުށަހެޅި ފަރާތަށް އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީން ލިޔުމުން އަންގަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ރަޖިސްޓަރީކޮށްދިނުމަށް ނިންމައިފިކަން އެންގުމުން، ރަޖިސްޓަރީކުރަން ހުށަހެޅި ފަރާތުން ދައްކަންޖެހޭކަމަށް ކައުންސިލުން ކަނޑައަޅާ ރަޖިސްޓްރޭށަން ފީ ދެއްކުމާއެކު ރެޖިސްޓްރޭށަން ސެޓުފިކެޓެއް އިންސްޓިޓިއުޓުން ދޫކުރަންވާނެއެވެ.
(ކ) އަންނަނިވި ކަންކަން ފުރިހަމަވާ ހާލަތްތަކުގައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއެއްގެ އަދި ރެޖިސްޓަރޑް ފަރމް ވެލުއަރއެއްގެ ރެޖިސްޓްރޭށަން އިތުރު ހުށަހެޅުމަކާ ނުލައި، އައުކުރެވޭނެއެވެ.
- ރެޖިސްޓަރޑް ވެލުއަރުން ފުރިހަމަކުރަންޖެހޭ ސީ.ޕީ.ޑީ ގަޑިތައް ފުރިހަމަކޮށްފައިވުން؛
- ފާއިތުވީ މުއްދަތުތަކުގެ އަހަރީ ރިޕޯޓު ހުށަހަޅައިފައިވުން؛
- އަހަރީ ފީތައް ހަމަޔަށް ދައްކައިފައިވުން؛
- މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވެފައި ހުރުން.
(އ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަން، އެ ފަރާތަކުން ރަޖިސްޓަރީކުރި ތާރީހުން ފެށިގެން، ކުރިޔަށް ހިނގާ ކޮންމެ އަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ފުރިހަމަކޮށްފައި ނުވާ ނަމަ، އެ ފަރާތެއްގެ ރެޖިސްޓްރޭށަން ވަގުތީގޮތުން ހިފެހެއްޓިދާނެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން ރަޖިސްޓްރޭށަން ވަގުތީގޮތުން ހިފެހެއްޓޭ ފަރާތްތަކަށް އެ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް، އިތުރު 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ އިތުރު މުއްދަތުގެ ތެރޭގައި ވެސް އެ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުކޮށްފި ނަމަ، އެ ފަރާތެއްގެ ރަޖިސްޓްރޭށަން ބާތިލުކޮށް، ވެލުއޭށަނުގެ ހިދުމަތް ދޭ ފަރާތްތަކުގެ ދަފުތަރުން އެ ފަރާތެއްގެ ނަން އުނިކުރެވޭނެއެވެ.
(ފ) ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތަކުގެ ދަފުތަރުން ނަން އުނިކޮށް، އެ ފަރާތެއްގެ ރަޖިސްޓްރޭށަން ބާތިލުކުރަން ބޭނުންވާ ފަރާތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ އެ ފަރާތަށް ދޫކޮށްފައިވާ ރެޖިސްޓްރޭށަން ސެޓްފިކެޓުގެ އަސްލާއެކު، ލިޔުމުންނެވެ. މި ފަދަ ހުށަހެޅުމެއް ލިބުމުން، އެ ފަރާތުގެ ނަން ދަފުތަރުން އުނިކޮށް، އެ ފަރާތެއްގެ ރަޖިސްޓްރޭށަން ބާތިލުކުރަންވާނެއެވެ.
(ދ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ އެންމެހައި ފަރާތްތަކުގެ ރަޖިސްޓްރޭށަން ދެމިއޮންނާނީ، ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ނިޔަލަށެވެ.
7 ވަނަ މާއްދާ - ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއިން ސީޕީޑީގެ ގޮތުގައި، ކޮންމެ މީލާދީ އަހަރަކު، މަދުވެގެން 10 (ދިހައެއް) ގަޑިއިރު އަދި 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި 60 (ފަސްދޮޅަސް) ގަޑިއިރު ހަމަކުރަންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރަކު ހަމަކުރަންޖެހޭ 10 (ދިހައެއް) ގަޑިއިރަކީ ވެރިފައިބަލް ސީ.ޕީ.ޑީ ގަޑިތަކަކަށް ވާންވާނެއެވެ. އަދި އޭގެ ތެރެއިން މަދުވެގެން 5 (ފަހެއް) ގަޑިއިރު ވާންވާނީ އިންސްޓިޓިއުޓުން ނުވަތަ އިންސްޓިޓިއުޓާ ގުޅިގެން އެހެން ފަރާތަކުން އިންތިޒާމުކުރާ ހަރަކާތްތަކަކަށެވެ.
(ނ) ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއެއްގެ ވަކި ހާއްސަ ހާލަތްތަކަކަށް ރިއާޔަތްކޮށް އެ ފަރާތަކުން ފުރިހަމަކުރަންޖެހޭ ސީ.ޕީ.ޑީ ގަޑިތައް ފުރިހަމަކުރުމުގެ ށަރުތުތައް އެކަމަކަށް އެކަށޭނަ ގޮތަކަށް ނުވަތަ މިންވަރަކަށް ދަށްކުރުމުގެ ނުވަތަ މާފުކުރުމުގެ އިހުތިޔާރު، އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ދޭ ލުޔެއް ދެވޭނީ މީލާދީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ބ) ވެރިފައިބަލް ނޫން ސީ.ޕީ.ޑީ ގަޑިތަކާ ގުޅޭގޮތުން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލުއި ދެވޭނީ ހަމައެކަނި އިސްތިސްނާ ހާލަތްތަކުގައެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުކުރާ ފަރާތެއް އިންސްޓިޓިއުޓުގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވިކަމަށް ބަލައި އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީން މައްސަލަ ބެލުމަށްފަހު އެ ފަރާތެއްގެ ރެޖިސްޓްރޭށަން ވަގުތީގޮތުން ހިފެހެއްޓިދާނެއެވެ ނުވަތަ އެ ފަރާތެއްގެ ރެޖިސްޓްރޭށަން ބާތިލުކުރެވިދާނެއެވެ.
(ކ) މި މާއްދާގެ ބޭނުމަށް ޓަކައި މީލާދީ އަހަރުކަމަށް ބަލަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށެވެ.
ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) އަންނަނިވި އަމަލުތަކުން ކުރެ އަމަލެއްގައި ށާމިލުވާ ފަރާތަކީ، މި ގަވާއިދުގެ ދަށުން ކުށެއް ކޮށްފައިވާ ފަރާތެއް ކަމަށް ބެލެވޭނެއެވެ.
- ގަވާއިދާ ހިލާފަށް ނުވަތަ ނަހަމަގޮތެއްގައި ރެޖިސްޓްރޭށަން ސެޓުފިކެޓެއް ހޯދުން ނުވަތަ ހޯދަން މަސައްކަތްކުރުން.
- މި ގަވާއިދުގެ ދަށުން ހުއްދަކުރާ ގޮތްތަކާ ހިލާފަށް ނުވަތަ ރަޖިސްޓަރީނުކޮށް ވެލުއޭށަންގެ ހިދުމަތް ދިނުން ނުވަތަ އެ ކަން ކުރުމަށް މަސައްކަތްކުރުން.
- މި ގަވާއިދުގެ ދަށުން ލިބިދޭ އެއްވެސް ފައިދާއެއް ނުވަތަ ލުޔެއް ނުވަތަ އިމްތިޔާޒެއް ހޯދުމަށް ޓަކައި، އެނގިހުރެ ދޮގު މައުލޫމާތެއް ނުވަތަ ހަގީގަތް އޮޅުވައިލެވޭފަދަ މައުލޫމާތެއް ދިނުން.
- ރެޖިސްޓްރޭށަން ސެޓްފިކެޓު ފޯޖުކޮށްގެން ނުވަތަ ފޯޖުކޮށްފައިވާ ސެޓްފިކެޓެއްކަން އެނގިހުރެ އޭގެ ބޭނުންކުރުން ނުވަތަ އެ ސެޓްފިކެޓަކީ މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރެޖިސްޓްރޭށަން ސެޓްފިކެޓެއް ކަމުގައި ދައްކައި އޭގެ ބޭނުންކުރުން.
- މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރަންސެއް ނެތި ވެލުއޭށަން ތައްޔާރުކުރުމުގެ ހިދުމަތް ދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، ކުރާ ކުށެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެ ކުށެއް ކުރި ފަރާތެއް، 2,000 (ދެހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ފިޔަވަޅުއެޅުން
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް ވެލުއަރއަކާ ދެކޮޅަށް ށަކުވާއެއް ހުށަހަޅާ ނަމަ، އެ ށަކުވާއެއް ހުށަހަޅަންވާނީ ކައުންސިލަށެވެ. ކައުންސިލުން އެ ށަކުވާ ބަލައި، ދިރާސާކުރުމަށްފަހު، އިތުރަށް ތަހުގީގުކުރަން ޖެހޭކަމަށް ކައުންސިލަށް ފެނިއްޖެ ހިނދެއްގައި، އެ ށަކުވާއެއް ތަހްގީގުކުރުމަށް ސުލޫކީ ކޮމިޓީއަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން، ތަހުގީގެއް ކުރުމަށް ކައުންސިލުން ސުލޫކީ ކޮމިޓީއަށް އަންގައިފި ނަމަ، ސުލޫކީ ކޮމިޓީއަށް ފެންނަ އެންމެ އެކަށީގެންވާ ގޮތަކަށް އެ ތަހުގީގު ކުރުމަށްފަހު، ކަމާ ގުޅިގެން ފާހަގަކުރެވުނު ކަންކަން ހިމެނޭ ރިޕޯޓެއް ތައްޔާރުކޮށްފައި ކައުންސިލަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ކުރާ ތަހުގީގަކާ ގުޅިގެން ބޭނުންވާ ފަންނީ އިލްމާއި ތަޖުރިބާ ހުރި ފަރާތެއްގެ އެހީ ބޭނުންވެއްޖެ ހާލަތެއްގައި އެ ތަހުގީގުގައި އެހީތެރިވުމުގެ ގޮތުން އެފަދަ ފަރާތެއް އައްޔަނުކުރުމުގެ އިހްތިޔާރު، ސުލޫކީ ކޮމިޓީއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ލިބުމުން، ރިޕޯޓުގައިވާ ކަންކަމަށް ކައުންސިލުން ރިއާޔަތްކޮށް، ހުށަހެޅިފައިވާ ށަކުވާއާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭކަމަށް ފެންނަ ނަމަ، އެ ފިޔަވަޅަކީ ކޮބައިކަން ކަނޑައަޅަންވާނެއެވެ.
(ބ) އަންނަނިވި ހާލަތްތަކުގައި ރެޖިސްޓަރޑް ވެލުއަރއެއްގެ ރެޖިސްޓްރޭށަން ސެޓްފިކެޓް ސަސްޕެންޑުކުރުމަށް ނުވަތަ ރެޖިސްޓަރޑް ވެލުއަރއަށް އިންޒާރު ދިނުމަށް، ކައުންސިލަށް ނިންމިދާނެއެވެ.
- ރެޖިސްޓަރޑް ވެލުއަރ ތަބާވާންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާކަން ސާބިތުވުން.
- ސީޕީޑީއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ށަރުތުތައް ފުރިހަމަކޮށްފައި ނުވުން.
- ރެޖިސްޓްރޭށަން ސެޓުފިކެޓު ދޫކުރުމުގައި ކޮށްފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވުން.
(ޅ) އަންނަނިވި ހާލަތްތަކުގައި، ރެޖިސްޓަރޑް ވެލުއަރއެއްގެ ރެޖިސްޓްރޭށަން ސެޓުފިކެޓު ބާތިލުކުރުމަށް ކައުންސިލަށް ނިންމިދާނެއެވެ.
- އެ ފަރާތެއްގެ ނަން ރެޖިސްޓަރޑް ވެލުއަރސްގެ ދަފުތަރުން އުނިކުރުމަށް ހުށަހެޅުން.
- ރެޖިސްޓަރޑް ވެލުއަރއެއް ޖިނާއީ ކުށެއް ކޮށްފިކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ އެހެން ގައުމެއްގެ ކޯޓަކުން ހުކުމްކުރުން.
- އެއްވެސް ގައުމެއްގެ ކޯޓަކުން ނުވަތަ ގާނޫނެއްގެ ދަށުން ރެޖިސްޓަރޑް ވެލުއަރ އިފްލާސްކުރުން.
- ވެލުއޭށަން ކޮމިޓީން ކަނޑައަޅައިފައިވާ ފަންނީ އަދި ސުލޫކީ މިންގަނޑަކާ ހިލާފުވާ ފަދަ އަމަލެއް ރެޖިސްޓަރޑް ވެލުއަރ ކުރުން.
- ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއަކީ ބުއްދި ހަމަޔަށް ހުރި ފަރާތެއް ނޫންކަމަށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމުން ސާބިތުކޮށްދިނުން.
- ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއެއް ނަމަ، އެ ފަރާތެއް ނިޔާވުން ނުވަތަ ރެޖިސްޓަރޑް ފަރމް ވެލުއަރއެއް ނަމަ، އެ ފަރމެއް އުވައިލުން.
- ރެޖިސްޓަރޑް ވެލުއަރގައި ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން.
(ކ) ރެޖިސްޓަރޑް ވެލުއަރގެ ނަން ވެލުއޭށަންގެ ހިދުމަތް ދޭ ފަރާތްތަކުގެ ދަފުތަރުން އަމިއްލައަށް އުނިކުރުމަށް އެދޭ ހާލަތްތަކާއި، ރެޖިސްޓަރޑް ވެލުއަރ ނިޔާވުމުގެ ސަބަބުން ވެލުއޭށަނުގެ ހިދުމަތް ދޭ ފަރާތްތަކުގެ ދަފުތަރުން އުނިކުރުމަށް ނިންމާ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި، އެ ފަރާތެއްގެ ނަން ދަފުތަރުން އުނިކުރުމުގެ ކުރިން، އެ ކަން ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ރެޖިސްޓަރޑް ވެލުއަރއަކު ދެކޭ ނަމަ، އެ ކަން ހުށަހެޅުމަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ނޯޓިހެއް އެ ފަރާތަކަށް ލިޔުމުން ދޭންވާނެއެވެ.
(އ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު އުނިވެއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ށަރުތު ފުރިހަމަކުރުމަށް 6 (ހައެއް) މަސްދުވަހުގެ ފުރުސަތެއް ރެޖިސްޓަރޑް ފަރމް ވެލުއަރއަށް ދޭންވާނެއެވެ.
(ވ) ރެޖިސްޓަރޑް ވެލުއަރއަކާ ގުޅިގެން ކައުންސިލުން އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތައް ބެލުމުގައި ވެސް އަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށެވެ.
10 ވަނަ މާއްދާ – އިސްތިއުނާފުކުރުން
(ހ) މި ގަވާއިދުގެ ދަށުން ކައުންސިލުން ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ހާލަތުގައި، އެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމައި އެ ފަރާތަކަށް އެންގިތާ، ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެޕީލް ކޮމިޓީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިސްތިއުނާފުތަކާމެދު އެޕީލް ކޮމިޓީން ނިންމި ގޮތް، އެ ހުށަހެޅުމެއް ހުށަހެޅި ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ އިސްތިއުނާފުކުރި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ މައްސަލައަކާމެދު ގޮތެއް ނިންމާއިރު، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އެޕީލް ކޮމިޓީއަށް އަމަލުކުރެވިދާނެއެވެ.
- ކައުންސިލުން ނުވަތަ ކޮމިޓީން ނިންމައިފައިވާ ނިންމުން ރަނގަޅުކަމަށް ނުވަތަ ބާތިލުކަމަށް ނުވަތަ ބަދަލެއް ގެންނަންޖެހޭކަމަށް ނިންމުން؛
- ކައުންސިލުން ނުވަތަ ކޮމިޓީން ނިންމައިފައިވާ ނިންމުމަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލަށް ނުވަތަ ކޮމިޓީއަށް އެންގުން؛
- އިސްތިއުނާފަށް ހުށަހެޅި ފަރާތުގެ ކިބައިން އިތުރު މައުލޫމާތު ހޯދުމަށްފަހު ކައުންސިލުގެ ނުވަތަ ކޮމިޓީގެ ނިންމުން މުރާޖައާކުރުމަށް ކައުންސިލަށް ނުވަތަ ކޮމިޓީއަށް އެންގުން.
(ރ) އެޕީލް ކޮމިޓީއަށް ހުށަހަޅާ އިސްތިއުނާފާ ގުޅިގެން އެޕީލް ކޮމިޓީން ކައުންސިލުގެ ނުވަތަ ކޮމިޓީގެ ނިންމުން ދަމަހައްޓަން ނުވަތަ ބާތިލުކުރަން ނުވަތަ ބަދަލުކުރަން ނިންމާކަމާއި، އެ ނިންމުމަށް ވާސިލުވި ސަބަބުތަކާއެކު މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) ކައުންސިލުން ނުވަތަ ކޮމިޓީން ރެޖިސްޓްރޭށަން ބާތިލުކޮށްފައިވާ ނުވަތަ ސަސްޕެންޑްކޮށްފައިވާ ރެޖިސްޓަރޑް ވެލުއަރއެއް އެދިގެން ނުވަތަ ކައުންސިލުން ނުވަތަ ކޮމިޓީއަށް އަމިއްލައަށް ފެނިގެން އެ ރެޖިސްޓަރޑް ވެލުއަރއަކީ ވެލުއޭށަން މަސައްކަތްކުރުމަށް ގާބިލު ފަރާތެއްކަން ގަބޫލުކުރެވޭ ނަމަ، އެ ފަރާތުގެ ރެޖިސްޓްރޭށަން ދަމަހައްޓަން ނުވަތަ އައުކުރަން ކައުންސިލަށް ނުވަތަ ކޮމިޓީއަށް ނިންމިދާނެއެވެ.
(ޅ) މި މާއްދާގެ ބޭނުމަށް ކޮމިޓީކަމަށް ބުނެފައި އެ ވަނީ، ސުލޫކީ ކޮމިޓީއާއި، އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއާއި، ވެލުއޭށަން ކޮމިޓީއާއި، އެޕީލް ކޮމިޓީ ނުހިމެނޭގޮތުން، ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އެ ނޫންވެސް ކޮމިޓީތަކަށެވެ.
11 ވަނަ މާއްދާ - ޕްރޮފެށަނަލް އިންޑެމްނިޓީ
(ހ) ރެޖިސްޓަރޑް ވެލުއަރއިން، މި އިންސްޓިޓިއުޓުން ބަލައިގަންނަ އިންށުއަރަންސް
އިންށުއަރަންސް ކުންފުންޏަކުން ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރަންސް ހޯދަންވާނެއެވެ. މި ފަދަ އިންށުއަރަންސަކީ، ރެޖިސްޓަރޑް ވެލުއަރއިންގެ މަސައްކަތްތައް ފުރިހަމަނުކުރުމުގެ ސަބަބުން ނުވަތަ އެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެކަށީގެންވާ ފެންވަރަށް ނުދެވުމުގެ ސަބަބުން ދައްކަންޖެހިދާނެ މާލީ ބަދަލުތަކުގެ ކަވަރޭޖް ހިމެނޭ އިންށުއަރަންސަކަށް ވާންޖެހޭނެއެވެ.
(ށ) ރެޖިސްޓަރޑް ވެލުއަރއެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، ރެޖިސްޓްރޭށަން ސެޓުފިކެޓު ދޫކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތަކުން ހޯދައިފައިވާ އިންށުއަރަންސް ސެޓްފިކެޓުގެ ކޮޕީއެއް، އިންސްޓިޓިއުޓަށް ރެޖިސްޓަރޑް ވެލުއަރ ހުށަހަޅަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ވެލުއަރއަކު ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް ކުރާ އެއްވެސް ވެލުއޭށަން މަސައްކަތެއް ނުވަތަ ހިދުމަތެއް މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް އިންޑެމްނިޓީ އިންށުއަރަންސް ނުހޯދައި ފޯރުކޮށްދީގެން ނުވާނެއެވެ.
12 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދޭންވާނީ، އަންނަނިވި މާނަތަކެވެ.
(ހ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ ދަށުން އުފައްދައިފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އަށެވެ.
(ށ) "ކައުންސިލް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ ދަށުން އިންސްޓިޓިއުޓުގެ ކަންކަން ރާވައި ހިންގުމަށް އެކުލަވައިލާ އިންސްޓިޓިއުޓުގެ ކައުންސިލަށެވެ.
(ނ) "ވެލުއޭށަން" ކަމަށް ބުނެފައި އެ ވަނީ، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ބޭނުމަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޭނުންކުރާ ވެލުއޭށަނަށެވެ.
(ރ) "ވެލުއޭށަން ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ވެލުއޭށަން ހެދުމުގައި ބޭނުންކުރާނެ އެކަށޭނަ އުސޫލުތައް ކަނޑައެޅުމަށް ޓަކައި ދިރާސާކޮށް ކައުންސިލަށް ލަފާދިނުމަށް ގާނޫނުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން އިންސްޓިޓިއުޓަށް ލިބިފައިވާ ބާރުގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވާ ކޮމިޓީއަށެވެ.
(ބ) "ސީޕީޑީ" ކަމަށް ބުނެފައި އެ ވަނީ، "ކޮންޓިނުއިންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް" އަށެވެ.
(ޅ) "ސުލޫކީ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ މެންބަރަކު ހިލާފުވެފައިވާކަމަށް ބަޔާންކޮށް މެންބަރެއްގެ ފަރާތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ނުވަތަ އިންސްޓިޓިއުޓަށް އަމިއްލައަށް ފެނިގެން ބަލާ މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު މެންބަރުންނާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކައުންސިލަށް ހުށަހެޅުމަށް އެކުލަވައިލައިފައިވާ ސުލޫކީ ކޮމިޓީއަށެވެ.
(ކ) "އެޕީލް ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އިންސްޓިޓިއުޓުގެ ކައުންސިލުން ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ މެންބަރުން އެ ނިންމުމެއް އިސްތިއުނާފުކުރާ ހާލަތުގައި މައްސަލަ ބެލުމަށް އެކުލަވައިލައިފައިވާ އެޕީލް ކޮމިޓީއަށެވެ.
(އ) "އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އިންސްޓިޓިއުޓުގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ށަރުތުތައް ކަނޑައެޅުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމަށް ޓަކައި އޮޑިޓް ލައިސަންސް ދޫކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގުމާއި އެޑްމިށަންސްއާއި ލައިސަންސިންގއާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުމަށް އެކުލަވައިލައިފައިވާ އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމިޓީއަށެވެ.
(ވ) "ރެޖިސްޓަރޑް ވެލުއަރ" އެއް ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރއިންނަށާއި ރެޖިސްޓަރޑް ފަރމް ވެލުއަރއަށެވެ.
(މ) "ރެޖިސްޓަރޑް އިންޑިވިޖުއަލް ވެލުއަރ" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވެލުއޭށަންގެ ހިދުމަތް ދޭ ފަރުދަކަށެވެ
(ފ) "ރެޖިސްޓަރޑް ވެލުއަރ ފަރމް" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވެލުއޭށަންގެ ހިދުމަތް ދޭ ފަރމްއަކަށެވެ.
(ދ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) އަށެވެ.
(ތ) "ފަރމް" ކަމަށް ބުނެފައި އެ ވަނީ ވެލުއޭށަންގެ ހިދުމަތް ދިނުމުގެ ބޭނުމަށް ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ކުންފުނިތަކަށާއި ޕާޓްނަރށިޕްތަކަށާއި އަމިއްލަ ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށެވެ.
(ލ) "ޕާޓްނަރ" ކަމަށް ބުނެފައި އެ ވަނީ، ކުންފުންޏެއް ނަމަ، އެ ކުންފުނީގެ ޑިރެކްޓަރުން، ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުން، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާއަށެވެ.
(ގ) "ދިވެހިރާއްޖޭގައި ވަޒަންވެރިވުން" ކަމަށް ބުނެފައި އެ ވަނީ، މީލާދީ އަހަރެއްގެ ތެރޭގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި 183 (އެއްސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގައި ހުރުމަށެވެ.
(ޏ) "ފަންނީ އަދި ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެ ވަނީ، އިންސްޓިޓިއުޓުން، ނުވަތަ އިންސްޓިޓިއުޓުން ބަލައިގަންނަ ބައިނަލްއަގުވާމީ ވެލުއޭށަނާ ގުޅޭ ޖަމުއިއްޔާތަކުން ނުވަތަ އެސޯސިއޭށަންތަކުން ނުވަތަ އެހެނިހެން ގައުމުތަކުގެ ވެލުއޭށަން އިންސްޓިޓިއުޓްތަކުން، ނުވަތަ އެފަދަ އެހެން އެއްވެސް ތަނަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށެވެ.
13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު